Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުރީގެ ހެލްތު މިނިސްޓަރުގެ މައްސަލަ

ވެންޓިލޭޓަރުތަކުގެ މައްސަލާގައި އަމީންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީގައި އެދުމަށް މަޖިލީހުން ނިންމައިފި

ރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ އިއްތިފާގުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2020 | އާދީއްތަ 17:43
ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ގަސްތުގައި މަޖިލީހަށް އޮޅުވާލައްވައިގެން މައުލޫމާތު ދެއްވިކަން ސާބިތުވެފައިވާތީ އަމީންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިޔުޓަރ ޖެނެރަލް އަރިހުގައި އެދުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

އެގޮތަށް އެކަން ކުރުމަށް މަޖިލީހުން ނިންމާފައިވަނީ ވެންޓިލޭޓަރުތަކުގެ މައްސަލާގައި އަމީން މަޖިލީހަށް އޮޅުވާލި މައްސަލަ ދިރާސާކުރި އިމްތިޔާޒު އަދި ސުލޫކީ ކޮމެޓީގެ ރިޕޯޓް ފާސްކުރުމާއި ގުޅިގެންނެވެ. މިރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

މިރިޕޯޓް ފާސްވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިރިޕޯޓް ފާސްވުމުން އިމްތިޔާޒުގެ ޤާނޫނުގެ ދަށުން ލިބިދޭ ބާރުގެ ދަށުން އަމީންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އަރިހުގައި އެދިވަޑައިގަންނަވާނެކަމަށެވެ.

ކޮމެޓީ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި، ވެންޓިލޭޓަރުތަކުގެ މައްސަލައާ ގުޅިގެން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ލިޔުމުން ޖަވާބު ހޯއްދެވުމަށް އޭރު ހެލްތް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަމީންއަށް ފޮނުއްވި ސުވާލުގެ ޖަވާބުގައި، އެމިނިސްޓްރީ 28 އޭޕްރީލް 2020 ގައި ސިޓީން ދެއްވާފައިވާ މައުލޫމާތާއި، 20 އޮކްޓޯބަރު 2020 ގައި އޮތް ކޮމެޓީގެ ބައްދަލުވުމުގައި އަމީން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، އެއްވެސް ތަފާތެއް ހުރިކަމަށް ކޮމެޓީން މެމްބަރުންނަށް ފާހަގަ ކުރެވިފައިނުވާކަން ފާހަގަކޮށްފައި ވެއެވެ. ނަމަވެސް، 16 އޮގަސްޓް 2020 ގައި އޮޑިޓަރ ޖެނެރަލް ނެރުއްވި "ކޮވިޑް-19 އާގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް" ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކޮމެޓީން އަމީންއާ ކުރިމަތި ކުރިވި ސުވާލުތަކަށް ދެއްވާފައިވާ ޖަވާބު އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާ ހިލާފުކަން ކޮމެޓީއަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން، ކޮމެޓީއަށް ހާޒިރުވެ، އަމީން ދެއްވި މައުލޫމާތުތަކަށް ބަލާއިރު، ވެންޓިލޭޓަރުތައް ހޯދުމުގައި ޑަބްލިޔުއެޗްއޯ އާ ހެލްތް މިނިސްޓްރީއާ ދެމެދު ރަސްމީކޮށް މުއާމަލާތް ކުރެވުނުކަން ފާހަގަކުރައްވައި، އެ މުއާމަލާތްކުރިކަމުގެ ހެއްކެއްގެ ގޮތުން އަމީން ކޮމެޓީއަށް ހުށަހެޅުއްވި އީމެއިލް ބެލިބެލުމުން، އެ އީމެއިލްއިން މުއާމަލާތްކޮށްފައިވަނީ ހެލްތް މިނިސްޓްރީގެ މުވައްޒަފަކާކަން ނުވަތަ މިނިސްޓްރީއާ ގުޅުންހުރި ފަރާތަކާކަން އެ ލިޔުމުން އެނގެން ނެތް ކަމަށެވެ. އަދި އެފަދަ ރަސްމީ ލިޔުމެއް އޮތްނަމަ ހުށަހެޅުމަށް އަމީންއަށް އިތުރު ފުރުސަތު ކޮމެޓީން ދެއްވި ކަމަށާއި ނަމަވެސް އިތުރު އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާ ކަމަށް ކޮމެޓީން ރިޕޯޓުގައި ބުނެފައި ވެއެވެ.

މިމައްސަލަ ނިންމުމުގައި ކޮމެޓީން ޑަބްލިޔުއެޗްއޯގެ ކަންޓްރީ އޮފީހުން ރަސްމީކޮށް، މައުލޫމާތު ހޯދުމުގެ ބަދަލުގައި މިމައްސަލަ ނިންމާފައިވަނީ، އޮޑިޓް އޮފީހުން ނެރެފައިވާ "ކޮވިޑް-19 އާގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް" އަށް ރިޔާއަތް ކޮށެވެ.

ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާދޭން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި އަމީން ހެލްތް މިނިސްޓަރަކަށް ހުންނަވައި، ބޮޑެތި ޖަރީމާތަކެއް ހިންގިކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ.

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ޕީޖީގެ އޮފީހަށް ފޮނުވިއެވެ. އެހެންނަމަވެސް ޕީޖީން ނިންމާފައިވަނީ އެކަމުގައި ދައުވާ ކުރެވޭވަރަށް ހެކި ނެތްކަމަށެވެ. އޭސީސީން ދަނީ އެމައްސަލަ އަލުން ބަލަމުން ނެވެ. މި މައްސަލައާއި ގުޅިގެން ކުރިމަތިވީ ފިއްތުންތަކާއި ގުޅިގެން އަމީނު ވަނީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ދުބާއީގެ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިން އަކީ، ވެންޓިލޭޓަރު ގެންނަން ހަވާލު ކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުންޏެވެ. އެމީހުން ރާއްޖެއަށް ވެންޓިލޭޓަރެއް ފޯރުކޮށްދޭނެ އަގެއް ކަމަށް ބުނެފައިވަނީ، 32،500 ޑޮލަރަށެވެ. އެއީ އެހެން ކުންފުނިތަކުން ހުށަހެޅި އަގަށްވުރެ މާބޮޑުތަނުން ވެސް ބޮޑު އަގެއް ކަމަށް ވެއެވެ. އެ ކުންފުންޏަށް 75 ވެންޓިލޭޓަރު، 34 މިލިއަން ރުފިޔާއަށް ރާއްޖެއަށް ފޯރުކޮށްދިނުމަށް ހަވާލުކުރިއިރު، މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހު، ވެންޓިލޭޓަރުތައް ގެނައުމުގެ އެގްރީމަންޓްގައި ސޮއިކޮށްފައިވެއެވެ.

އޭޕްރީލް މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އެޑްވާންސަށް 30.9 މިލިއަން ރުފިޔާ ވެސް ވަނީ ދައްކާފައެވެ. އެގްރީމަންޓްގައި 14 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ރާއްޖެ ގެނެވޭނެ ކަމަށް ބުނެފައިވާއިރު، މިހާތަނަށް ލިބިފައިވަނީ 10 މޮބައިލް ވެންޓިލޭޓަރެވެ. މިއީ ހެލްތް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިން ފޮނުވި ވެންޓިލޭޓަރުތަކުގެ ބަދަލުގައި ފޮނުވާފައިވާ ވެންޓިލޭޓަރު ތަކެކެވެ. ކުރިން ރާއްޖެ ފޮނުވާފައި ހުރީ ހެލްތް މިނިސްޓްރީން ހުށަހެޅި މިންގަނޑުތަކަށް ނުފެތޭ ވެންޓިލޭޓަރުތަކެކެވެ.ނިންމައި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކީ ކޮމެޓީން އެމައްސަލަ ނިންމުމަށްފަހު، ކޮމެޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު