Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނޭޝިއާއަށް ކޮވިޑް ވެކްސިން ލިބުން

އިންޑޮނޭޝިއާއިން އޯޑަރުކުރި ސިނޮވެކް ކޮވިޑް ވެކްސިން ޑޯޒްތަކުގެ ފުރަތަމަ ބެޗް ލިބިއްޖެ

މި ވެކްސިން 1.2 މިލިއަން ޑޯޒް އާދިއްތަ ދުވަހު ލިބުނު، އިތުރު 1.8 މިލިއަން ޑޯޒް އަންނަ މަހު ލިބޭނެ

އަމަން ހަލީމް
އަމަން ހަލީމް | 7 ޑިސެމްބަރު 2020 | ހޯމަ 07:04
ސިނޮވެކް ކުންފުނިން ފޮނުވި 1.2 މިލިއަން ކޮވިޑް ވެކްސިން ޑޯޒްތަކުގެ ކާގޯ ފްލައިޓުން ބާލުވަނީ

ސިނޮވެކް ކުންފުނިން ފޮނުވި 1.2 މިލިއަން ކޮވިޑް ވެކްސިން ޑޯޒްތަކުގެ ކާގޯ ފްލައިޓުން ބާލުވަނީ

ޗައިނާގެ ސިނޮވެކް ބަޔޯޓެކް ކުންފުނިން އޯޑަރުކުރި ކޮވިޑް ވެކްސިން ޑޯޒްތަކުގެ ފުރަތަމަ ބެޗް އިންޑޮނޭޝިއާއަށް ލިބުނުކަން އެ ގައުމުގެ ރައީސް ޖޯކޯ ވިދޯދޯ އިއުލާނުކުރައްވައިފިއެވެ.

ދެކުނުއިރުމަތީ އޭޝިއާ ގައުމުތަކުގެ ތެރެއިން ކޮވިޑު ބަލީގެ ހާލަތު އެންމެ ގޯސްވެފައިވާ އިންޑޮނޭޝިއާއަށް، އާދިއްތަ ދުވަހުގެ ވަގުތެއްގައި މި ވެކްސިންގެ 1.2 މިލިއަން ޑޯޒްވަނީ ލިބިފައެވެ. މި ޑޯޒްތައް ލިބުނުކަން އިއުލާނުކޮށް އާންމުކުރި ނޫސް ބަޔާނުގައި، ޖެނުއަރީ މަހުގެ ކުރީކޮޅު މި ވެކްސިންގެ އިތުރު 1.8 މިލިއަން ޑޯޒް ލިބޭނެކަމަށް ރައީސް ވިދޯދޯ ވިދާޅުވިއެވެ.

އޭގެ އިތުރުން، މި ވެކްސިންގެ 45 މިލިއަން ޑޯޒް އުފައްދަން ބޭނުންވާ ރޯ މެޓީރިއަލްސް ސިނޮވެކުން ފޮނުވަން ހަމަޖެހިފައިވާ ކަމަށާއި، މި ވެކްސިން ޑޯޒްތައް ތައްޔާރުކުރާނީ އިންޑޮނޭޝިއާގެ ޕީޓީ ބަޔޯ ފަރމާއިންކަމަށް ވިދޯދޯ ވިދާޅުވިއެވެ.

ޗައިނާގެ ސިނޮވެކް ކުންފުނީގެ އިތުރުން އެހެން ތިން ސަޕްލަޔަރެއްގެ އަތުން ވެކްސިން ގަތުމަށްވެސް އިންޑޮނޭޝިއާއިންވަނީ އޯޑަރު ޖަހާފައެވެ. އޭގެ ތެރޭގައި މިހާރު އިމަރޖެންސީ އެޕްރޫވަލް މަރުހަލާގައި އުޅޭ އިނގިރޭސިވިލާތުގެ އެސްޓްރަޒެނިކާގެ ވެކްސިން ހިމެނެއެވެ.

އިންޑޮނޭޝިއާ ސަރުކާރުން އަމާޒުހިފާފައިވަނީ 2022 ވަނަ އަހަރުގެ ކުރިން އެ ގައުމުގު 120 މިލިއަން ރައްޔިތުންނަށް ހިލޭ ވެކްސިން ޖަހައިދިނުމަށެވެ. އަދި އެކަމަށްޓަކައި އިންޑޮނޭޝިއާގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން %0.5 އާއި %1 އާ ދޭތެރޭގެ އަދަދަކަށް ފައިސާ ހަރަދުކުރުމަށް ނިންމާފައިވާކަމަށް އެ ގައުމުގެ މާލީ ވަޒީރު ސްރީ މުލްޔާނީ އިންދްރާވަތީވަނީ ވިދާޅުވެފައެވެ.

ވެކްސިން ޖަހާނެ ތަރުތީބެއް އިންޑޮނޭޝިއާ ސަރުކާރުން އެކުލަވާލާފައިވާއިރު، މިހާރު ރޭވިފައި އޮތްގޮތުން މި ހިނގާ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ވެކްސިން ޖަހާނީ ސިއްހީ މަސައްކަތްތެރިންނާއި، ފުލުހުންނާއި، ސިފައިންގެ އިތުރުން ސިވިލް ސަރވަންޓުންނަށެވެ. އެއަށްފަހު ވެކްސިން ޖަހާނީ ސިއްހީ މައްސަލަތައް ނުހުންނަ 18-59 ދެމެދުގެ މީހުންނަށެވެ. މިކަމަށް ޖުމްލަ 246 މިލިއަން ވެކްސިން ޑޯޒް ބޭނުންވާނެ ކަމަށް އިންޑޮނޭޝިއާ ސަރުކާރުން ލަފާކުރެއެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2020

އުތުރު ކޮރެއާއިން ކޮވިޑް-19 ފެނިއްޖެނަމަ ޗައިނާއަށްވުރެ ނުރައްކާ ބޮޑުވާނެ: ސިއްޙީ ތަޖުރިބާކާރުން

20 ފެބުރުއަރީ 2020
އުތުރު ކޮރެއާއިން ކޮވިޑް-19 ފެނިއްޖެނަމަ ޗައިނާއަށްވުރެ ނުރައްކާ ބޮޑުވާނެ: ސިއްޙީ ތަޖުރިބާކާރުން
19 ފެބުރުއަރީ 2020

ކޮރޯނާއަށް ވެކްސިންއެއް އުފައްދަން އަހަރެއް ނުވަތަ ދޮޅު އަހަރު ނަގާނެ: ޑަބްލިއުއެޗްއޯ

19 ފެބުރުއަރީ 2020
ކޮރޯނާއަށް ވެކްސިންއެއް އުފައްދަން އަހަރެއް ނުވަތަ ދޮޅު އަހަރު ނަގާނެ: ޑަބްލިއުއެޗްއޯ
18 ފެބުރުއަރީ 2020

ކޮވިޑް-19: ވޫހާން ހޮސްޕިޓަލުގެ އިސްވެރިޔާ މަރުވި ކަމަށް ބުނާ ހަބަރު ދޮގުކޮށްފި

18 ފެބުރުއަރީ 2020
ކޮވިޑް-19: ވޫހާން ހޮސްޕިޓަލުގެ އިސްވެރިޔާ މަރުވި ކަމަށް ބުނާ ހަބަރު ދޮގުކޮށްފި
08 ފެބުރުއަރީ 2020

ކޯރޯނާވައިރަހަށް އެންމެ އަވަހަށް ވެކްސިންއެއް ތައްޔާރުވާނީ 2021 ގައި

08 ފެބުރުއަރީ 2020
ކޯރޯނާވައިރަހަށް އެންމެ އަވަހަށް ވެކްސިންއެއް ތައްޔާރުވާނީ 2021 ގައި
27 ޖެނުއަރީ 2020

ކޮރޯނާއަށް އެންމެ އަވަހަށް ވެކްސިންއެއް އުފެއްދޭނީ 6 މަހާއި 1 އަހަރު ދުވަހާ ދޭތެރޭގައި!

27 ޖެނުއަރީ 2020
ކޮރޯނާއަށް އެންމެ އަވަހަށް ވެކްސިންއެއް އުފެއްދޭނީ 6 މަހާއި 1 އަހަރު ދުވަހާ ދޭތެރޭގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު