Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއަރޕޯޓް މޫވްމަންޓްސް

ބޯޑަރު ހުޅުވި ފަހުން ފުރަތަމަ ފަހަރަށް އެއް ދުވަހާ 3000ށް ވުރެ ގިނަ ފަސިންޖަރުން!

ޑިސެމްބަރު 5 ގައި އެރައިވަލް އަދި ޑިޕާޗަރ ރެކޯޑްތައް މުގުރާލި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޑިސެމްބަރު 2020 | އާދީއްތަ 07:32
ބޯޑަރުތައް އަލުން ހުޅުވާލިފަހުން އއ. ރަސްދޫއަށް އައި ފުރަތަމަ ފަތުރުވެރިންނަށް މަރުހަބާކިޔަނީ

ބޯޑަރުތައް އަލުން ހުޅުވާލިފަހުން އއ. ރަސްދޫއަށް އައި ފުރަތަމަ ފަތުރުވެރިންނަށް މަރުހަބާކިޔަނީ

ކޮވިޑު އަލާމީވަބާއާ ގުޅިގެން ބަންދުކުރި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފުރަތަމަ ފަހަރަށް ފަހުން ރާއްޖެއަށް ދަތުރުކުރި ފަސިންޖަރުންގެ އަދަދު 3000 ން މައްޗަށް އަރައިފިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި އެއަރޕޯޓުގެ ޓަރމިނަލް އޮޕަރޭޝަންސް ޖެނެރަލް މެނޭޖަރ އިބްރާޙިމް ޙަސަން ވިދާޅުވީ، ނިމިދިޔަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހަކީ ރާއްޖެ އައި ފަސިންޖަރުންގެ އަދަދާއި، ރާއްޖެއިން ފުރި ފަސިންޖަރުންގެ އަދަދުވެސް ރެކޯޑަކަށް އެރި ދުވަހެއްކަމަށެވެ.

އެގޮތުން އިންޓަރނޭޝަނަލް ފްލައިޓްތަކުން ހޮނިހިރު ދުވަހު 3053 ފަސިންޖަރުން ރާއްޖެ އައިސްފައިވާ ކަމަށާއި، 2504 ފަސިންޖަރުން ރާއްޖެއިން ފުރާފައިވާކަން އިބްރާހިމް ހަސަން ހާމަކުރެއްވިއެވެ. މިއީ ކޮވިޑުގެ ޙާލަތުގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޗައިނާގެ ފަތުރުވެރިންނަށް ދަތުރުނުކުރެވޭ ޙާލަތުގައިވެސް އެކަށީގެންވާ ރަނގަޅު އަދަދުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ހޮނިހިރު ދުވަހު އިންޓަރނޭޝަނަލް 20 ފްލައިޓެއް އޮޕަރޭޓް ކޮށްފައިވާކަން ފާހަގަ ކުރައްވައި އިބްރާޙިމް ވިދާޅުވީ، މިއީ ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ފްލައިޓް އޮޕަރޭޓް ކުރި ދުވަސްކަމަށެވެ. މީގެ ކުރިން އެންމެ ގިނަ ފްލައިޓް އޮޕަރޭޓް ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

ކޮވިޑުގެ ޙާލަތުގެ ކުރިން އާންމު ގޮތެއްގައި ރާއްޖެއަށް 4000 އާއި 5000 އާ ދެމެދުގެ އަދަދެއްގެ ފަސިންޖަރުން އަންނަ ކަމަށް އެއަރޕޯޓުން މައުލޫމާތުދެއެވެ. މީގެ ތެރޭގައި ގިނައީ ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ފަރާތްތައްކަން ފާހަގަކޮށްލެވެއެވެ.

މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވެނީ 500،000 ފަތުރުވެރިންކަމަށް، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނަމުންދާއިރު، ކުރިއަށް އޮތީ ފަތުރުވެރި ކަމުގެ ސިނާއަތުގެ ސީޒަން ދުވަސްތައް ކަމަށްވާތީ، މިހާރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދެގުނަ ވެގެންދާނެކަމަށް ލަފާކުރެވެއެވެ.

ނިމިދިޔަ 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާއިރު، އެއީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި އަހަރެވެ. ކޮވިޑުގެ ހާލަތު ދިމާވުމުގެ ކުރިން މި އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާކުރިއެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

އެޗްވަންއެންވަންގެ ބިރު: ސްކޫލްތައް ހުޅުވިޔަސް ހާޒިރީ ވަރަށް ދަށް!

26 މާރިޗު 2017
އެޗްވަންއެންވަންގެ ބިރު: ސްކޫލްތައް ހުޅުވިޔަސް ހާޒިރީ ވަރަށް ދަށް!
26 މާރިޗު 2017

ހޯމަ ދުވަހާ ހިސާބުން މި އިސްލާޙީ މަސައްކަތެއް ނުނިމޭނެ: އަލީ ނިޔާޒް

26 މާރިޗު 2017
ހޯމަ ދުވަހާ ހިސާބުން މި އިސްލާޙީ މަސައްކަތެއް ނުނިމޭނެ: އަލީ ނިޔާޒް
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު