Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއޮބިއޯން ފިހާރަ ހުޅުވުން

އޮބިއޯން: ކުޅިވަރުގެ ދާއިރާއަށް ބޭނުންވާ ހުރިހާ ސާމާނާއި އެކު ހުޅުވި ފުރަތަމަ ފިހާރަ!

ކުޅިވަރުގެ ދާއިރާއިން ހޯދަން ބޭނުންވާ ކޮންމެ އެއްޗެއްވެސް އެފިހާރައިން ލިބެން ހުންނާނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 29 ނޮވެމްބަރު 2020 | އާދީއްތަ 18:05
އޮބިއޯން ފިހާރަ: ކުޅިވަރުގެ ހުރިހާ ސާމާނު އެއްތަނަކުން ލިބޭނެ

އޮބިއޯން ފިހާރަ: ކުޅިވަރުގެ ހުރިހާ ސާމާނު އެއްތަނަކުން ލިބޭނެ

ކުޅިވަރުގެ ދާއިރާގެ ހުރިހާ ސާމާނު އެއްތަނަކުން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި މަޖީދީމަގުގައި އޮބިއޯން ފިހާރަ ހުޅުވައިފިއެވެ.

ނޮވެމްބަރ 25 ވަނަ ދުވަހު ހުޅުވި މި ފިހާރައަކީ ކުޅިވަރުގެ ހުރިހާ ސާމާނެއް ލިބެން ހުރި ފިހާރަކައަށްވާއިރު، ހުރިހާ ބްރޭންޑެއްގެ ކުޅިވަރަށް ހާއްސަ ސާމާނާއި ކުއަލިޓީ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށް އޮބިއޯންގެ ޝޮޕް މެނޭޖަރ އަލީ ޝިފާޒު ބުންޏެވެ.

ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ޝިފާޒް ބުނެފައިވަނީ ހުރިހާ ބްރޭންޑަކުން ވަރަށް ބޮޑު ރޭންޖެއްގެ ސާމާނު ލިބެން ހުންނާނެ ކަމަށާއި މި މިފިހާރައިގެ ތަފާތަކީ ކުޅިވަރުގެ ދާއިރާއިން ހޯދަން ބޭނުންވާ ކޮންމެ އެއްޗެއްވެސް އެފިހާރައިން ލިބެން ހުރުން ކަމަށެވެ. އެގޮތުން ދެ ޖިންސްގެ ޒުވާނުންނަށް ބޭނުންވާ ހުރިހާ ސާމާނަކާއި، އަދި ވަކިން ޙާއްސަކޮށް ކުޑަކުދިންގެ ވައިލްޑް ރޭންޖެއްގެ އުފެއްދުންތައް އޮބިއޯންއިން ލިބެން ހުންނާނެ ކަމަށް ޝިފާޒް ބުންޏެވެ.

އޮބިއޯންއިން ލިބެން ހުރި ބައެއް ބްރޭންޑްތަކުގެ އުފެއްދުންތަކަށްބަލާއިރު، ޖިމް ވެއަރ، ޖިމް އިކިއުޕްމަންޓް އަދި ފުޓްބޯޅައަށް ލޯބި ކުރާ ފަރާތްތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ހިމެނެއެވެ.

މީގެ އިތުރުން އެންމެ ބާރަށް ހިނގާ އެއް އުފެއްދުމަކީ ސްވިމިން ގިއަރ ކަން ފާހަގަކުރަމުން ޝިފާޒް ބުނީ މި ފިހާރައިން އޮންލައިންކޮށް ތަކެތި ބައްލަވައިގަތުމަށްވެސް ފުރުޞަތެއް ފޭސްބުކް މެދުވެރިކޮށް ކުރެވޭނެ ކަމަށެވެ. އެގޮތުން އޯޑަރ ކުރާ އައިޓަމްތައް ޑެލިވަރީކޮށް ދިނުމުގެ ޚިދުމަތްވެސް އޮބިއޯންއިން ފޯރުކޮށްދެއެވެ.

އަދި ކުޅިވަރުގެ ބްރޭންޑް މުދާ ވިއްކި ކަމުގައިވީ ނަމަވެސް ހުރިހާ ޕްރޮޑަކްޓަކުންވެސް ކަސްޓަމަރުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނެ ކަމަށް އޮބިއޯއިން ބުންޏެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2020

ކުވައިތުގެ އިޤްތިޞާދު ރަނގަޅުކުރުމަށް ކުރިޔަށް އޮތް ހަ އަހަރު ދުވަހު 180 ބިލިއަން ޑޮލަރު ބޭނުންވާކަމަށް އައިއެމްއެފުން ބުނެފި

27 ޖެނުއަރީ 2020
ކުވައިތުގެ އިޤްތިޞާދު ރަނގަޅުކުރުމަށް ކުރިޔަށް އޮތް ހަ އަހަރު ދުވަހު 180 ބިލިއަން ޑޮލަރު ބޭނުންވާކަމަށް އައިއެމްއެފުން ބުނެފި
09 ނޮވެމްބަރު 2019

ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރަނީ

09 ނޮވެމްބަރު 2019
ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރަނީ
08 އޮކްޓޯބަރު 2019

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުމުގެ ސަރވޭ މި މަހު ފަށަނީ

08 އޮކްޓޯބަރު 2019
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުމުގެ ސަރވޭ މި މަހު ފަށަނީ
22 އޯގަސްޓު 2019

ކޮންސްްޓްރަކްޝަންގެ ދާއިރާއަށް ޚާއްސަކޮށް، "ބިލްޑެކްސް މޯލްޑިވްސް 2019" ފަށައިފި

22 އޯގަސްޓު 2019
ކޮންސްްޓްރަކްޝަންގެ ދާއިރާއަށް ޚާއްސަކޮށް، "ބިލްޑެކްސް މޯލްޑިވްސް 2019" ފަށައިފި
27 އޮކްޓޯބަރު 2018

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ކޮންސްޓްރަކްޝަން ދާއިރާއަށް ބޮޑު ކުރިއެރުމެއް

27 އޮކްޓޯބަރު 2018
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ކޮންސްޓްރަކްޝަން ދާއިރާއަށް ބޮޑު ކުރިއެރުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު