Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ރިޔާސީ އިންތިހާބު

ކެލެފޯނިއާގެ ނަތީޖާއާއިއެކު ބައިޑަން ރަސްމީކޮށް އިންތިހާބު ކާމިޔާބު ކުރައްވައިފި

5 ޑިސެމްބަރު 2020 | ހޮނިހިރު 17:42

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ބައިޑަން އަށް ބޭނުންވާ 270 އިލެކްޓޯރިއަލް ވޯޓު ވަނީ ކަށަވަރު ވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 5 ޑިސެމްބަރު 2020 | ހޮނިހިރު 17:42
އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑަން

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑަން

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެލެފޯނިއާ އިލެކްޓޯރިއަލް ވޯޓުން ކުރިހޯއްދަވައި ޖޯ ބައިޑަން ރަސްމީކޮށް އިންތިހާބު ކާމިޔާބު ކުރައްވައިފި އެވެ.

ކެލެފޯނިއާ އަކީ އެމެރިކާގެ ސްޓޭޓުތަކުގެ ތެރެއިން އިލެކްޓޯރިއަލް ވޯޓުގެ ރަސްމީ ނަތީޖާ ނެރުނު އެންމެ ފަހު ސްޓޭޓެވެ. ކެލެފޯނިއާގެ ސެކެޓްރީ އޮފް ސްޓޭޓް އެލެކްސް ޕަޑިއްލާ ވިދާޅުވީ ކެލެފޯނިއާ ސްޓޭޓުގެ 55 އިލެކްޓޯރިއަލް ވޯޓު ބައިޑަން ހޯއްދަވާފައިވާ ކަމަށެވެ. މިއާއިއެކު އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ބައިޑަން އަށް ބޭނުންވާ 270 އިލެކްޓޯރިއަލް ވޯޓު ވަނީ ކަށަވަރުވެފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ޓާރން އައުޓް 1900 ގެ ފަހުން އެންމެ ގިނަވީ މި އަހަރުގެ އިންތިހާބުގަ އެވެ. އެގޮތުން މިހާތަނަށް ބައިޑެންއަށް 73 މިލިއަނަށްވުރެ ގިނަ ވޯޓް ލިބިވަޑައިގެންފައިވާއިރު، މިއީ މިހާތަނަށް އެ ޤައުމުގެ ރިޔާސީ އިންތިޚާބެއްގައި ކެނޑިޑޭޓަކަށް މިހާ ގިނަ ވޯޓު ލިބިވަޑައިގެންނެވި ފަހަރު ކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެ އެވެ.

އުމުރުފުޅުން 78 އަހަރުގެ ޖޯ ބައިޑެން އަކީ އެމެރިކާގެ ރައީސަކަށް މިހާތަނަށް އިންތިޚާބުވެވަޑައިގެންނެވި އެންމެ އުމުރުން ދުވަސްވީ ރައީސްވެސްމެ އެވެ. އަދި ހަމަ އެއާއެކު، އިންތިޚާބު ކާމިޔާބު ކުރައްވާފައިމިވަނީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބްރައީސަކީ ކަމަލާ ހެރިސް އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ރަސްމީކޮށް އިއުލާން ކުރުމަށް އިލެކްޓަރުން ބައްދަލު ކުރަން ޑިސެމްބަރު 14 ވަނަ ދުވަހަށް ހަމަޖެހިފައިވާއިރު އިންތިހާބީ ރައީސް ބައިޑަން ހުވާ ކުރައްވާނީ ޖެނުއަރީ 20 ގައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ބަލި ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އިންތިހާބަށް ފަހު ޓްރަމްޕް ވަނީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އެކަމަކު ބަލި ގަބޫލު ނުކުރެއްވި ނަމަވެސް ޓްރަމްޕް ވަނީ ވެރިކަން ބަދަލު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ހުއްދަ މިދިޔަ ހަފުތާގައި ދެއްވައިފަ އެވެ.

ޓްރަމްޕްގެ ތުހުމަތުތަކާ ގުޅިގެން އެ މަނިކުފާނުގެ ކެމްޕޭނުން ވޯޓާ ދެކޮޅަށް ބައެއް ސްޓޭޓުތަކުގައި ކޯޓަށް މައްސަލަ ހުށަހަޅާފައިވީ ނަމަވެސް ހެކި ނެތުމުގެ ސަބަބުން ގިނަ މައްސަލަތައް ވަނީ ބޭރުކޮށްފަ އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2017

ކިރްގިސްތާނުގެ ތާރީހީ އިންތިހާބު ޖީންބެކޯފް ކާމިޔާބު ކުރައްވައިފި

16 އޮކްޓޯބަރު 2017
ކިރްގިސްތާނުގެ ތާރީހީ އިންތިހާބު ޖީންބެކޯފް ކާމިޔާބު ކުރައްވައިފި
21 ސެޕްޓެމްބަރު 2017

ރާއްޖެއިން އެލް ސަލްވަޑޯއާއެކު ރަސްމީކޮށް ގުޅުން ގާއިމްކޮށްފި

21 ސެޕްޓެމްބަރު 2017
ރާއްޖެއިން އެލް ސަލްވަޑޯއާއެކު ރަސްމީކޮށް ގުޅުން ގާއިމްކޮށްފި
05 އޯގަސްޓު 2017

ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިވިވިކަން ރަސްމީކޮށް އދ. އަށް އަންގައިފި

05 އޯގަސްޓު 2017
ޕެރިސް އެއްބަސްވުމުން އެމެރިކާ ވަކިވިވިކަން ރަސްމީކޮށް އދ. އަށް އަންގައިފި
01 އޯގަސްޓު 2017

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރަކަށް އައްބާސީ އިންތިހާބުކޮށްފި

01 އޯގަސްޓު 2017
ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރަކަށް އައްބާސީ އިންތިހާބުކޮށްފި
22 ޖޫން 2017

އަލް ނޫރީ މިސްކިތް ގޮއްވާލުމަކީ އައިއެސް އިން "ރަސްމީކޮށް ބަލި ގަބޫލުކުރުން": އިރާގު

22 ޖޫން 2017
އަލް ނޫރީ މިސްކިތް ގޮއްވާލުމަކީ އައިއެސް އިން "ރަސްމީކޮށް ބަލި ގަބޫލުކުރުން": އިރާގު
12 ޖޫން 2017

ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް

12 ޖޫން 2017
ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް
02 ޖޫން 2017

ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާނެކަން ރަސްމީކޮށް އިއުލާން ކޮށްފި

02 ޖޫން 2017
ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާނެކަން ރަސްމީކޮށް އިއުލާން ކޮށްފި
17 އެޕްރީލު 2017

ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި

17 އެޕްރީލު 2017
ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް