Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައްހަނޫން ޓްރާންސްފަރ ސްލިޕް ބޭނުންކުރުން

މުދާ ގަތުމަށްފަހު ސައްހަނޫން ޓްރާންސްފަރ ސްލިޕް ބޭނުންކުރުން އިތުރުވެއްޖެ!

3 ޑިސެމްބަރު 2020 | ބުރާސްފަތި 08:17

އެޑިޓްކޮށް ހަދާފައިވާ ސައްހަނޫން ސްލިޕްތަކެއް އަންނަނީ ބޭނުން ކުރަމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 3 ޑިސެމްބަރު 2020 | ބުރާސްފަތި 08:17
ބޭންކް އޮފް މޯލްޑިވްސްގެ ޓްރާންސްފަރ ސްލިޕްއެއް

ބޭންކް އޮފް މޯލްޑިވްސްގެ ޓްރާންސްފަރ ސްލިޕްއެއް

ފަހަކަށް އައިސް މާލޭގެ ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަނޫން ޓްރާންސްފަރ ސްލިޕް ހަދައި ވައިބަރކޮށް އޮޅުވާލައި މަކަރާއި ހީލަތުން މުދާ ހޯދަމުންދާ މައްސަލަތައް ފެންމަތިވަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

މިހާތަނަށް އެއްކުރެވުނު މައުލޫމާތުގެ މައްޗަށް ފުލުހުން ބުނީ، މިފަދަ ފަރާތްތަކުން އެޑިޓްކޮށް، އެ ސްލިޕްގެ ތާރިހާއި ވަގުތާ އަދި ގަންނަން ބޭނުންވާ އެއްޗަކަށް އަރާ އަގު ބަދަލުކޮށް އެޑިޓް ކޮށްގެން ބޭނުން ކުރަމުން އަންނަކަމަށެވެ. އަދި އެ ސްލިޕްގައި ޖަހާފައިވާ ގަޑީގެ ދެތިން މިނެޓް ކުރިން އެ ސްލިޕްގެ އަގަށްވާ ތަކެތި ނަގަން ފިހާރައަށް ގޮސް ވިޔަފާރި ކުރުމަށްފަހު ފައިސާ ދައްކަން ބުނުމުން، ފައިސާވެސް އެކައުންޓަށް ފޮނުވައި ސްލިޕް ވައިބަރ ކޮށްފައިވާކަމަށް ވައްކަންކުރަން އައި މީހާ ބުނާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ފުލުހުން ބުނީ ފިހާރައިގެ ފޯނަށް ޓްރާންސްފަރ ސްލިޕް ވައިބަރ ކޮށްފައި އޮތްތަން ފެނުމުން ސޭޓުވެސް އެކައުންޓް ބަލާނުލާކަމަށާއި، އެކައުންޓްގެ ނަންބަރު ރަނގަޅުތޯވެސް ގިނަ ފަހަރު ކަށަވަރު ނުކުރާކަމަށެވެ. އަދި ޓްރާންސްފަރ ސްލިޕް ވައިބަރކޮށްފައި އޮތުމާއެކު ވިޔަފާރިކުރި މީހާ ނުވަތަ ވަގު ކަސްޓަމަރަށް ޔަގީންކަންދީ ފޮނުވާލަނީ ކަމަށެވެ.

އެގޮތުން ވައްކަންކުރާ ވަގުން މޮޅެތި އުކުޅުތައް އީޖާދުކޮށް ޒަމާނާ އެއްގޮތަށް ވައްކަންކުރުން ވެސް ތަރައްގީ ކުރަމުންދާއިރު، މި އުކުޅުތަކަށް ވިޔަފާރިވެރިންނާއި ސޭޓުން ވަރަށް ރަނގަޅަށް ސަމާލުވެ ލޯ ހުޅުވައިގެން ތިބުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު ވިޔަފާރީގެ ފަސޭހަކަން ބޭނުންކުރި ނަމަވެސް މިފަދަ ކަންކަމުގައި ފަރުވާ ކުޑަ ނުކުރުން ވަރަށް މުހިންމު ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

ހާއްސަކޮށް އޮންލައިންކޮށް ވިޔަފާރިކުރުމަށްފަހު ފޮނުވާ ސްލިޕްތައް ފޮނުވުމުން އެކައުންޓަށް ޖަމާވެފައިވޭތޯ އާއި އެކައުންޓް ނަންބަރު ރަނގަޅުތޯ ވަގުތުން ބަލާލުމަކީ މިފަދަ ކަންކަމުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ. އޮންލައިން ޓްރާންސްފަރ ކޮށްފިނަމަ ކަސްޓަމަރުގެ މައުލޫމާތު ނޯޓު ކުރުމަކީވެސް މިފަދަ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

09 ޖޫން 2017

ބޯޓުގެ ހުރިހާ މުދާތަކެއް ވަނީ ހަލާކުވެފައި، ތިން މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް: ދަނބިދޫ ކައުންސިލް

09 ޖޫން 2017
ބޯޓުގެ ހުރިހާ މުދާތަކެއް ވަނީ ހަލާކުވެފައި، ތިން މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް: ދަނބިދޫ ކައުންސިލް
28 މެއި 2017

މުދާ އުފުލާ ދޯންޏެއް ތިލަފުށީ ފަރަށް އަަރައިފި

28 މެއި 2017
މުދާ އުފުލާ ދޯންޏެއް ތިލަފުށީ ފަރަށް އަަރައިފި
28 މެއި 2017

އެސްޓީއޯގެ މުދާ އުފުލާ ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

28 މެއި 2017
އެސްޓީއޯގެ މުދާ އުފުލާ ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި
20 މެއި 2017

ލ.ފޮނަދޫ ނެރުމައްޗަށް މުދާ އުފުލާ ބޯޓެއް އަރައިފި

20 މެއި 2017
ލ.ފޮނަދޫ ނެރުމައްޗަށް މުދާ އުފުލާ ބޯޓެއް އަރައިފި
10 މެއި 2017

ކުޑަކަމުދާތަކެތި ނުދިން ކަމަށް ބުނެ ހާމިދުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ފަށަނީ

10 މެއި 2017
ކުޑަކަމުދާތަކެތި ނުދިން ކަމަށް ބުނެ ހާމިދުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ފަށަނީ
03 ފެބުރުއަރީ 2017

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް