Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަތުރުވެރިންނަށް ލަންކާ ހުޅުވާލުން

ލަންކާގައި އެންމެ ކުރުވެގެން 14 ދުވަސް ހޭދަކުރަން ޖެހޭ ގޮތަށް އެގައުމު ހުޅުވާލަނީ!

ޑްރާފްޓެއް ވަނީ މިހާރު އެކުލަވައިލައިފައި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2020 | ބުދަ 07:27
ލަންކާގެ ވެރިރަށް ކޮލަމްބޯގެ ހޮޓަލެއް

ލަންކާގެ ވެރިރަށް ކޮލަމްބޯގެ ހޮޓަލެއް

ކޮވިޑް-19 އާއި ގުޅިގެން ސްރީލަންކާގެ އެއާޕޯޓު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަންނަ ޖެނުއަރީ މަހު ބައިނަލްއަގްވާމީ ފަތުރުވެރިކަމަށް އެ ގައުމު ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްރީލަންކާގެ ޓޫރިޒަމް ޑިވެލޮޕްމެންޓް އޮތޯރިޓީ (އެސްއެލްޓީޑީއޭ) އިން ބުނެފިއެވެ.

އެސްއެލްޓީޑީއޭގެ ޗެއަރޕަރސަން ކިމަރްލި ފެނާންޑޯ ވިދާޅުވީ، ފަތުރުވެރިން އަމަލުކުރަން ޖެހޭ ގޮތުގެ ގައިޑްލައިންތައް ފައިނަލް ކޮށް ޑްރާފްޓެއް މިހާރު އެކުލަވާލެވިފައިވާ ކަމަށެވެ. އަދި އެ ޑްރާފްޓަށް ކަމާއި ގުޅޭ އިދާރާތަކާއިއެކު މިހާރު މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.

އެ ޑްރާފްޓް ގައި ބުނެފައިވާ ގޮތުން ފަތުރުވެރިންނަށް އެއާޕޯޓު ހުޅުވާލަނީ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ފެނާންޑޯ ވިދާޅުވީ، ގައިޑްލައިންތައް ހެލްތް އޮތޯރިޓީ އަށްވެސް ހުށައަޅާފައިވާ ކަމަށެވެ.

ގައިޑްލައިންއާ ހަވާލައި ދެއްވަމުން އޭނާ ވިދާޅުވީ، ލަންކާ އަށް އެތެރެވެވޭނީ އެންމެ މަދުވެގެންވެސް 14 ދުވަހުގެ މުއްދަތަށް ކަމަށެވެ. ފަތުރުވެރިން ތިބޭ ތަންތަނުގެ ގައިޑްލައިން ބަހާލާފައިވަނީ ދެ ލެވެލް އަކަށެވެ.

14 ދުވަހުގެ މުއްދަތަށް އެ ގައުމަށް އެތެރެވާ ފަތުރުވެރިޔާ ހުންނަން ޖެހޭނީ ޓޫރިޒަމް ބޯޑުން ހުއްދަ ދީފައިވާ ''ލެވެލް 1'' ގެ ހޮޓަލެއްގަ އެވެ. އެ ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންނަށް އެތަނުން ބޭރަށް ނުދެވޭނެ އެވެ. ދެވަނަ ލެވެލް އަކީ 14 ދުވަހަށްވުރެ ގިނަ ދުވަހަށް ޗުއްޓީ ހޭދަކުރާ މީހުންނަށް ހާއްސަކުރާ ލެވެލްއެކެވެ. ''ލެވެލް 2'' ގެ ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނަށް ހުއްދަ ލިބިފައިވާ ޓުއަރ ގައިޑަކާއި އެކު ކަނޑައެޅިފައިވާ ބައެއް ތަންތަނަށް ޒިޔާރަތް ކުރެވޭނެ އެވެ. 28 ދުވަހަށް ވުރެ ދިގު މުއްދަތަށް ޒިޔާރަތްކުރާ ފަތުރުވެރިޔާ އަށް އެސްއެލްޓީޑީއޭ ގައި ރަޖިސްޓަރ ކޮށްފައިވާ ކޮންމެ ތަނެއްގައިވެސް ހުރެވޭނެ އެވެ.

ލަންކާ އަށް އެތެރެވާ އެންމެންވެސް ''ވިޒިޓް ސްރީލަންކާ އެޕް'' ޑައުންލޯޑް ކުރަން ވަނީ އެދިފައެވެ. އެތެރެވާ އެންމެންވެސް ވިސާ ޕްރެސެސް ގައި ކޮވިޑް-19 އިންޝިއުރެންސް ނަގަން ޖެހެއެވެ. އެ އިންޝިއުރެންސް އަކީ އެއް މަހުގެ އިންޝިއުރެންސްއެކެވެ.

އެއް މަހުގެ ބަދަލުގައި ހަ މަސް ދުވަހަށް ވިސާ ދޫކުރަން ޕްރޮޕޯސަލް އެއް ވަނީ ކެބިނެޓަށް ހުށައަޅާފަ އެވެ. އެއާޕޯޓުން އެތެރެވެވޭނީ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރް ޓެސްޓު ރިޕޯޓްވެސް ހުށައަޅަން ޖެހެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި

މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި

27 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު