Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕޭމަންޓް ސިސްޓަމް ގާއިމުކުރުމުގެ ބިލް

ޕޭމަންޓް ސިސްޓަމެއް ގާއިމުކުރުމުގެ ބިލް ދިރާސާ ކުރާ ކޮމިޓީން އެމްއެމްއާ މަޝްވަރާ ކުރަން ނިންމައިފި

މި ގާނޫނުގެ ދަށުން ރެގިއުލޭޝަންތަކާއި އުސޫލުތަކެއް އެކުލަވާލެވޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2020 | އާދީއްތަ 08:18
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން - ޤައުމީ ޕޭމަންޓް ސިސްޓަމެއް ގާއިމުކުރުމުގެ ބިލް ދިރާސާ ކުރަމުގެ މަސައްކަތް މިހަފްތާގައި ނިންމާނެ

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން - ޤައުމީ ޕޭމަންޓް ސިސްޓަމެއް ގާއިމުކުރުމުގެ ބިލް ދިރާސާ ކުރަމުގެ މަސައްކަތް މިހަފްތާގައި ނިންމާނެ

ޤައުމީ ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލު ދިރާސާކުރުމުންދާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ރާއްޖޭގެ މަރުކަޒީ ބޭންކް ކަމަށްވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ އެކު މަޝްވަރާ ކުރުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެކޮމިޓީން ނިންމާފައިވަނީ، ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތުގެ ބިލާ ގުޅިގެން އެމްއެމްއޭއާއެކު މަޝްވަރާ ކުރުމަށް ހޯމަ ދުވަހުގެ 11:00 ށް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށެވެ.

Advertisement - newsAdvertisement

ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލު ދިރާސާކުރުމުންދާ މާލިއްތު ކޮމިޓީގެ ސަބް ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ ހޯމަ ދުވަހު އެމްއެމްއާއެކު މަޝްވަރާކުރުމަށް ހޯމަ ދުވަހު އެބިލްގެ ދިރާސާ ކުރުމުގެ މަސަައްކަތް ނިންމައި މި ހަފްތާގައި މާލިއްޔަތު ކޮމިޓީއަށް ފޮނުވުމަށް ބޭނުންވެލައްވާ ކަމަށެވެ. އަދި މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ނިންމުމުގެ ކުރިން މިބިލް މަޖިލީހަށް ހުށަހަޅައި ފާސްކުރަން ޖެހޭ ކަމަށްވެސް އިލްޔާސް ލަބީބް ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ފައިސާއިން ނުވަތަ ބޭރު ފައިސާއަކުން ނަމަވެސް، ޕޭމަންޓް އިންސްޓްރަކްޝަންތަކާއި ފައިސާ ޓްރާންސްފަރތައް ފޮނުވުމާއި ލިބުން އަދި ޕްރޮސެސްކުރުމާ ގުޅުން ހުރި އެންމެހައި ކަންކަން ހިމެނޭ ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް ޤާއިމު ކުރުމެވެ.

މީގެ އިތުރުން ޕޭމަންޓް ސިސްޓަމްތަކާއި ޕޭމަންޓް ޚިދުމަތްތައް ރެގިއުލޭޓްކޮށް އެފަދަ ސިސްޓަމްތައް ހިންގުމާ ގުޅޭ އުސޫލުތައް ވެސް މި ބިލުގައި ވަނީ ބަޔާން ކޮށްފައެވެ. އަދި އެފަދަ ސިސްޓަމްތައް ރެގިއުލޭޓް ކުރާ ފަރާތެއްގެ ހައިސިއްޔަތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި، ސިސްޓަމްތައް އޮޕަރޭޓްކުރާ ފަރާތްތަކަށް ހުއްދަ ނުވަތަ ލައިސަންސް ދިނުމާއި ގުޅޭ ކަންކަމުގެ އިތުރުން ސިސްޓަމްތައް ހިނގާ ނުހިނގާ ގޮތް ބެލުމާ ގުޅޭ އުސޫލުތައް ވެސް މި ބިލުގައި ވަނީ ބަޔާން ކޮށްފައެވެ.

މިދިއަ އޮކްޓޯބަރު މަހު، މަޖިލީހަށް ވަޑައިގެން ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝީމް ވިދާޅުވެފައި ވަނީ މި ނިޒާމު ރާއްޖޭގައި ގާއިމު ކުރެވުމުން ބޭންކިންގ ނިޒާމާއި ފައިނޭންޝަލް ޕޭމަންޓުގެ ދާއިރާގެ ކަންކަން އެއް ސިސްޓަމަކަށް ގުޅާލެވިގެން ދާނެ ކަމަށެވެ. އަދި މިކަންކަން ލާމަރުކަޒު ކުރުމަށް މި ގާނޫނުގެ ސަބަބުން ވަރަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު