Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ ކާބަން ނިއުޓްރަލް ކުރުން

އަވަސް މުސްތަގުބަލެއްގައި ރާއްޖެ ކާބަން ނިއުޓްރަލް ނުކުރެވިއްޖެނަމަ މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާނަން!

29 ނޮވެމްބަރު 2020 | އާދީއްތަ 14:09

ޤައުމުތަކުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް މައްޗަށް ޖެއްސުމަށް ރާއްޖެއިން ބާރުއަޅަން ޖެހޭ

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ | 29 ނޮވެމްބަރު 2020 | އާދީއްތަ 14:09
މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލް ދިރާސާކުރުމަށް ބޭއްވި ކޮމިޓީ

މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލް ދިރާސާކުރުމަށް ބޭއްވި ކޮމިޓީ

އަވަސް މުސްތަގުބަލެއްގައި ރާއްޖެ ކާބަން ނިއުޓްރަލް ނުކުރެވިއްޖެނަމަ މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާނެ ކަމަށް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ބޭއްވި މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލް ދިރާސާކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެމްބަރުން ވަނީ މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައެޅުއްވުމަށް ތާއީދުކުރައްވާ ވާހަކަދައްކަވާފައެވެ.

Advertisement - newsAdvertisement

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވާ ނުރައްކާ ކުޑަކުރުމަށް، ޖައްވަށް ބޭރުކުރާ ގްރީން ހައުސް ގޭސް މަދުކުރުމަށް، ޤައުމުތަކުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް މައްޗަށް ޖެއްސުމަށް ރާއްޖެއިން ބާރުއަޅަން ޖެހޭ ކަމަށް ވިދާޅުވެ ކޮމެޓީގެ މުގައްރިރު އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ވަނީ މިއީ އެހެން ގައުމުތަކާއި ޖަހާ ރޭހެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެހެން ކަމުން 2050 ވަނަ އަހަރަށް ރާއްޖެ ކާބަން ނިއުޓްރަލް ކުރެވޭނެ ކަމަށް ވިދާޅުވެ، އިއުލާނުކުރާ ދުވަހަކީ އެންވާރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާނެ ދުވަސް ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރެއްވިއެވެ.

މެންބަރުން ވިދާޅުވީ މި މައްސަލަ ސީރިއަސް ކަމެއްގޮތުގައި ނަގައިގެން އެކަމަށް އަވަސް ހައްލެއް ހޯދުމަށް މަޝްވަރާތައް ކުރިއަށް ގެންދާއިރު އެންވާރަމެންޓް މިނިސްޓްރީއިން އެކަމަށް ދައްކަނީ ބަހަނާ ކަމަށެވެ.

ކޮމެޓީގެ މުގައްރިރު މިހެން ވިދާޅުވެފައިވާއިރު މީގެ އަހަރެއްހާ ދުވަސް ކުރިން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުން އޭނާ ވަނީ ކުރިއަށް އޮތް ފަސްއަހަރު ތެރޭގައި ދިވެހި ރާއްޖެ އަލުން ކާބަން ނިއުޓްރަލް ގައުމަކަށްވުމަށް ބިލުގައި ހިމެނުމަށް ގޮވާލައްވާފައެވެ.

ރާއްޖެއިން ޖައްވަށް ގްރީންހައުސް ގޭސް އެންމެ ގިނައިން ބޭރުކުރާ ދާއިރާތަކަށް ބަލާލާއިރު އޭގެ 67 އިންސައްތަ ހިއްސާކުރަނީ ކަރަންޓު އުފެއްދުމަށް ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި އޭގެ 47 އިންސައްތަ އަކީ ރިސޯޓު ދާއިރާއިން އުފައްދާ ކަރަންޓުގެ ސަބަބުން ބޭރުވާ ގޭހެވެ. ހަމައެކަނި ކަރަންޓު އުފެއްދުމަށް އަމާޒުކުރި ކަމުގައި ވީނަމަވެސް، އިޔާދަކުރަނިވި ހަކަތައަށްދާން ނިންމިކަމުގައި ވީނަމަވެސް، ކާބަން ނިއުޓްރަލް ވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް މެންބަރުން ފާހަގަ ކުރައްވާފައިވެއެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް