Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ ހަނދުގެ މިޝަން

ހަނދުން ސާމްޕަލް ގެނައިތާ 44 އަހަރު ފަހުން ޗައިނާގެ ޖައްވީ އުޅަނދު ސާމްޕަލް ނަގައިގެން ދުނިޔެއަށް!

މިއީ ހަނދުގެ މިޝަންގެ މުހިންމު މަރުހަލާއެއް

އަތޫފް އާތިފް
އަތޫފް އާތިފް | 4 ޑިސެމްބަރު 2020 | ހުކުރު 14:03
ޗައިނާގެ ޖައްވީ އުޅަނދު ޗަންގުއޫ-5

ޗައިނާގެ ޖައްވީ އުޅަނދު ޗަންގުއޫ-5

އެންމެ ފަހުން ދުނިޔެއަށް ހަނދުން ސާމްޕަލް ގެނައިތާ 44 އަހަރު ފަހުން ޗައިނާގެ ޖައްވީ އުޅަނދު ޗަންގުއޫ-5 ހަނދުން ސާމްޕަލް ހިފައިގެން ދުނިޔެ އަށް މިސްރާބު ޖަހައިފި އެވެ.

ޗައިނާގެ ސައިންސްވެރިން ބުނީ މިއީ ހަނދުގެ މިޝަންގެ މުހިންމު މަރުހަލާއެއް ކަމަށެވެ. އަދި ޗައިނާގެ ޖައްވީ އުޅަނދު ޗަންގުއޫ-5 ހަނދުން ވެއްޔާއި ގަލާ އަދި ހިރަފުހުގެ ސާމްޕަލް ގެންނާނެ ކަމަށް އެގައުމުގެ ސައިންސްވެރިން ބުންޏެވެ.

އެންމެ ފަހުން ހަނދުން ސާމްޕަލް ގެނަސްފައިވަނީ 1976 ވަނަ އަހަރު އެޕޯލޯގެ އެސްޓްރޮނޯޓުންނެވެ. އެފަހަރު 400 ކިލޯގެ ސާމްޕަލް ވަނީ ގެނަސްފައެވެ. އެކަމަކު އެއީ ތިން ބިލިއަން އަހަރުވެފައިވާ ސާމްޕަލް ތަކެކެވެ.

ޗައިނާ ހަނދުގެ މިޝަންގެ އިސް އޮފިޝަލަކު ބުނީ ޗައިނާގެ އުޅަނދުން ސާމްޕަލް ނަގައިފައިވާނީ ވޮލްކަނިކް އޭރިއާއެއް ކަމަށްވާ މޮންސް ރުމްކާ އިންކަމަށެވެ. އަދި އެއީ ހަނދު ދުނިޔެއާއި ކައިރި ފަރާތުގެ ހުޅަނގު އުތުރު ކަމަށް އޭނާ ބުންޏެވެ، އެނާ ބުނީ މި އޭރިއާގެ ސާމްޕަލް އަށް ވާނީ 1.2 ނުވަތަ 1.3 ބިލިއަން އަހަރު ކަމަށެވެ.

ޗައިނާގެ ސަރުކާރުން ބުނީ މި މިޝަން ފުރިހަމަވާނީ ކާމިޔާބުކަމާއިއެކު ޖައްވީ އުޅަނދު ދުނިޔެއަށް ޖެއްސުމުން ކަމަށެވެ. އަދި މިއީ ޗައިނާގެ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތެއް ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

07 އެޕްރީލު 2017
ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި
01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު