Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްބީއޭގެ އިންތިޚާބު

އެމްބީއޭގެ އިންތިޚާބު ޑިސެމްބަރު 12 ގައި

30 ނޮވެމްބަރު 2020 | ހޯމަ 13:38

އެމްބީއޭގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 23 ކުލަބަކަށް ލިބޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 ނޮވެމްބަރު 2020 | ހޯމަ 13:38
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ މިހާރުގެ ރައީސް އަޙްމަދު މަމްދޫހު

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ މިހާރުގެ ރައީސް އަޙްމަދު މަމްދޫހު

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ އިންތިޚާބު އަންނަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

އެމްބީއޭއިން ނެރުނު ބަޔާނެއްގައި ބުނީ އެ އެސޯސިއޭޝަނުގެ ކުރިއަށް އޮތް ދައުރުގެ ހިންގާ ކޮމިޓީ އިންތިޚާބުކުރުމަށްޓަކައި އާންމު ޖަލްސާއެއް ޑިސެމްބަރު މަހުގެ 12 ވާ ހޮނިހިރު ދުވަހުގެ ހަވީރު 05:00 ގައި ސޮލައިޓް ރެސްޓޯރަންޓުގެ ނުވަވަނަ ފަންގިފިލާގެ އިންޑޯ ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގުލިބިފައިވާ ފުރިހަމަ މެންބަރު ކުލަބު/ޖަމުޢިއްޔާތައް ތަމްސީލުކުރާ މަންދޫބުން ރަޖިސްޓާ ކުރުމަށް ހުށަހަޅާ ޕްރޮކްސީ ފޯމާއި، އިންތިޚާބުގައި ހޮވާ މަގާމުތަކަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު ޑިސެމްބަރު މަހުގެ އެކަކުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 ށް އެ އެސޯސިއޭޝަނުން ލިބެން ހުންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެމްބީއޭގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 23 ކުލަބަކަށް ލިބެއެވެ. މި އިންތިޚާބުގައި ވާދަނުކުރައްވަން އެ އެސޯސިއޭޝަނުގެ މިހާރުގެ ރައީސް އަޙްމަދު މަމްދޫހު ވަނީ ނިންމަވާފައެވެ. މީގެ ކުރިން ވަޓްސްއެޕްގައި ހިއްސާކުރެއްވި މެސެޖެއްގައި މަމްދޫހު ވިދާޅުވީ އޭނާގެ ދައުރުގައި ކަނޑައެޅި ގިނަ ކަންކަން ހާސިލްކުރެވިފައިވާ ކަމަށާއި، އެހެންކަމުން ހިންގާ ކޮމިޓީގައި މަސައްކަތްކުރެއްވި މެމްބަރުންނަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި އެއާއެކު ކުރިއަށް އޮތް އެމްބީއޭގެ އިންތިޚާބުގައި ވާދަނުކުރަން ނިންމާފައިވާ ކަމަށާއި، އޭގެ ބޭނުމަކީ ދެން އޮތް ޖީލަށްވެސް އެ ފުރުސަތު ދިނުން ކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން އެމްބީއޭގެ އިންތިޚާބު ބޭއްވީ 2016 ވަނަ އަހަރުއެވެ. އެ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެރޭ ފުރަތަމަ ބޭއްވި އިންތިޚާބުގައި މަމްދޫހު ބަލިކުރައްވާ އެމްބީއޭގެ ރައީސްގެ މަގާމަށް އިންތިޚާބުވީ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ސިނާނެވެ. އެކަމަކު ސިނާން ވަނީ އެމްބީއޭގެ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ.

އެއާއެކު އެ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އިންތިޚާބު ދެވަނަ ފަހަރަށް ބޭއްވިއިރު، އެ އިންތިޚާބު މަމްދޫހު ކާމިޔާބުކުރެއްވީ ވިޝާމް ރަޝީދާ ވާދަކުރައްވާ އިންތިޚާބުގައި ވޯޓުލި 18 ކުލަބުގެ ތެރެއިން 17 ކުލަބުގެ ވޯޓާއެކުއެވެ.

އެމްބީއޭގެ ރައީސްގެ މަގާމަށް މަމްދޫހު އިންތިޚާބުވި ފަހުން ބާސްކެޓްބޯޅައިގައި ރާއްޖެ ގިނަ ކުރިއެރުންތަކެއް ހޯދާފައިވާއިރު، ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު ވަނީ މިދިޔަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްއިން ލޯ މެޑަލް ހޯދާފައެވެ. މިއީ ބާސްކެޓްބޯޅަ އަންހެން ޓީމަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ލިބުނު ފުރަތަމަ މެޑެއްޔެވެ.

އަދި މަމްދޫހުގެ ދައުރުގައި ބާސްކެޓްބޯޅައިގެ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ވަނީ ރާއްޖޭގައި ބާއްވާފައެވެ. އޭގެ ތެރޭގައި 2017 ވަަނަ އަހަރު މާލޭގައި ބޭއްވި ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް (ސާބާ ޗެމްޕިއަންޝިޕް) އާއި، މިދިޔަ އަހަރު މާލޭގައި ބޭއްވި ފީބާ އޭޝިއަން ކްއެސްޓުވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް