Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ޔުވެންޓަސް އެއްވަރުވިއިރު، އިންޓައަށް ފަސޭހަ މޮޅެއް

ބެނެވެންޓޯ އާއި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 ނޮވެމްބަރު 2020 | އާދީއްތަ 06:16
ބެނެވެންޓޯ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

ބެނެވެންޓޯ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އާއި ބެނެވެންޓޯ ބައްދަލުކުރި މެޗު އެއްވަރުވިއިރު، ސަސުއޮލޯ އަތުން އިންޓަ މިލާން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޔުވެންޓަސް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޔުވެންޓަސް އެއްވަރުވިއިރު، މިއީ މި ސީޒަނުގައި އެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވި އަންދްރެއާ ޕިރްލޯގެ އިރުޝާދުގެ ދަށުން ކުޅެ ޔުވެންޓަސް އެއްވަރުވި ފަސްވަނަ މެޗެވެ.

މި މެޗުގައި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. އެކަމަކު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެ ޓީމުންނެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓުގައި ޔުވެންޓަސްއަށް ލީޑު ނަގައިދިނީ އަލްވާރޯ މޮރާޓާއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެނެވެންޓޯއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި މި ލަނޑު އެ ތީމަށް ޖަހައިދިނީ ގައެޓާނޯ ލެޓިޒިއާއެވެ.

މި މެޗު ޔުވެންޓަސްއިން ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ ފަހު ވަގުތު ޔުވެންޓަސްގެ މޮރާޓާއަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. މޮރާޓާއަށް ރެފުރީ ރަތް ކާޑު ދެއްކީ އޭނާ ބޭއަދަބީ އިބާރާތުން ވާހަކަ ދެއްކުމާ ގުޅިގެންނެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޔުވެންޓަސް އެއްވަރުވިއިރު، އިންޓަ މިލާން މޮޅުވީ ސަސުއޮލޯ އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

ސަސުއޯލޯގެ ދަނޑުގައި ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު އިންޓައިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި މި ލަނޑު އިންޓައަށް ކާމިޔާބުކޮށްދިނީ އެލެކްސިސް ސަންޗޭޒެވެ. އަދި އޭގެ 10 މިނެޓު ފަހުން އިންޓައިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑަކީ ސަސުއޯލޯގެ ވްލަޑް ކިރިކެސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މެޗުގައި އިންޓައިން ކާމިޔާބުކުރި ތިންވަނަ ލަނޑު 60 ވަނަ މިނެޓުގައި ޖަހައިދިނީ ރޮބާޓޯ ގަލިއާޑިނީއެވެ.

މި މޮޅާއެކު އިންޓަ ވަނީ ކުޅުނު ނުވަ މެޗުން 18 ޕޮއިންޓް ހަމަކޮށް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ސަސުއޮލޯއިން އެ އަދަދަށް ޕޮއިންޓް ހޯދި ނަމަވެސް، އެ ޓީމު އޮތީ ލަނޑުގެ ތަފާތުން ތިންވަނައިގައެވެ. އަދި ޔުވެންޓަސް އޮތީ ނުވަ މެޗުން 17 ޕޮއިންޓާއެކު ފަސްވަނައިގައެވެ. ބެނެވެންޓޯ އޮތީ ނުވަ މެޗުން 10 ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު