Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނަން އަނބުރާ ގެންދަން ކަސިއަސް ނިންމުން

ސްޕެއިންގެ ފުޓްބޯޅަ އިންތިޚާބުގައި ވާދަނުކުރަން ކަސިއަސް ނިންމައިފި

ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުގެ އިންތިޚާބު އޮންނާނީ އޮގަސްޓް މަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 16 ޖޫން 2020 | އަންގާރަ 13:47
ގޯލްކީޕަރު އިކާ ކަސިއަސް: ނަން އަނބުރާ ގެންދަން ވަނީ ނިންމާފައި

ގޯލްކީޕަރު އިކާ ކަސިއަސް: ނަން އަނބުރާ ގެންދަން ވަނީ ނިންމާފައި

ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވާ، ސްޕެއިން ގައުމީ ޓީމުގެ ގޯލްކީޕަރު އިކާ ކަސިއަސް އޭނާގެ ނަން އަނބުރާ ގެންގޮސްފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކަސިއަސް ވަނީ މިފަހަރުގެ އިންތިޚާބުގައި އެ އިދާރާގެ ރައީސްގެ މަގާމަށް ކުރިމަތިލާނެކަން އިއުލާން ކޮށްފައެވެ. އެކަމަކު ދާދި ފަހުން ކަސިއަސް ބުނީ ނަން އަނބުރާ ގެންނަން ނިންމީ، މިހާރު ކުރިމަތިވެފައިވާ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އެ ގައުމު މިވަގުތު އެއްބައިވަންތަކަމަށް ބޭނުންވެފައިވާތީ ކަމަށެވެ.

އެހެންވެ، އޮގަސްޓް މަހު އޮންނަ އިންތިޚާބުގައި މިހާރުގެ ރައީސް ލުއިސް ރުބިއާލެސް ވާދަކުރައްވާނީ ގިނިކަންޏާ އެވެ. އަދި އޭނާ އަލުން އިންތިޚާބުވުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. މީގެ ކުރިން ކަސިއަސް ވަނީ ލުއިސް ރުބިއާލެސް، އެ ފެޑެރޭޝަން މިހާރު ހިންގަމުން އަންނަގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުގެ އިންތިޚާބުގައި ވާދަނުކުރަން އުމުރުން 39 އަހަރުގެ ކަސިއަސް ނިންމިއިރު، އޭނާ މިހާރު ކުޅެމުން އަންނަނީ ޕޯޗުގަލްގެ ޕޯޓޯއަށެވެ. މިދިޔަ އަހަރު މެއި މަހު ޕޯޓޯގެ ފަރިތަކުރުންތަކުގެ ތެރެއިން ކަސިއަސްއަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުން ފަރުވާ ހޯދިއިރު، ދެ މަސް ފަހުން އަލުން ފަރިތަކުރުންތަކަށް ނުކުތް ނަމަވެސް، ފަހުން އޭނާ ކުޅުމުގައި އެއްކޮށް ބައިވެރިއެއް ނުވެއެވެ. އެކަމަކު ރަސްމީކޮށް އަދި ކުޅުން ހުއްޓާލިކަން ކަސިއަސް އިއުލާން ކޮށްފައެއް ނުވެއެވެ.

ރެއާލް މެޑްރިޑަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ކަސިއަސް އަކީ 2010 ވަނަ އަހަރު ސްޕެއިނުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލިއިރު، އެޓީމުގެ ކެޕްޓަނެވެ. އަދި ކަސިއަސް ވަނީ ސްޕެއިންއާއެކު ދެފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެލްސީ ދޫކޮށްލުމަށްފަހު ދިޔަޔަސް ދާނީ ސްޕެއިންގެ ކްލަބަކަށް: ކޯސްޓާ

ޗެލްސީ ދޫކޮށްލުމަށްފަހު ދިޔަޔަސް ދާނީ ސްޕެއިންގެ ކްލަބަކަށް: ކޯސްޓާ

28 މެއި 2017
ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި

ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި

24 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު