Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޝަޚްތަރު އަތުން ރެއާލް ބަލިވުން

ރެއާލުގެ ކޯޗުގެ މަގާމުން އިސްތިއުފާ ދޭކަށް ނުވިސްނަން: ޒިދާން

2 ޑިސެމްބަރު 2020 | ބުދަ 13:30

ޝަޚްތަރު އަތުން ރެއާލް ބަލިވީ 2-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ޑިސެމްބަރު 2020 | ބުދަ 13:30
ރެއާލް މެޑްރިޑުގެ ކޯޗު ޒިނެދިން ޒިދާން

ރެއާލް މެޑްރިޑުގެ ކޯޗު ޒިނެދިން ޒިދާން

ރެއާލް މެޑްރިޑުގެ ކޯޗުގެ މަގާމުން އިސްތިއުފާ ދިނުމަށް ނުވިސްނާ ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ޝަޚްތަރު ޑޮނެސްކް އަތުން 2-0 ން ބަލިވެ ރެއާލް ވަނީ ގްރޫޕް ސްޓޭޖުން ކެޓުމުގެ ޕްރެޝަރާ ކުރިމަތިލާންޖެހިފައެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން ރެއާލް ބަލިވިއިރު، މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް ވަނީ އަމިއްލަ ދަނޑުގައިވެސް ޝަޚްތަރު އަތުން ބަލިވެފައެވެ.

އަންގާރަ ދުވަހުގެރޭގެ މެޗަށްފަހު ޒިދާން ބުނީ މެޗުން ބަލިވި ނަމަވެސް، ރެއާލުގެ ކޯޗުގެ މަގާމުން އިސްތިއުފާ ދިނުމަށް އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ. އަދި މި ހާލަތު ބަދަލުކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި އެބަހުރި ކަމަށާއި، އެކަން ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންގަން އެބައޮތް ކަމަށްވެސް ޒިދާން ބުންޏެވެ.

ޒިދާން ބުނީ ކޮންމެ ޓީމަކަށްވެސް އުނދަގޫ ދުވަސްތަކެއް އަންނާނެ ކަމަށާއި، މިއީ އޭނާގެ ޓީމަށް އެފަދަ ހާލަތެއް ކަމަށެވެ. އެކަމަކު ޓީމުގެ ކުޅުންތެރިންވެސް ތިބީ މި ހާލަތު ބަދަލުކޮށް ޓީމުގެ ފުރިހަމަ ގާބިލުކަން ދެއްކުމަށް ތައްޔާރަށް ކަމަށްވެސް ޒިދާން ވަނީ ބުނެފައެވެ.

އަންގާރަ ދުވަހުގެރޭ ޝަޚްތަރު އަތުން ރެއާލް ބަލިވިއިރު، އެ ޓީމު އޮތީ ގްރޫޕް ބީގެ ތިންވަނައިގައި ފަސް މެޗުން ހަތް ޕޮއިންޓާއެކުއެވެ. ރެއާލަށް ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮތްއިރު، މިހާރު އޮތްގޮތުންނަމަ ޔުއެފާ ޔޫރޮޕާ ލީގަށް ރެއާލް ވެއްޓުމުގެ ބިރު އެބައޮތެވެ.

ޗެމްޕިއަންސް ލީގުގައި އަންނަ ހަފުތާގައި އަމިއްލަ ދަނޑުގައި ރެއާލް ނުކުންނާނީ ގްރޫޕުގެ އެއްވަނައިގައި އޮތް ބޮރޫޝިއާ މޮންޗެންގްލަޑްބަކާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

30 މެއި 2017

އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި

30 މެއި 2017
އަނެއްކާވެސް އާސެނަލްގެ ކޯޗުގެ މަގާމުގައި ވެންގާ ބެހެއްޓުމަށް ނިންމައިފި
23 މެއި 2017

ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި

23 މެއި 2017
ރެލިގޭޓްވި ސަންޑަލޭންޑްގެ ކޯޗުކަމުން މޮއިސް އިސްތިއުފާ ދީފި
30 އެޕްރީލު 2017

ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި

30 އެޕްރީލު 2017
ޝެއިޚް ފަހަދް ފީފާ އިން އިސްތިއުފާ ދެއްވައިފި
11 އެޕްރީލު 2017

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި
03 އެޕްރީލު 2017

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި
22 މާރިޗު 2017

ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި

22 މާރިޗު 2017
ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި
08 މާރިޗު 2017

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

08 މާރިޗު 2017
އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި
05 ފެބުރުއަރީ 2017

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017
ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް