Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުޖާލާގެ ބަލާ ފާސްކުރި އޮޕަރޭޝަން

އުޖާލާގެ އޮޕަރޭޝަނާ ގުޅިގެން އިހުތިޖާޖުކުރި ފުލުހުން މައްސަަލަ އެންއައިސީން އަލުން ރިވިއުކުރަން ފާސްކޮށްފި

މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ޤާނޫނުން ކަންކަން ކަށަވަރުކުރުމަށް ވަނީ ހުށަހަޅާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ޑިސެމްބަރު 2020 | އާދީއްތަ 18:06
ފުލުހުން އުޖާލާގޭގައި ހިންގި އޮޕަރޭޝަންގައި އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯގެ ސްކްރީންްގްރޭބްއެއް

ފުލުހުން އުޖާލާގޭގައި ހިންގި އޮޕަރޭޝަންގައި އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯގެ ސްކްރީންްގްރޭބްއެއް

މ. އުޖާލާގެ ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނާއި ގުޅިގެން ހަތް ފުލުހަކު ސަސްޕެންޑްކުރުމަށް ނިންމި ނިންމުމާއި ދެކޮޅަށް އިހުތިޖާޖުކުރި ފުލުހުންގެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އަލުން ބަލައި ތަހުގީގުކޮށް، އެ ކޮމިޝަންގެ ތަހުޤީޤީ ރިޕޯޓް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މ. އުޖާލާގެއަށް ފުލުހުންގެ ތެރެއިން ބަޔަކު ވަދެ ހިންގި އޮޕަރޭޝަންގައި މީހަކަށް އަނިޔާކުރި މައްސަލައާއި ގުޅިގެން އެކަން ކުރި ފުލުހުންނަށް ފިޔަވަޅު އެޅުމަށް ފުލުހުންގެ އިދާރާއިން ނިންމުމުން އެކަމާދެކޮޅަށް ފުލުހުންގެ ތެރެއިން ބަޔަކު ނުކިޔަމަންތެރިކަން ދައްކައި އިހުތިޖާޖުކުރިއެވެ. އެގޮތުން މި މައްސަލަ ބަލައިދިނުމަށް އެދި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ނިމިދިޔަ އަހަރުގެ ޖުލައި 5 ވަނަ ދުވަހު ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފެވެ. ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވަނީ އާދިއްތަ ދުވަހު ކުރިޔަށްދިޔަ ޖަލްސާގައެވެ.

Advertisement - newsAdvertisement

ކޮމިޓީ ރިޕޯޓްގައި ބުނެފައިވަނީ މި މައްސަލަ ހުށަހެޅުމާއެކު މިކަން ހިނގައިދިޔަގޮތް ބެލުމަށްޓަކައި މިކަމުގައި ބައިވެރިވި މީހުންގެ ތަފްސީލުތައް ފުލުހުންގެ އިދާރާއިން ހޯދިކަމަށެވެ. އަދި ކޮމިޓީން ހޯދި ހޯދުންތަކުގައި މ. އުޖާލާގެއަށް ފުލުހުންގެ ތެރެއިން ބަޔަކު ވަދެ އެގޭގައި ހުރި މީހަކަށް އަނިޔާކުރި ފުލުހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ އިދާރާއިން ބުނުމުން އެކަމާ ދެކޮޅަށް ފުލުހުންގެ ތެރެއިން ބަޔަކު ނުކިޔަމަންތެރިކަން ދައްކާ އިހުތިޖާޖުކުރަމުންދާކަން ކޮމިޓީއަށް ކަށަވަރުކުރެވިފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމާއި ގުޅިގެން މިކަން އަވަސް އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުންގައި ކޮމިޓީން އެދުނުކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އަދި ކޮމިޓީން ހޯދި ފަހުގެ މައުލޫމާތުތަކުން މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް އެކޮމިޝަނުން ހަދާފައިނުވާކަން ފާހަގަކުރެވިފައިވާކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

މި މައްސަލަ ދިރާސާކުރަމުންދިޔައިރު ކޮމިޓީއަށް ފާހަގަކުރެވުނު މައިގަނޑު 9 ކަމެއްވަނީ ފާހަގަކޮށްފައެވެ.

މި މައްސަލާގައި ކަން ހިނގާފައިވާ ގޮތާއި އެޅިފައިވާ ފިޔަވަޅުތަކާއި އަދި އެ އިހުތިޖާޖުގައި ބައިވެރިވާ މީހުންގެ ތަފްސީލު ފުލުހުންގެ އިދާރާއިން ހޯދުނުއިރު ބައެއް ފުލުހުން ފޭސްބުކް ޕްރޮފައިލް ކަޅު ކުލައަށް ބަދަލުކޮށްފައިވާކަން ކޮމިޓީއަށް ފާހަގަކުރެވުނެވެ. އަދި އެފަދަ އައިޑީތައް ފާހަގަކޮށް އެކަމުގައި ޝާމިލްވާ ފުލުހުންގެ މައުލޫމާތު ދެނެގަނެ އެފުލުހުންނާއި ވާހަކަ ދެކެވި އެކަން ކުރި މަގްސަދު ސާފުކުރެވުނުއިރު އެކަން އެއީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއް ނޫންކަމަށް ގަބޫލުކޮށް އެކަން ވަގުތުން ރަނގަޅުކޮށްފައިވާކަމަށް ފުލުހުންގެ އިދާރާއިން ކޮމިޓީއަށް މައުލޫމާތު ދީފައިވެއެވެ. އަދި އެކަން ކޮށްފައިވަނީ ވަކިކަމަކާ ދެކޮޅުހެދުމުގެ ގޮތުން ނުވަތަ އިހުތިޖާޖު ކުރުމުގެ ނިޔަތުގައި ނޫންކަމަށް ފާހަގަކުރެވޭކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އިހުތިޖާޖުގައި ބައިވެރިވިކަމަށް ބެލެވޭ ފުލުހުންގެ ތެރޭގައި ޗީފް އިންސްޕެކްޓަރުންނާއި، ސްޓޭޝަން އިންސްޕެކްޓަރުންނާއި އިންސްޕެކްޓަރުންނާއި، ސްޓާފް ސަރޖެންޓުންނާއި، ސަރޖެންޓުންނާއި އަދި ސީނިއަރ އެކި ލެވެލްތަކުގެ ފުލުހުން ހިމެނޭކަމަށްވެސް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ. އަދި މި މީހުންނަށް ނަސޭހަތްދިނުން ފިޔަވައި އިތުރު ފިޔަވަޅެއް އަޅާފައިނުވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވާކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެއެވެ.

ކޮމިޓީން މި މައްސަލާގައި ހަ ކަމެއް ވަނީ ހޯދާފައެވެ. އޭގެތެރޭގައި ހިމެނޭ އެއްކަމަކީ މި މައްސަލާގައި ހިނގާފައިވާފަދަ އިހުތިޖާޖެއްގެ ސަބަބުން ފުލުހުންގެ މުޅި މުއައްސަސާ ނުރައްކަލަށް ހުށަހެޅިދާނެކަމަށް ކޮމިޓީއަށް ފާހަގަކުރެވޭކަމަށެވެ. އެހެންކަމުން އެފަދަ އިހުތިޖާޖުތައް ތަކުރާރުވިޔަ ނުދިނުމަށާއި އެފަދަ އަމަލުތަކުގެ ފިޔަވަޅު ވަގުތުންވަގުތަށް އަޅަމުން ގެންދިޔުމުގެ މުހިންމުކަން ފާހަގަވާކަމަށާއި އެ ބާވަތުގެ އިހުތިޖާޖަކާއި ގުޅޭފަދަކަމެއް ފުލުހުންގެ އެއްވެސް މީހަކު ހިންގާނަމަ އެފަދަ އަމަލަކަށް އެކަށޭނަ ފިޔަވަޅުތަކާއި އަދަބުތައް ފުލުހުންގެ ޤާނޫނުގައި ކަނޑައެޅިފައި އޮތުމުގެ މުހިންމުކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މި ކަންކަމަށް ރިޢާޔަތްކޮށް ކޮމިޓީން ވަނީ ތިން ކަމެއް ހުށަހަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ޤާނޫނުން ކަންކަން ކަށަވަރުކުރުމާއި މިފަދަ އިހުތިޖާޖުގެ އެއްވެސް އަމަލެއް ހިންގުމާއި އަދި އެފަދަ އެއްވެސް އަމަލެއްގައި ބައިވެރިވުމަކީ ކުށެއްކަމަށް ޤާނޫނުގައި ކަނޑައެޅުމަށް ހުށައެޅުމެވެ. މި ރިޕޯޓް ފާސްކުރީ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު