Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ބުރުގައިވެސް އަށް ޓީމު ކުޅޭނެ

21 ނޮވެމްބަރު 2020 | ހޮނިހިރު 10:47

މި ފަހަރުގެ ލީގުގައި ވާދަކުރާނީ މާލޭގެ އަށް ޓީމު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 ނޮވެމްބަރު 2020 | ހޮނިހިރު 10:47
މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން

މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން

ކުރިއަށް އޮތް ސީޒަނުގެ ދިރާގު ދިވެހިޕްރިމިއާ ލީގުގެ ތިންވަނަ ބުރުގައިވެސް އަށް ޓީމު ކުޅޭނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.

މި ފަހަރުގެ ލީގުގައި ވާދަކުރާ މާލޭގެ އަށް ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކުލަބު، ކުލަބު އީގަލްސް، ކުލަބު ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު، ޔުނައިޓެޑް ވިކްޓަރީ، ކުލަބު ވެލެންސިއާ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުން އަތޮޅުތަކަށް ދެމުން އައި ޖާގަ މި ވަގުތަށް ވަނީ މަޑުޖައްސާލާފައެވެ. އެފްއޭއެމުން އެގޮތަށް ނިންމީ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބެމުންދަނީ އަބަދުވެސް އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕަށް ޓީމަށް ކަމަށްވުމާއެކު، ކޮވިޑް-19 ގެ ސަބަބުން މިދިޔަ ސީޒަނުގައި އަތޮޅު ފުޓްބޯޅަ މުބާރާތް ބޭއްވިފައިނުވާއިރު، އަތޮޅުތަކުން އައިސް މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ކުޅުނު ޓީމުތަކަށް އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ދިނުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެތީއެވެ.

މިދިޔަ ސީޒަނުގެ ލީގު ރާވާފައި އޮތީ ފުރަތަމަ ދެ ބުރުގައި ނުވަ ޓީމު ކުޅުމަށްފަހު، ތިންވަނަ ބުރުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ އަށް ޓީމު ކުޅޭ ގޮތަށެވެ. އެކަމަކު ގައުމީ ފުޓްބޯޅަ ޓީމަށް ވަގުތު ދިނުމަށާއި ސިޒާން ދިގުލައިގެންދާނެތީ މިދިޔަ ސީޒަނުގެ ތިންވަނަ ބުރުގައި ކުޅެފައިވަނީ އެންމެ ގިނަ ޕޮއިންޓް ހޯދި ހަ ޓީމެވެ.

ރާއްޖޭގެ އޮންލައިން ނޫސް "މިހާރު" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމުގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުގެ ހެޑް އިސްމާޢީލް ރިޔާޒް ވިދާޅުވީ މިހާރު ރާވާފައިވަނީ ލީގުގެ އަށް ޓީމުވެސް ތިން ބުރުގައި ކުޅޭ ގޮތަށް ކަމަށެވެ. އަދި ލީގަށްފަހު މި ސީޒަނުގައި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކުރިއަށްގެންދާ ގޮތަށް ނިންމާފައިވާ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

ކުރިއަށް އޮތް ސީޒަނުގައި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުވެސް ކުޅެން ނިންމާފައިވާއިރު، މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ވަނީ ކޮވިޑް-19 އާ ގުޅިގެން ކުއާޓާފައިނަލް މެޗުތައް ކުޅުމަށްފަހު ކެންސަލް ކޮށްފައެވެ. އަދި މިދިޔަ ސީޒަނުގައި ޕްރެޒިޑެންޓްސް ކަޕް ވަނީ ނުކުޅެ ކެންސަލް ކޮށްފައެވެ.

މި އަހަރުގެ ސީޒަން ފަށަން އެފްއޭއެމުން އެންމެ ފުރަތަމަ މަސައްކަތްކުރީ ޖޫން މަހު އެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން ސީޒަން ފެށުން ލަސްވިއިރު، އެފްއޭ ޗެރިޓީ ޝީލްޑް މެޗުން ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު ފެށުމަށް އެފްއޭއެމުން ވަނީ ތާވަލުކޮށްފައެވެ. އަދި އޭގެ ފަހުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ފެށުމަށްވެސް އެފްއޭއެމުން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް