Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސިންތެޓިކް ޓްރެކް އެޅުން

ފުވައްމުލަކާއި އައްޑޫގައި ސިންތެޓިކް ޓްރެކް އަޅަނީ

ފުވައްމުލަކާއި އައްޑޫގައި ސިންތެޓިކް ޓްރެކް އެޅުމަށް މި އަހަރުވެސް މަސައްކަތް ކުރި

އަތޫފް އާތިފް
އަތޫފް އާތިފް | 22 ނޮވެމްބަރު 2020 | އާދީއްތަ 12:06
މީގެ ކުރިން އައްޑޫގައި ބޭއްވި އައްޑޫ މެރެތަންގެ ތެރެއިން

މީގެ ކުރިން އައްޑޫގައި ބޭއްވި އައްޑޫ މެރެތަންގެ ތެރެއިން

ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގައި އަންނަ އަހަރު ސިންތެޓިކް ޓްރެކް އެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ ފުވައްމުލަކާއި އައްޑޫގައި ސިންތެޓިކް ޓްރެކް އެޅުމަށް މި އަހަރު މަސައްކަތް ކުރެއްވި ކަމަށާއި، އެކަމަކު ކޮވިޑް-19 ގެ ސަބަބުން އެ މަސައްކަތް ހުއްޓުނު ކަމަށެވެ. އެހެންނަމަވެސް އަންނަ އަހަރުގެ ތެރޭގައި އެ ދެ ސިޓީގައި ސިންތެޓިކް ޓްރެކެއް އެޅިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މަޙްލޫފް އިތުރަށް ވިދާޅުވީ ފުވައްމުލަކާއި އައްޑޫ އަކީ ގިނަ އެތުލީޓުންތަކެއް އުފެދިފައިވާ ދެ ރަށް ކަމަށާއި، އަދި މި ދެ ރަށުގައިވެސް އެތުލެޓިކްސްގެ ބޮޑެތި މުބާރާތްތަކެއް ބާއްވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެ ދެ ރަށުގެ އެތުލީޓުންނަށް ސިންތެޓިކް ޓްރެކުގެ ސަބަބުން ގިނަ ފައިދާތަކެއް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފުވައްމުލަކާއި އައްޑޫގައި ސިންތެޓިކް ޓްރެކް އަޅަން ނިންމިއިރު، މީގެ ކުރިން އެ ދެ ސިޓީގައި ވަނީ އެތުލެޓިކްސްގެ ގިނަ މުބާރާތަތްތަކެއް ބާއްވާފައެވެ. އެގޮތުން ރާއްޖޭގެ ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުމާ ދިމާކޮށް 2018 ވަނަ އަހަރު ބޭއްވި "ޖުމްހޫރީ 50 ގްރޯން ޕްރީ" އެތުލެޓިކްސް މުބާރާތް ބޭއްވީ އައްޑޫގައެވެ. މީގެ އިތުރުން އެ ދެ ސިޓީއަށް ނިސްބަތްވާ ގިނަ އެތުލީޓުންތަކެއް މިހާރުގެ ގައުމީ އެތުލެޓިކްސް ޓީމުގައިވެސް ހިމެނެއެވެ.

ފުވައްމުލަކާއި އައްޑޫގައި ސިންތެޓިކް ޓްރެކް އެޅުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު، މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މާލޭގައި ގިނަ ބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް، 24 އަހަރަށްފަހު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. އޭގެ ފަހުން އާރްކޭއެލް ކުންފުނީގެ ސީއެސްއާރް މަޝްރޫއުގެ ދަށުން ޓްރެކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ކުރިއިރު، ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އިން މިހާރު އަންނަނީ އެ ޓްރެކުގައި ސިންތެޓިކް އަޅަމުންނެވެ.

އިތުރަށް ކިޔާލަން

27 ޖޫން 2017

މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ

27 ޖޫން 2017
މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި: ބާސާ
26 ޖޫން 2017

ބަލަޓޮލީ ނީސް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި

26 ޖޫން 2017
ބަލަޓޮލީ ނީސް އާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި
12 ޖޫން 2017

ރެއާލް މެޑްރިޑާއިއެކު އިސްކޯ ހަފާދައިވާ ކޮންޓްރެކްޓް އާކުރަނީ

12 ޖޫން 2017
ރެއާލް މެޑްރިޑާއިއެކު އިސްކޯ ހަފާދައިވާ ކޮންޓްރެކްޓް އާކުރަނީ
10 ޖޫން 2017

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ
12 މެއި 2017

މުސާރަ ބޮޑުކޮށް ކޮންޓޭއަށް އާ ކޮންޓްރެކްޓެއް

12 މެއި 2017
މުސާރަ ބޮޑުކޮށް ކޮންޓޭއަށް އާ ކޮންޓްރެކްޓެއް
07 އެޕްރީލު 2017

ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

07 އެޕްރީލު 2017
ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި
26 މާރިޗު 2017

ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި

26 މާރިޗު 2017
ލިންގާޑްގެ ކޮންޓްރެކްޓަރ ވާހަކަތައް ފަށައިފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު