ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 14:40
ކޮމިޝަނަރ އޮފް ޕޮލިސް ކަމުގެ މަޤާމަށް އަޙްމަދު ޢަރީފު ޢައްޔަނު ކުރެއްވުން
ކޮމިޝަނަރ އޮފް ޕޮލިސް ކަމުގެ މަޤާމަށް އަޙްމަދު ޢަރީފު ޢައްޔަނު ކުރެއްވުން
ރައީސް އޮފީސް
އޮޑިޓް ރިޕޯޓު -2017
ފުލުހުންގެ މުއައްސަސާގެ ބޮޑު ކޮރަޕްޝަން: 2017 ވަނަ އަހަރު ކެއުމަށް އުސޫލުން ބޭރުން 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ!
މި ހުރިހާ މަސައްކަތެއް ހަވާލުކޮށްފައިވަނީ، އުސޫލުން ބޭރުން އެކަށީގެންވާ އަގަށް ވުރެ ބޮޑު އަގުގަ
ކޭޓަރިންގ ގެ ޚިދުމަތް ދިނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ޚިލާފަށް
ކެއުމުގެ ކަންކަން ހަވާލުކޮށްފައިވަނީ ޕޮލްކޯކޭޓްރިންގ ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި
އެ ކުންފުންޏަކީ ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީއާއި މޭނާ ޕްރައިވެޓް ލިމިޓެޑް ކިޔާ އަމިއްލަ ކުންފުންޏެއް ގުޅިގެން އުފެއްދި ކުންފުންޏެއް

2017 ވަނަ އަހަރު ފުލުހުންގެ ކެއުމަށް އުސޫލުން ބޭރުން 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ 2017 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޯޑިޓް ރިޕޯޓު އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ވަނީ ޓެންޑަރ ބޯޑަށް ހުށަނާޅާ ހަވާލުކޮށްފައެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (2009) ގެ 8.25 ވަނަ މާއްދާގެ (ހ) ގައި މަސައްކަތުގެ އަގު (ތަކެތީގެ އަގާއިއެކު) -/1,500,000 ރުފިޔާއިން ފެށިގެން މަތީގެ މަސައްކަތްތައް ޙަވާލުކުރާނެ ފަރާތެއް ހޯދާނީ، އެ މަސައްކަތަކާބެހޭ ކުރެހުންތަކާއި ތަފުޞީލުތައް، ޓެންޑަރއިވެލުއޭޝަން ބޯޑަށް ހުށަހަޅައިގެން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (20-R/2017) ގެ 10.09ގެ (ނ) ގައި ޕްރޮކިއުމަންޓުގެ އަގު 2,500,000 (ދެ މިލިއަން ފަސް ސަތޭކަ ހާސް) ރުފިޔާ އަށް ވުރެ ބޮޑުނަމަ، އެ ކަމެއް ކުރުމަށް ހުއްދަދޭނީ ނެޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެން އެބޯޑުގެ ނިންމުމާއި އެއްގޮތަށް ކަމުގައި ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސަސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިސްވެ ބަޔާންކުރެވުނު ގަވާއިދާ ޚިލާފަށް، ޖުމުލަ93,701,885 (ނުވަދިހަ ތިން މިލިއަން ހަތް ސަތޭކަ އެއް ހާސް އަށް ސަތޭކަ އަށްޑިހަ ފަހެއް) ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރުވާފައިވާކަން އޮޑިޓް ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ.

މޯލްޑިވިސް ޕޮލިސް ސާރވިސްއިން ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަނާޅައި ހަވާލުކޮށްފައިވާ މަސައްކަތްތައް

މޯލްޑިވިސް ޕޮލިސް ސާރވިސްއިން، ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަަނާޅައި ޖުމްލަ 82،410،905 (އަށްޑިހަ ދެ މިލިއަން ހަތަރު ސަތޭކަ ދިހަހާސް ނުވަ ސަތޭކަ ފަހެއް) ރުފިޔާގެ މަސައްކަތް ވަނީ ހަވާލުކޮށްފަ އެވެ. އޭގެ ތެރެއިން 73،848،178 (ހަތްދިހަ ތިން މިލިއަން އަށްލައްކަ ސާޅީސް އަށްހާސް ސަތޭކަ ހަތްދިހަ އަށެއް) ރުފިޔާ ވަނީ އުސޫލުން ބޭރުން ކެއުމަށް ހަރަދުކޮށްފަ އެވެ. އެގޮތުން، ކ.ތުލުސްދޫ ފުލުހުންގެ ކެއުމުގެ ހަރަދަށް 2.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ފުވައްމަލަކު ފުލުހުންގެ ކެއުމަށް 4.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ފެންނަން އެބައޮތެވެ. މީގެ އިތުރުން، މާލެ ސަރަހައްދުގެ ފުލުހުންގެ ކެއުމަށް 66.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން ވަނީ ހާމަވެފަ އެވެ.

ނޭޝަނަލް ޓެންޑަރ ބޯޑުގެ ހުއްދައާއި ނުލައި ކޮށްފައިވާ ހަރަދުތައް:

  • ލެބޯޓްރީއަށް ބޭނުންވާ ސާމާނުގަތުމަށް: 6،845،527 (ހަ މިލިއަން އަށްލައްކަ ސާޅީސް ފަސްހާސް ފައްސަތޭކަ ހަތާވީސް)
  • ދޫނިދޫ ކުނި ނައްތާލުމުގެ މަސައްކަތައް 1،717،200 (އެއް މިލިއަން ހަތްލައްކަ ސަތާރަހާސް ދުއިސައްތަ)
  • ފުލުހުންގެ ކެއުމުގެ ހަރަދު - ކ.ތުލުސްދޫ 2،984،832 (ދެ މިލިއަން ނުވަލައްކަ އަށްޑިހަ ހަތަރުހާސް އަށްސަތޭކަ ތިރީސް ދޭއް)
  • ފުލުހުންގެ ކެއުމުގެ ހަރަދު - ފުވައްމުލަކު 4،386،096 (ހަތަރު މިލިއަން ތިންލައްކަ އަށްޑިހަ ހަ ހާސް ނުވަދިހަ ހަޔެއް)
  • ފުލުހުންގެ ކެއުމުގެ ހަރަދު - މާލެ ސަރަހައްދު 66،477،250 (ފަސްދޮޅަސް ހަމިލިއަން ހަތަރުލައްކަ ހަތްދިހަ ހަތްހާސް ދުއިސައްތަ ފަންސާސް)

މި ހުރިހާ މަސައްކަތެއް ހަވާލުކޮށްފައިވަނީ، އުސޫލުން ބޭރުން އެކަށީގެންވާ އަގަށް ވުރެ ބޮޑު އަގުގައެވެ. މާލެ އާއި މާލެ އޭރިޔާގެ ބައެއް ތަންތަނުގައި ތިބޭ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނާއި އެ ސަރވިސްގެ ބެލުމުގެދަށުގައި ތިބޭ މީހުންގެ ކެއުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި، ކޭޓަރިންގ ގެ ޚިދުމަތް ދިނުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ޚިލާފަށް، ޕޮލިސް ވެލްފެއަރ ކޯފަރޭޝަން އާއި އަމިއްލަ ފަރާތަކާއި ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެއް ކަމުގައިވާ ޕޮލްކޯކޭޓްރިންގ ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ވަނީ ފާހަގަވެފަ އެވެ.

ރާއްޖެއެމްވީއިން އިތުރަށް ބެލި ބެލުމުންޖޮއިންޓް ވެންޗަރ ކުންފުނި އުފައްދާފައިވަނީ، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީއާއި މޭނާ ޕްރައިވެޓް ލިމިޓެޑް ކިޔާ އަމިއްލަ ކުންފުންޏެއް ގުޅިގެންކަން ވަނީ އެނގިފައެވެ.

އަދި މި މަސައްކަތްތައް ޕޮލްކޯ ކޭޓަރިންގ ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޚާއްސަ ހުއްދަ ހޯދާފައިވާކަން ވެސް އޮޑީޓް ރިޕޯޓުން ހާމަވެއެވެ. އަދި ޚާއްސަ ހުއްދަ ހޯދުމަށް އެދި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވާފައިވާ ސިޓީތަކުގައި، މާލެ އޭރިޔާގައި ހުރި ފުލުހުންގެ މެސްރޫމްތައް، އޭރު ޚިދުމަތް ލިބެމުންއައި އަގަށް ނުވަތަ އެއަށްވުރެ "ހެޔޮ" އަގެއްގައި ޕޮލްކޯ ކޭޓަރިންގ ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިއަށްގެންދަން ފުލުހުންގެ ޕޮލިސީ ލެވެލްގައި ނިންމާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލަައި މި މަސައްކަތްތައް ޕޮލްކޯ ކޭޓަރިންގ ސަރވިސަސް އާ ޙަވާލުކޮށްފައިވަނީ ކުރިން ޚިދުމަތް ހޯދަމުންއައި އަގަށްވުރެ ބޮޑު އަގުގައިކަން އޮޑިޓް ރިޕޯޓުން ހާމަވެއެވެ.

ރައީސް ޔާމީންގެ ދައުރުގައި ފުލުހުންގެ މުއައްސަސާތަކަށް ވެސް ގިނަ ބަދަލުތަކެއް އައެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި, އެމަނިކުފާނު ދައުރު ފެއްޓެވިއިރު ހުންނެވީ ސީޕީ، ހުސައިން ވަހީދެވެ. މަގާމުގައި 19 ނޮވެމްބަރު 2013ން 23 އޮކްޓޯބަރ 2015އާއި ހަމަޔަށް ހުރިއިރު 23 އޮކްޓޯބަރުން ފެށިގެން 2 ފެބްރުއަރީ 2018ށް މަގާމުގައި ހުންނެވީ އަޙްމަދު އަރީފްއެވެ. އަދި، 2 ފެބްރުއަރީން ފެށިގެން 1 އޮކްޓޯބަރަށް އެއިރުގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ނަވާޒް ވަނީ އެކްޓިންގް ކޮމިޝަނަރގެ މަގާމު ފުރުއްވާފައެވެ. ރަސްމީ ގޮތުން، ނަވާޒްއާއި ކޮމިޝަނަރުގެ މަގާމު ހަވާލުކޮށްފައިނުވާއިރު އިންތިހާބުގެ ދުވަސްވަރާއި ޓްރާންސިޝަނަލް ޕީރިއަޑްގައި ރައީސް ޔާމީންވަނީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އެހެން ބޭފުޅަކު އައްޔަނުކުރައްވާފައެވެ. އެއީ، 1 އޮކްޓޯބަރުން ފެށިގެން 12- ޑިސެމްބަރު -2018އާއި ހަމަޔަށެވެ.

މިހާ ގިނަ ބަދަލުތައް ގެންނެވި އިރު، އުސޫލުން ބޭރުން ބޮޑެތި ހަރަދުކޮށްފައިވަނީ 23 އޮކްޓޯބަރުން ފެށިގެން 2 ފެބްރުއަރީ 2018ށް މަގާމުގައި ހުންނެވީ އަޙްމަދު އަރީފް ފުލުހުންގެ މުއައްސަސާ ހިންގަވަނިކޮށެވެ. އަދި، ފިނޭންސުން އެޕްރޫވަލް ދީފައިވާއިރު އެއިރު ފިނޭންސް މިނިސްޓަރަކަށް ހުންނެވީ އަހުމަދު މުނައްވަރެވެ.

- ކޮމެންޓް
27 ނޮވެންބަރ 2020 | ހުކުރު 18:43
މިސަރުކާރުން ކުރާ ވައްކަމާ ކޮރަޕްޝަންގެ ހުތުރު އަމަލު ހިންގި އެއްވެސް ސަރުކާރެއް އަދި މިހައިތަނަށް އެއްވެސް ޒަމާނެއްގައި އައިސްފައި ނުވާކަމަށް ދުވަސްވީ ބޭފުޅުން ބުނާތީ އިވޭ.
27 ނޮވެންބަރ 2020 | ހުކުރު 17:11
އެކަމް
ކާންދޭން ޖެހޭތަ؟ ތިތާ ކޯޕަރޭޓިވް ސޮސައިޓީއަކީ އެންމެ ބޮޑު ލީކޭޖް
26 ނޮވެންބަރ 2020 | ބުރާސްފަތި 19:22
ސުންދުސީ
އެއްކަމެއްވެސް ނުވާނެ. ފުލުހުން ކުންފުނި ހަދުވަނީ އެކި ސަރުކާރުތަކުން އެތަނުގެ އިސްވެރިން ގަންނަން. ފުލުހުންގެ މުއައްސަސާ އަށް ވެހިކަލް ގަންނަނީ ވެސް އުފެއްދި ފަހުން 10 އަހަރު ވެ ބާވެ ރާއްޖެއަތެރެކުރަން ހުއްދަ ނުކުރާ އެއްޗެހި، ބްރޭންޑް ނިއުއަށް ވުރެ އަގުބޮޑުކޮށް ޕޮލްކޯއިން. މުވައްޒަފުންނަށް ރޯދަ އެލަ ަންސޭ ކިޔާފައި ލާރިގަނޑު ކާލަފަވެއްޖެ، ތިވައްކަންތަކަކީ މަޖުލީހުން ހާއްސަކޮމެޓީއެއް ނަގައިގެން ބަލަންޖެހޭ ކަމެއް. ތިޔަ ޕޮލްކޯ ގެ އިސް ވެރިންގެ އެކައުންތަކާއި އެމީހުންގެ ދިރިއުޅުން ބަލައިޔަސް އެނގޭނެ. ތިަޔއީ ޕޮލިހުންގެ އިސް ވަކި ބަޔަކު ކޮންޓްރޯލް ކޮށްގެން ހިންގާ އެމްއެމްޕީއާސީއެއް
26 ނޮވެންބަރ 2020 | ބުރާސްފަތި 08:14
ދައްތާ
އަރީފްގެ ފޮޓޯ ޖަހާފަ މި ޚަ ބަރު މި ގެނައީ ކީއްވެގެން ބާ؟
26 ނޮވެންބަރ 2020 | ބުރާސްފަތި 03:01
އަހުމަދު....ޖ
މޭނާ އަލި ބެ އާާ ޕޮލިސް.. 73 މިލިޔަން ރުފިޔާ... ކޮބ ބާ މަނިކުފާނުގެ 8 ފޮށި...
25 ނޮވެންބަރ 2020 | ބުދަ 14:53
ޙަދީ
ތިކަހަލަ ކޮރަޕްޝަން ހުއްޓުވޭނީ ކެއުންލާރި އަތައްދީގެން