Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްއެމްޕީއާރްސީ ޙިޔާނާތުގެ މައްސަލަ

ޔާމީނުގެ އޯޑަރަށް ސުޕްރީމް ކޯޓުގެ ބެންޗާއި "ކުޅެލިގޮތް" އަދީބުގެ ދުލުން!

ފަނޑިޔާރުން ވަކި ކުރުމާއި، ނަންތައް ފާސްކުރުމަކީ އެންމެ އުނދަގޫވި މަރުޙަލާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2020 | ބުދަ 15:08
ކުރީގެ ރައީސް އަބްދުﷲ ޔާމީން، އޭރުގެ ނައިބްރައީސް އަހުމަދު އަދީބާއެކު ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން، އޭރުގެ ނައިބްރައީސް އަހުމަދު އަދީބާއެކު ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގެ ތެރެއިން

2014 ވަނަ އަހަރު ކޯޓުތަކުގެ ޤާނޫނަށް ގެނައި އެއްވަނަ އިސްލާހުގެ ދަށުން ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުތަކެއް ގެނައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ބެންޗުގައި 7 ބޭފުޅުން ތިއްބެވިއިރު، ޤާނޫނަށް ގެނައި އިސްލާހާއެކު އެ އަދަދު 5ށް ދަށް ކުރިއެވެ. އެ އިސްލާހާއެކު، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިންނާއި، ފަނޑިޔާރު މުއުތަސިމް އަދުނާނު މަޤާމުންވެސް ދުރުކުރިއެވެ.

އެކަން ހިނގާ ދިޔަ ގޮތާއި، އެކަން ކުރުމަށްޓަކައި ކުރި މަސައްކަތްތައް ކުރީގެ ނައިބްރައީސް އަހުމަދު އަދީބާއި، ދައުލަތާ ދެމެދު ވެވިފައިވާ އިއުތިރާފް އެއްބަސްވުމަށް އަދީބުގެ ފަރާތުން ހުށައެޅި ސިއްރު ބަޔާނުގައި ވަނީ ކިޔައިދެއްވާފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އޯޑަރަށް އެކަން ކުރުމަށް މަޖިލިސް މެމްބަރުންގެ އެހީ ހޯދި ގޮތްވެސް އަދީބު ވަނީ ކިޔާދެއްވާފައެވެ. އަދި އެމްއެމްޕީއާރްސީގެ ޙިޔާނާތުގެ ފައިސާއިން ޖުޑީޝަރީއާއި، ފަނޑިޔާރުންނަށް އެކި ކަންކަމާއި ގުޅިގެން ކުރި ޚަރަދުތަކުގެ ތަފްސީލުތައްވެސް އަދީބުގެ ބަޔާނުގައި ހިމަނާފައިވެއެވެ.

އަދީބު ކިޔައިދެއްވާފައިވާ ގޮތުގައި އެފައިސާ ބޭނުން ކޮށްގެން ކުރި އެންމެ ބޮޑު އެއް ކަމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު 7ން 5ށް މަދު ކުރުމަށް ކުރަން ޖެހުނު މަސައްކަތެވެ. އެ މަސައްކަތަށް އެކި މަރުޙަލާތަކުގައި ޙިޔާނާތުގެ ފައިސާގެ ބޭނުން ކުރަން ޖެހުނު ކަމަށް އަދީބު ވިދާޅުވެފައިވެއެވެ..

މި މަސައްކަތް ކުރުމަށް އަދީބު ފުރަތަމަ މަޝްވަރާ ކުރެއްވީ އޭރުގެ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ޙަމީދު މުޙައްމަދުއާއެވެ. އަދި އޭރު އުއްތަމަ ފަނޑިޔާރަކަށް އަޙުމަދު ފާއިޒު ހުންނެވުމުން އެއްވެސް ކަމެއް އެޖެންޑާ ކުރުމުގެ ބާރުވެސް ނޯންނަ ކަމަށް ވިދާޅުވެ، އެކަން ކުރާނެ ގޮތުގެ އިރުޝާދު އެ ދެބޭފުޅުން އަދީބަށް ދެއްވިއެވެ. އެ ހިސާބުން އަދީބު އަނެއްކާވެސް އެ މަޝްވަރާތައް ރައީސް ޔާމީނަށް ހުށައެޅުއްވިއެވެ.

އަދީބު ބަޔާނުގައިވާ ގޮތުން، ރައީސް ޔާމީނާ މަޝްވަރާ ކުރެއްވުމަށްފަހު، އެ ހުށައެޅުން އެމްޑީޕީ މެމްބަރެއް ލައްވައި ހުށައެޅުން މާ ބުއްދިވެރި ކަމަށް ވިސްނުނެވެ. އެ ހިސާބުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފާ ބައްދަލު ކުރައްވައި، ޝަރީފަށް 20 މިލިއަން ރުފިޔާ ދިނުމަށް އަދީބު ހުށައެޅުއްވިއެވެ.

އެއާއެކު، ކޯޓުތަކުގެ ޤާނޫނަށް އިސްލާޙު ހުށައެޅުމަށް މަޖިލީހުން މެމްބަރުން ލައްވައި ވޯޓު ހޯދަންޖެހޭ ގޮތާއި، އެކަމަށްޓަކައި ވާހަކަ ދައްކަންޖެހޭ މެމްބަރުން ފާހަގަކޮށް، ވޯޓުލާނެ މީހުންގެ "ޕެކޭޖެއް" މެމްބަރު ޝަރީފު ތައްޔާރު ކުރެއްވި ކަމަށް އަދީބު ވިދާޅުވެއެވެ. އަދި ބިލު ހުށައެޅުމުގެ ކުރިން ޝަރީފަށް 5 މިލިއަން ރުފިޔާ ދީފައިވާނެކަން އަދީބު ފާހަގަކުރެއްވިއެވެ. އެންމެ ފަހުން މި ބިލު ޝަރީފުގެ ފަރާތުން މަޖިލީހަށް ހުށައެޅީ އެމްޑީޕީގެ މެމްބަރުންނަށްވެސް ރޭކާލުމެއް ނެތިއެވެ.

މި ބިލު ޝަރީފުގެ ފަރާތުން މަޖިލީހަށް ހުށައެޅުއްވުމުން ބާކީ 15 މިލިއަން އަދީބު ވަނީ ޝަރީފަށް ދެއްވާފައެވެ. އަދި ކޮމިޓީ މަރުޙަލާ ނިމި ތަޅުމަށް ދިޔައިރު، 43 މެމްބަރުންގެ ވޯޓު ލިބޭނެކަން ޔަޤީންވާ ކަމަށާއި، ބިލު ފާސްވެ، ބޭނުންވި ގޮތަށް ތަސްދީޤުވުމުން ދެން ދިމާވީ އެންމެ އުނދަގޫ މައްސަލަ ކަމަށް އަދީބު ވިދާޅުވެފައި ވެއެވެ.

އަދީބު ބަޔާނުގައިވާ ގޮތުން މަޖިލީހުން ކޯޓުތަކުގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ފާސްކޮށް، އެ ބިލު ތަސްދީޤުކުރި ހިސާބުން ދެން ކުރިމަތިވީ އެންމެ އުނދަގޫ ކަންތަކެވެ. އެގޮތުން ފަނޑިޔާރުން ވަކިކުރުމާއި، ނަންތައް ފާސް ކުރުމަކީ މިކަމުގައި އެންމެ އުނދަގޫވި މަރުޙަލާ ކަމަށް އަދީބު ވިދާޅުވިއެވެ. ސަބަބަކީ ފަނޑިޔާރަކު ވަކިކުރާނަމަ، ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި، ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައި އަޢުލަބިއްޔަތުން ފާސް ކުރަން ޖެހޭތީއެވެ. އަދި އެކަމާ ގުޅޭގޮތުން އަނެއްކާވެސް މަރަދޫ ދާއިރާގެ މެމްބަރާ މަޝްވަރާ ކުރި ކަމަށް އަދީބު ވިދާޅުވެއެވެ.

އެކަމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމްއާ މަޝްވަރާ ކުރެއްވިކަމަށް އަދީބުގެ ބަޔާނުގައިވެއެވެ. އެހެންނަމަވެސް ޤާސިމްގެ ކިބައިން ފެހި ސިގްނަލް ނުލިބުމުން ދެން ވާހަކަދެއްކެވީ ދަނގެތީ ދާއިރާގެ މެމްބަރު އިލްޙާމް އަހުމަދުއާއެވެ. އެއީ 50 މިލިއަން ރުފިޔާގެ މުޤާބިލެއްގެ ގޮތުން ޖުމްހޫރީ ޕާޓީގެ މެމްބަރުން މެދުވެރިކޮށް ވިޕެއް އެޅުމަށެވެ. އެހެންނަމަވެސް އެ އަދަދަށް ރައީސް ޔާމީން އެއްބަސްވެވަޑައިނުގަތުމުން އެ އަދަދު ފަހުން 30 މިލިއަނަށް ދަށް ކުރިކަން އަދީބު ފާހަގަ ކުރައްވާފައިވެއެވެ.

އަދީބު މައުލޫމާތު ދެއްވާ ގޮތުގައި 30 މިލިއަން ނަޤުދު ފައިސާއިން ޙަވާލު ކުރުމަށް އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް (ރެޑްވޭވް ސަލީމް) މެދުވެރިކޮށް 20 މިލިއަން ރުފިޔާ އަދި އަމިއްލަ ވިޔަފާރިވެރިއެއްގެ އަތުން 10 މިލިއަން ރުފިޔާ ނަގާފައިވެއެވެ. އަދި ބަދަލެއްގެ ގޮތުން މުޙައްމަދު އައްލާމް ލަތީފް މެދުވެރިކޮށް އެސްއޯއެފުން ޑޮލަރު ޗެކް ދިން ކަމަށް އަދީބު ވިދާޅުވެފައި ވެއެވެ.

ކޮންމެއަކަސް މި މަރުޙަލާ ނިމިގެން ދިޔައިރު އިލްހާމަށް 30 މިލިއަން ރުފިޔާ ޙަވާލު ކޮށްފައިވާއިރު، އެކަން ހިނގާ ނުހިނގާ ގޮތް ބެއްލެވުމަށް ދޭތެރެ ދޭތެރެއިން ރައީސް ޔާމީން ގުޅުއްވާ ކަމަށްވެއެވެ.

ސުޕްރީމް ކޯޓަށް ބޭނުންވާ ބަދަލުތައް ގެނައުމަށްފަހު ކޯޓުތައް މެދުވެރިކޮށް ރައީސް ޔާމީން ހިންގެވި ޖަރީމާތަކުގެ ވާހަކަތައް މިއަދު މި ދަނީ ފެންމަތިވަމުންނެވެ. އެގޮތުން ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ޙުކުމް ކުރުމުގެ ކުރިން އެ ޙުކުމުގެ ކޮޕީއެއް ނައިބްރައީސް އަދީބުއާއި، ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާފައިވާއިރު، ފުރަތަމަ ޙުކުމުގައި އޮތީ 10 އަހަރު ނަމަވެސް، ރައީސް ޔާމީނުގެ އެދިވަޑައިގަތުމަށް އެ އަދަދު 13 އަށް އިތުރު ކުރިކަންވެސް އަދީބު ފާހަގަ ކުރައްވާފައި ވެއެވެ. އަދި ކޯޓުތަކުގެ ފުރިހަމަ ބާރާއެކު ޖުޑީޝަރީއަށް "އަތް ބޭނުމަށް" ހިންގި އެފަދަ ކަންކަމުގެ ވާހަކަތައްވެސް އަދީބު ވަނީ ހިއްސާ ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟

ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟

15 ޖެނުއަރީ 2018
އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން

އިންޑިޔާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ހިތްވަރު ލިބިގަތުން

13 ޖެނުއަރީ 2018
އިންސާފު ޤާއިމްކުރުމުގައި ސުޕްރީމް ކޯޓު ވަނީ ފެއިލްވެފައި!؟

އިންސާފު ޤާއިމްކުރުމުގައި ސުޕްރީމް ކޯޓު ވަނީ ފެއިލްވެފައި!؟

07 ޖެނުއަރީ 2018
ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟

ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟

30 އޯގަސްޓު 2017
ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"

ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"

27 އޯގަސްޓު 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު