Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރައީސްކަމަށް ކުރިމަތިނުލަން ލަތީފް ނިންމުން

ވީއޭއެމްގެ އިންތިޚާބުގައި ވާދަނުކުރަން ލަތީފް ނިންމަވައިފި

25 ނޮވެމްބަރު 2020 | ބުދަ 14:00

މި އަހަރު ނިމުމުގެ ކުރިން ވީއޭއެމްގެ އިންތިޚާބެއް ބާއްވައިދިނުމަށް އެފްއައިވީބީގައި ލަތީފް ވަނީ އެދެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 ނޮވެމްބަރު 2020 | ބުދަ 14:00
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބުގައި އިތުރު ދައުރަކަށް ރައީސްގެ މަގާމަށް ވާދަނުކުރަން އެ އެސޯސިއޭޝަނުގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް ނިންމަވައިފިއެވެ.

ވީއޭއެމްގެ މައްސަލައަށް ހައްލެއް ނުލިބި އެއް އަހަރާއި ހަތަރު މަސް ވެފައިވާއިރު، ވީއޭއެމުގެ މައްސަލައަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީ ވަދެފައިވަނީ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ބާރު ކަނޑުވާލާފައިވާތާ ހަ މަހަށް ވުރެން ގިނަ ދުވަސްވެފައިވަނިކޮށެވެ. ކުޅިވަރާ ބެހޭ ވުޒާރާ އާއި ސްޕޯޓްސް ކޮމިޝަނުން ވީއޭއެމްގެ ހިންގުމުގެ ތެރެއަށް ވަދެ، ދެ ފަހަރެއްގެ މަތިން ކޮމިޓީއެއް އެކުލަވާލާ އިންތިޚާބަކާ ހަމަޔަށް އެސޯސިއޭޝަން ގެންދިޔުމަށް މަސައްކަތްކޮށްފައިވެއެވެ.

އެފްއައިވީބީން ވީއޭއެމްގެ މައްސަލައަށް ސީދާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެފްއައިވީބީގެ ރައީސް ޑރ. އަރީ ގްރާސާއާ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މަރުޒޫގް (މަރޭ) ބައްދަލުކުރެއްވުމާ ހަމައިންނެވެ. އެއަށްފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެފްއައިވީބީގެ ދެ ބޭފުޅަކާއި، އޭވީސީގެ ބޭފުޅަކާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބޭފުޅަކާއި، ވީއޭއެމްގެ އިންތިޚާބީ ހިންގާ ކޮމިޓީގެ ބޭފުޅަކާއެކު މި މައްސަލަ ބެލުމަށް ވަނީ "އެޑްހޮކް ކޮމިޝަން" އެއް އުފައްދާފައެވެ.

"ރާއްޖެޓީވީ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ލަތީފް ވިދާޅުވީ އޭނާގެ ހަތަރު އަހަރުގެ ދައުރު މި އަހަރުގެ އޮކްޓޯބަރު މަހު ހަމަވެފައިވާ ކަމަށާއި، އެހެންކަމުން ވީއޭއެމްގައި މިހާރު ހުރި މައްސަލަތައް އިތުރަށް ބެލުމުގެ ބަދަލުގައި، އެ އެސޯސިއޭޝަނުގެ ދެފުށް ފެންނަ އިންތިޚާބެއް ބާއްވައިދިނުމަށް އެފްއައިވީބީގައި މިހާރު އެދެފައިވާނެ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ވީއޭއެމްގެ އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ލަތީފް އިތުރަށް ވިދާޅުވީ ވީއޭއެމްގައި މިހާރު ޖެހިގެން އުޅޭ މައްސަލައަކީ ވޮލީބޯޅަ ރިފޯމުވެގެން އައުމުން ވީއޭއެމްގެ ރައީސްގެ މަގާމަށް އަންނަން ބޭނުންވި ބޭފުޅުން އިތުރުވުމުން ޖެހުނު މައްސަލަތަކެއް ކަމަށެވެ.

އަދި ވީއޭއެމްގެ ރައީސްކަމަށް އޭނާ ކުރިމަތިލެއްވި ހަގީގީ މަގުސަދު މިހާރު ހާސިލުކުރެވިފައިވާ ކަމަށާއި، އެގޮތުން ވޮލީބޯޅަ ރިފޯމުކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި، ވޮލީބޯޅަ ރާއްޖޭގައި ފޯރިގަދަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރެވުނު ކަމަށް ލަތީފް ވިދާޅުވިއެވެ. އެހެންކަމުން އައު އިންތިޚާބުގައި ވާދަނުކުރަން މިހާރު ނިންމާފައިވާ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން އައު ހިންގާ ކޮމިޓީއާ ވީއޭއެމް ހަވާލުކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ވީއޭއެމްގެ މައްސަލަ ބޮޑުވެފައިވާއިރު، ވީއޭއެމުގެ ހިންގާ ކޮމިޓީ އުވާލައި، އިންޓަރިމް ކޮމިޓީއާ އެސޯސިއޭޝަން ހިންގުން ސްޕޯޓްސް ކޮމިޝަނުން ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. ފުރަތަމަ ފަސް މެންބަރުންގެ ކޮމިޓީއަކުން ވީއޭއެމް ހިންގާފައިވާއިރު، އެފްއައިވީބީގެ އިންޒާރާއެކު ފަހުން ވަނީ އެކޮމިޓީ އުވާލައި، ކޮމިޓީގެ ބެލުމުގެ ދަށުން ކުރިޔަށްގެންދަން މަސައްކަތް ކުރި އިންތިޚާބުވެސް ފަސްކޮށްފައެވެ.

އެއަށްފަހު ކޮމިޝަނާ އޮފް ސްޕޯޓްސް ސޮއިކޮށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ވީއޭއެމަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ވީއޭއެމްގެ ރައީސް ލަތީފުގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި، ހާޒިރުވެތިބި ފުރިހަމަ މެންބަރުންގެ އިއްތިފާގުން ފާސްކުރުމާއި ގުޅިގެން އިންތިޚާބު ބޭއްވެންދެން ކުރަންޖެހޭ ކަންކަން ކުރުމަށާއި، ވީއޭއެމްގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އިންޓަރިމް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ ކޮމިޓީން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ހިންގާ ގަވާއިދު ފާސްކޮށް، ހިންގާ ކޮމިޓީ އެކުލަވާލުމަށް އަންގާ ކަމަށެވެ. އެއާއެކު އޮކްޓޯބަރު މަހު ކުރިއަށް ގެންދިޔަ ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ ލަތީފުގެ އިތުބާރު ނެތް ކަމަށް ކުލަބުތަކުން ފާސްކޮށްފައެވެ.

ނަމަވެސް އޭވީސީންވެސް ވަނީ ވީއޭއެމުގެ އިންޓަރިމް ކޮމިޓީ ބަލައިނުގަންނަން ނިންމާފައެވެ. އެހެންކަމުން ވީއޭއެމްގެ މައްސަލައިގައި އެންމެ ފަހު ގޮތެއް ނިންމާނީ އެފްއައިވީބީން މިހާރު އުފައްދާފައިވާ "އެޑްހޮކް ކޮމިޝަން" ންނެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

20 ޖޫން 2017

ޕާކިސްތާން ކްރިކެޓް ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އެއް ކަރޯޑް ރުޕީސް ދެއްވަން ބޮޑުވަޒީރު ނިންމަވައިފި

20 ޖޫން 2017
ޕާކިސްތާން ކްރިކެޓް ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް އެއް ކަރޯޑް ރުޕީސް ދެއްވަން ބޮޑުވަޒީރު ނިންމަވައިފި
20 ޖޫން 2017

ރަސްމީ ސްކޮޑް އިއުލާން ކުރާނީ އެސޯސިއޭޝަން ކަޕަށް ފަހުގައި: ލަތީފް

20 ޖޫން 2017
ރަސްމީ ސްކޮޑް އިއުލާން ކުރާނީ އެސޯސިއޭޝަން ކަޕަށް ފަހުގައި: ލަތީފް
16 މެއި 2017

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި
19 އެޕްރީލު 2017

ކްލަބްތައް ބާރުވެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނަން: ލަތީފް

19 އެޕްރީލު 2017
ކްލަބްތައް ބާރުވެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނަން: ލަތީފް
30 މާރިޗު 2017

މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް

30 މާރިޗު 2017
މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް
08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
07 މާރިޗު 2017

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް
21 ފެބުރުއަރީ 2017

ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!

21 ފެބުރުއަރީ 2017
ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!
08 ފެބުރުއަރީ 2017

ވީއޭއެމްގެ މާކެޓިންގ އެންޑް ޕްރޮމޯޝަން ޑިރެކްޓަރަކަށް މުހައްމަދު ޝާފީ

08 ފެބުރުއަރީ 2017
ވީއޭއެމްގެ މާކެޓިންގ އެންޑް ޕްރޮމޯޝަން ޑިރެކްޓަރަކަށް މުހައްމަދު ޝާފީ
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް