Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރައީސްކަމަށް ކުރިމަތިނުލަން މަމްދޫހު ނިންމުން

އެމްބީއޭގެ އިންތިޚާބުގައި ވާދަނުކުރަން މަމްދޫހު ނިންމަވައިފި

28 ނޮވެމްބަރު 2020 | ހޮނިހިރު 11:55

ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެމްބީއޭގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 ނޮވެމްބަރު 2020 | ހޮނިހިރު 11:55
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ މިހާރުގެ ރައީސް އަޙްމަދު މަމްދޫހު

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ މިހާރުގެ ރައީސް އަޙްމަދު މަމްދޫހު

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ކުރިއަށް އޮތް އިންތިޚާބުގައި ވާދަނުކުރައްވަން އެ އެސޯސިއޭޝަނުގެ މިހާރުގެ ރައީސް އަޙްމަދު މަމްދޫހު ނިންމަވައިފިއެވެ.

އަންނަ ޑިސެމްބަރު މަހު މަމްދޫހުގެ ދައުރު ހަމަވާއިރު، ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެމްބީއޭގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ.

ވަޓްސްއެޕްގައި ހިއްސާކުރެއްވި މެސެޖެއްގައި މަމްދޫހު ވިދާޅުވީ އޭނާގެ ދައުރުގައި ކަނޑައެޅި ގިނަ ކަންކަން ހާސިލްކުރެވިފައިވާ ކަމަށާއި، އެހެންކަމުން ހިންގާ ކޮމިޓީގައި މަސައްކަތްކުރެއްވި މެމްބަރުންނަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި އެއާއެކު ކުރިއަށް އޮތް އެމްބީއޭގެ އިންތިޚާބުގައި ވާދަނުކުރަން ނިންމާފައިވާ ކަމަށާއި، އޭގެ ބޭނުމަކީ ދެން އޮތް ޖީލަށްވެސް އެ ފުރުސަތު ދިނުން ކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން އެމްބީއޭގެ އިންތިޚާބު ބޭއްވީ 2016 ވަނަ އަހަރުއެވެ. އެ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެރޭ ފުރަތަމަ ބޭއްވި އިންތިޚާބުގައި މަމްދޫހު ބަލިކުރައްވާ އެމްބީއޭގެ ރައީސްގެ މަގާމަށް އިންތިޚާބުވީ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ސިނާނެވެ. އެކަމަކު ސިނާން ވަނީ އެމްބީއޭގެ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ.

އެއާއެކު އެ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އިންތިޚާބު ދެވަނަ ފަހަރަށް ބޭއްވިއިރު، އެ އިންތިޚާބު މަމްދޫހު ކާމިޔާބުކުރެއްވީ ވިޝާމް ރަޝީދާ ވާދަކުރައްވާ އިންތިޚާބުގައި ވޯޓުލި 18 ކުލަބުގެ ތެރެއިން 17 ކުލަބުގެ ވޯޓާއެކުއެވެ.

އެމްބީއޭގެ ރައީސްގެ މަގާމަށް މަމްދޫހު އިންތިޚާބުވި ފަހުން ބާސްކެޓްބޯޅައިގައި ރާއްޖެ ގިނަ ކުރިއެރުންތަކެއް ހޯދާފައިވާއިރު، ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމު ވަނީ މިދިޔަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްއިން ލޯ މެޑަލް ހޯދާފައެވެ. މިއީ ބާސްކެޓް އަންހެން ޓީމަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ލިބުނު ފުރަތަމަ މެޑެއްޔެވެ.

އަދި މަމްދޫހުގެ ދައުރުގައި ބާސްކެޓްބޯޅައިގެ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ވަނީ ރާއްޖޭގައި ބާއްވާފައެވެ. އޭގެ ތެރޭގައި 2017 ވަަނަ އަހަރު މާލޭގައި ބޭއްވި ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް (ސާބާ ޗެމްޕިއަންޝިޕް) އާއި، މިދިޔަ އަހަރު މާލޭގައި ބޭއްވި ފީބާފީބާ އޭޝިއަން ކްއެސްޓުވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2020

އެމްބީއޭގެ ރައީސަކަށް އަޙްމަދު އާދަމް އިންތިޚާބުކޮށްފި

12 ޑިސެމްބަރު 2020
އެމްބީއޭގެ ރައީސަކަށް އަޙްމަދު އާދަމް އިންތިޚާބުކޮށްފި
30 ނޮވެމްބަރު 2020

އެމްބީއޭގެ އިންތިޚާބު ޑިސެމްބަރު 12 ގައި

30 ނޮވެމްބަރު 2020
އެމްބީއޭގެ އިންތިޚާބު ޑިސެމްބަރު 12 ގައި
25 ނޮވެމްބަރު 2020

ވީއޭއެމްގެ އިންތިޚާބުގައި ވާދަނުކުރަން ލަތީފް ނިންމަވައިފި

25 ނޮވެމްބަރު 2020
ވީއޭއެމްގެ އިންތިޚާބުގައި ވާދަނުކުރަން ލަތީފް ނިންމަވައިފި
25 ޖުލައި 2020

ސްވިމިންގެ މިހާރުގެ ހިންގާ ކޮމިޓީއަށް އިންތިޚާބުގައި ބޮޑު ކާމިޔާބެއް

25 ޖުލައި 2020
ސްވިމިންގެ މިހާރުގެ ހިންގާ ކޮމިޓީއަށް އިންތިޚާބުގައި ބޮޑު ކާމިޔާބެއް
16 ޖޫން 2020

ސްޕެއިންގެ ފުޓްބޯޅަ އިންތިޚާބުގައި ވާދަނުކުރަން ކަސިއަސް ނިންމައިފި

16 ޖޫން 2020
ސްޕެއިންގެ ފުޓްބޯޅަ އިންތިޚާބުގައި ވާދަނުކުރަން ކަސިއަސް ނިންމައިފި
23 މާރިޗު 2020

އޮލިމްޕިކްސްގައި ވާދަނުކުރަން ކެނެޑާ އާއި އޮސްޓްރޭލިއާއިން ނިންމައިފި

23 މާރިޗު 2020
އޮލިމްޕިކްސްގައި ވާދަނުކުރަން ކެނެޑާ އާއި އޮސްޓްރޭލިއާއިން ނިންމައިފި
05 ފެބުރުއަރީ 2020

އެފްއޭއެމްގެ އިންތިޚާބުގައި މާޒިޔާގެ ތާއީދު ބައްސާމަށް

05 ފެބުރުއަރީ 2020
އެފްއޭއެމްގެ އިންތިޚާބުގައި މާޒިޔާގެ ތާއީދު ބައްސާމަށް
19 ސެޕްޓެމްބަރު 2017

އެމްބީއޭގެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

19 ސެޕްޓެމްބަރު 2017
އެމްބީއޭގެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖޫން 2017

ޕާކިސްތާން ކްރިކެޓް ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އެއް ކަރޯޑް ރުޕީސް ދެއްވަން ބޮޑުވަޒީރު ނިންމަވައިފި

20 ޖޫން 2017
ޕާކިސްތާން ކްރިކެޓް ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އެއް ކަރޯޑް ރުޕީސް ދެއްވަން ބޮޑުވަޒީރު ނިންމަވައިފި
16 މެއި 2017

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް