Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަނަސްގެ މަރުގެ މައްސަލަ

އަނަސްގެ މަރު: ސިއްރު ނޫން ހެކިންގެ ހެކިބަސްތައް ނަގާ ނިންމާލައިފި

ސީންގައި ހިމެނޭ ތަކެތީގެ ތެރެއިން މާއްދީ ހެކިތަކެއް ފެނުނު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2020 | ބުރާސްފަތި 08:20
އަނަސްގެ މަރުގެ މައްސަލައިގައި ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން

އަނަސްގެ މަރުގެ މައްސަލައިގައި ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން

ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ވަނީ ސިއްރު ނޫން ހެކިވެރިންގެ ތެރޭގައި ހިމެނޭ މޫސާ ސިލްވީނުގެ ހެކިބަސް ނަގާފައެވެ. އެގޮތުން މޫސާ ސިލްވީނަކީ މި މައްސަލައިގައި ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރު ކުރެއްވި ފޮރެންސިކް އޮފިސަރެކެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވައި މައްސަލައިގައި ހެކިބަސް ދެއްވަމުން ސިލްވީނު ވިދާޅުވީ، ފުރަތަމަ "ކްރައިމް ސީނަށް" ވަޑައިގެންނެވިއިރު، ލިޓަސް ސާރވިސް ސެންޓަރުގެ ގަރާޖު ތެރޭގައި ގިނަ އަދަދެއްގެ ލޭ ހުރި ކަމަށާއި، އެތަނުގެ ކައިރީގައި ދެ ފައިވާން ކިބައާއި، ތަޅުދަނޑިއެއްގެ އިތުރުން ލޭ ހޭކިފައި އޮތް ރިހި ފަށެއް އޮތް ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ތަކެތީގެ ތެރެއިން މާއްދީ ހެކިތަކެއް ފެނުނުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން ދިފާއުންވެސްވަނީ ސީންއަށް ދިޔައިރު ފާހަގަވި ކަންކަމާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެގޮތުން ސީންއަށް ދިއުމަށްޓަކައި ގަރާޖު ތެރެއަށް ވަތް ގޮތާއި، އެތެރޭގައި ހުރި ބިއްލޫރި ދޮރުތަކުން އެތެރެއަށް ވަތް ގޮތާމެދު ދިފާއުން ވަނީ ހެކިވެރިޔާއާ ސުވާލު ކޮށްފައެވެ. އަދި ސީނުން މާއްދީ ހެކި ނަގާފައިވާއިރު، ސީން ރައްކާތެރި ކުރެވިފައި އޮތީ ކިހާ ވަރަކަށްތޯ ދިފާއީ ވަކީލު އާދަމް އާސިފް ސުވާލު ކުރެއްވިއެވެ. އެކަމާ ގުޅޭގޮތުން ސިލްވީން ވިދާޅުވީ، އެ ސަރަޙައްދު ސީދާ ޓޭޕް ދަމައި ކޯރޑަން ކޮށްފައި ނުވި ނަމަވެސް، އެ ތަނުގައި އެވަގުތު ފުލުހުން ޙަރަކާތްތެރި ވަމުން ދިޔަ ކަމަށެވެ.

ސީނުން ނަގާފައިވާ މާއްދީ ހެކިތަކާ ގުޅޭގޮތުންވެސް ދިފާއީ ވަކީލު އާސިފް ސުވާލު ކުރެއްވިއެވެ. އެގޮތުން ނެގުނު މާއްދީ ހެކިތަކުން ދައުވާ ލިބޭ ފަރާތްތަކުގެ ފިންގަރ ޕްރިންޓް ނުވަތަ ޑީއެންއޭ ހުރިތޯ ބެލުމަށް ފޮނުވިތޯ އާސިފް ސުވާލު ކުރެއްވިއެވެ. އެކަމާ ގުޅޭގޮތުން ސިލްވީން ވިދާޅުވީ، މާއްދީ ހެކިތައް ނެގުމަށްފަހު އެތަކެތި ފިންގަރ ޕްރިންޓާއި ޑީއެންއޭ ހޯދުމަށް ފޮނުވި ކަމަށެވެ.

އޭގެ އިތުރުން، ތަޅުދަނޑިފައްޗެއް ފެނުނުކަން ފާހަގަ ކޮށްފައިވާއިރު، އެ ތަޅުދަނޑިފަތި ހޯދީ ކްރައިމް އޮފް ސީން އޮފިސަރެއް ނޫން ކަމަށްވާއިރު، އެކަން ހިނގައިދިޔަ ގޮތާ ގުޅޭގޮތުން އާސިފް ސުވާލުކުރެއްވިއެވެ. އެކަމާ ގުޅޭގޮތުން ސިލްވީން ވިދާޅުވީ، ތަޅުދަނޑިފަތި ނެގީ އެތަނުގައި ހުރި އިންވެސްޓިގޭޓިވް އޮފިސަރ (އައިއޯ) ކަމަށެވެ.

މި މައްސަލައިގައި ސިލްވީންގެ ހެކިބަސް ނަގާ ނިމިފައިވާއިރު، ސިއްރު ނޫން ހުރިހާ ހެކިވެރިންގެ ހެކިބަސްތައް މިހާރު މިވަނީ ނަގާ ނިންމާފައެވެ. އެގޮތުން މި މައްސަލައިގައި މީގެ ކުރިން ވަނީ ސިއްރު ނޫން 3 ހެކިވެރިއެއްގެ ހެކިބަސް ނަގާފައެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ޖުނައިޙް އަބްދުﷲ ގެ ލޮލުގެ ބޭސްފަރުވާގެ ކަންކަން ރާއްޖެއިން ބޭރުން ކުރިއަށް ގެންދިއުމަށް ޑޮކްޓަރުންވެސް ލަފާ ދީފައިވާއިރު، އޭނާ މިހާރު ހުރީ ފުރުމުގެ ކުރިން މާލޭ ޖަލުގައި ބަހައްޓާފައެވެ. އެހެންނަމަވެސް އޭނާގެ ޓްރެވަލް ޑޮކިއުމަންޓެއް ނެތުމުގެ ސަަބަބުން ފުރުން ލަސްވަމުންދާކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ދައުވާލިބޭ ފަރާތްތަކުގެ ވަކީލުން ވަނީ ސިއްރު ނޫން ހެކިންގެ ހެކިބަސް ނަގާ ނިމިފައިވުމާއެކު، ބަންދަށް ލުއެއް ދިނުމަށް އެދިފައެވެ. އެގޮތުން ބަންދު މުރާޖައާ ކުރުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކަށްފަހު މައްސަލަ ބައްލަވާ ގާޒީ މުޙައްމަދު ސަމީރު ވިދާޅުވީ، ސިއްރު ނޫން ހެކިންގެ ހެކިބަސް ނެގިފައިވާ ކަމަށާއި، ސިއްރު ހެކިންގެ ހެކިބަސް ނެގުމަށް ޑިސެމްބަރު މަހު އަޑުއެހުމެއް ބާއްވާނެކަމަށެވެ. އަދި މި ވަގުތު ބަންދުގައި ބަހައްޓަންޖެހޭ ބައެއް ސަބަބުތައް ހުރުމާއެކު ބަންދު އަމުރު ދެމެހެއްޓެވި ނަމަވެސް، މައްސަލަ އަވަހަށް ކުރިއަށް ގެންދިއުމަށް ބާރު އަޅުއްވާނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު