Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް

ޒިޔަތަށް ހުކުމް އިއްވަން ބާއްވާ އަޑުއެހުން މިއަދަށް ތާވަލުކޮށްފި

7 ޑިސެމްބަރު 2020 | ހޯމަ 03:24

ޒިޔަތުގެ މައްޗަށް ހުކުމް ކުރުމަށް ބާއްވާ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ ހޯމަ ދުވަހުގެ 09:30 އަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 7 ޑިސެމްބަރު 2020 | ހޯމަ 03:24
އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު: އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ހުރިހާ ދައުވާތަކަށް ވަނީ އިއުތިރާފް ވެފައި

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު: އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ހުރިހާ ދައުވާތަކަށް ވަނީ އިއުތިރާފް ވެފައި

އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅިގެން ގިނަ ދައުވާތަކެއް އުފުލާފައިވާ އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް ހުކުމް އިއްވަން ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު ތާވަލުކުރުމަށްފަހު ކެންސަލްކުރި ޝަރީއަތް ހޯމަ ދުވަހަށް ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވާ ގޮތުގައި، އާދިއްތަ ދުވަހު ބާއްވަން ތާވަލްކުރި ޝަރިއަތް ކެންސަލް ކޮށްފައިވަނީ، ޓެކްނިކަލް މައްސަލައެއް ދިމާވެގެންކަމަށެވެ. އެ ޝަރީއަތް ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވް ކުރުމުގެ މަސައްކަތްވެސް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔައެވެ. އަލުން ތާވަލުކުރި އަޑުއެހުން އޮންނާނީ ހޯމަ ދުވަހުގެ 09:30 ގައެވެ.

Advertisement - newsAdvertisement

މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި، ޒިޔަތުގެ މައްޗަށް އުފުލާފައިވާ 32 ދައުވާ ސާބިތުވާކަމަށްވަނީ ކަނޑައަޅާފައެވެ. އެއާއެކު އޭނާގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައި ދިނުމަށް ދައުލަތުން އެދިފައިވެއެވެ. ދައުލަތުން މިހެން އެދުނީ ޒިޔަތާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އާ ދެމެދު ވެފައިވާ ތަހުގީގަށް އެއްބާރުލުން ދިނުމާއި ކުށަށް އިއުތިރާފްވުމުގެ އެއްބަސްވުމުގެ ދަށުންނެވެ.

އެމްއެމްޕީއާރްސީ ޙިޔާނާތުގެ މައްސަލަތަކުގެ ތެރެއިން ޅ. މާބިންހުރާ މައްސަލައިގައި ޒިޔަތުގެ މައްޗަށް ވަނީ ކުށް ސާބިތުވެ ޙުކުމްކޮށްފައެވެ. އަދި އެ ޙުކުމް ޒިޔަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުންވެސް ވަނީ ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއީދުކޮށްފައެވެ. އެއާއެކު ޒިޔަތުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރިއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މި މައްސަލައިގައި ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ޒިޔަތުވަނީ އިސްތިއުނާފް އަނބުރާ ގެންދަން ބޭނުންވާކަމަށާއި، އިސްތިއުނާފް ޙައްޤު ދޫކޮށްލަން ނިންމީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެން ނޫންކަމަށް ބުނެފައެވެ. އަދި ދައުލަތާއެކު މި މައްސަލައިގައި އެއްބާރުލުންދީގެން ކުރިއަށް ގެންދަން ބޭނުންވާކަމަށް ޒިޔަތު ބުންޏެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުންވަނީ ޒިޔަތުއާއެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. އެގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ޅ. މާބިންހުރާ ޙިޔާނާތާ ގުޅިގެން ޒިޔަތުގެ މައްޗަށް ކޮށްފައިވާ ޙުކުމާ ގުޅޭ މައްސަލަ ހިމެނޭ ގޮތަށް އޭނާގެ މައްޗަށް އުފުލާފައިވާ 32 ދައުވާއަށްވެސް އިއުތިރާފްވެފައިވާކަމަށެވެ. އަދި އެމްއެމްޕީއާރްސީ ތަހުޤީޤަށް އެއްބާރުލުން ދޭން ބޭނުންވާކަމަށް ބުނެ ޒިޔަތުގެ ފަރާތުން ސިޓީއެއް ހުށައެޅިކަން ޕީޖީ އޮފީހުގެ ވަކީލާ އެ ދުވަހުގެ އަޑުއެހުމުގައި ފާހަގަކުރެއްވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަދީބުއަށްވެސް ވަނީ ދައުލަތާއެކު ވެވުނު އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ކުރީގެ ރައީސް ޔާމީންވެސް ހުންނެވީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއްގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް