Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރުޤްޔާގެ ނަމުގައި އަނިޔާކުރި މައްސަލަ

ރުޤްޔާގެ ނަމުގައި އަނިޔާކުރި މައްސަލަ ބަލާ ކޮމިޓީގެ ބައްދަލުވުން ސިއްރު

25 ނޮވެމްބަރު 2020 | ބުދަ 17:33

ސިއްރު ކުރުމަށް ހުށައެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 25 ނޮވެމްބަރު 2020 | ބުދަ 17:33
މި މައްސަލަ ބަލަމުން އަންނަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

މި މައްސަލަ ބަލަމުން އަންނަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ރުޤްޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ދެ ދަރިންނަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައާއި ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ 20:30 ގައި ބޭއްވި މި ބައްދަލުވުން ސިއްރު ކުރުމަށް ހުށައެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ. މެމްބަރު ވިދާޅުވީ މި މައްސަލައިގެ ނާޒުކު ކަމާއި އަދި މިއީ ކުޑަކުދިންނާއި ގުޅޭ މައްސަލަ އަކަށްވުމުން، ކަމާއި ގުޅުންހުރި އިދާރާތަކަށް ކޮމިޓީއަށް އެންމެ ފުރިހަމައަށް މައުލޫމާތު ދެވޭނީ ބައްދަލުވުން ސިއްރު ކުރުމުން ކަމަށެވެ.

ކަމާއި ގުޅުންހުރި އިދާރާތައް ހާޒިރު ކޮށްގެން މަޖިލީހުން ބަލަން ނިންމި މި މައްސަލައިގައި އަނިޔާގެ ޝިކާރައަކަށްވި އަންހެން މީހާއާއި އޭނާގެ ދަރިންނަށް އަނިޔާ ކުރުމުގައި ރުޤްޔާ ކުރާ މީހާގެ އިތުރުން، އޭނާ ފަހުން ކައިވެނިކުރި ފިރިމީހާވެސް ހިމެނޭ ކަމަށް ރާއްޖޭގެ މީޑިއާއެއް ކަމަށްވާ 'މިހާރު' އިން ރިޕޯޓުކޮށްފައިވެއެވެ.

އެގޮތުން ގޭގައި ބަންދުކޮށްގެން އެތައް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާއިރު، ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަންވެސް އަންހެން މީހާއާއި އޭނާގެ އާއިލާއާ ޙަވާލާދީ ރިޕޯޓްކޮށްފައިވެއެވެ. އޭގެ އިތުރުން، މި މައްސަލައިގައި ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.

މިހާރު ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން އެ އާއިލާ ބަންދުކޮށްގެން ގެންގުޅުނު ރަށުގެ ޕޮލިސް ސްޓޭޝަނުގެ ފުލުހަކު އެ މައްސަލައިގައި ފަރުވާކުޑަ ކޮށްފައިވާތީ އަތޮޅު ޕޮލިސް ސްޓޭޝަނުން މައްސަލަ ބަލައިދޭން އާއިލާއިން ހުށައަޅާފައިވެއެވެ. އެއާއެކު އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ގެންދަނީ އެ ތަނުން ކަމަށް އާއިލާއާ ޙަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް