Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ތުހުމަތު ކުރެވޭ މީހުން ހޯދަން އިއުލާން ކުރުން

ޖެނެރަލް އިންވެސްޓިގޭޝަނުންނާއި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ދެމައްސަލައަކާ ގުޅިގެން ބަޔަކު ހޯދަނީ

އެއް ވީޑިއޯއިން ފެންނަނީ މީހަކު ފިހާރައެއް ކަހަލަތަނެއްގެ ދިފަތަށް ގާބުރިއެއް އެއްލައި ފަޅާފާ މަންޒަރު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2020 | ހޮނިހިރު 12:47
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ހޯދަމުންދާ ދެމީހުންގެ ފޮޓޯއެއް

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ހޯދަމުންދާ ދެމީހުންގެ ފޮޓޯއެއް

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުންނާއި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ތަފާތު ދެ މައްސަލައަކާ ގުޅިގެން އެކަމުގައި ޝަމިލްވާ މީހުން ހޯދުމަށް ވީޑިއޯ އާންމު ކޮށްފި އެވެ.

ފުލުހުން ވަނީ، ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މުދަލަށް ގެއްލުންދިނުމުގެ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ، އަދި ހޯދިފައިނުވާ މީހާގެ ވީޑިއޯ ފޫޓޭޖް އާންމުކޮށްފަ އެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ، މުދަލަށް ގެއްލުންދިނުމުގެ މިމައްސަލާގައި ހޯދަމުންދާ އެމީހާއާބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

އެވީޑިއޯއިން ފެންނަ ގޮތުގައި، މީހަކު ވަނީ މަގުމަތީ އަތުރާފައި ހުންނަ ގާބުރިއެއް ބިއްލޫރި ދޮރުފަތެއް ހުރި ފިހާރައެއް ކަމަށްބެލެވޭ ތަނެއްގެ އެތެރެއަށް އެއްލުމަށްފަހު، އެތަނުން ގޮސްފަ އެވެ.

ދެވަނަ މައްސަލާގައި ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ، ފުލުހުންގެ ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ނެވެ. އަދި އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުންގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މިވީޑިއޯއިން ފެންނަނީ، ދެ މީހަކު ފިހާރައެއް ކަހަލަ ތަނަކަށް ވަނުމަށްފަހު ނިކުންނަ މަންޒަރެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މިފަދަ މައްސަލަތަކުގައި ކާކުކަން ދެނެ ނުގަނެވޭ މީހުން، ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ވީޑިއޯ ފޫޓޭޖް އާންމުކޮށް، އާންމުންގެ އެހީތެރިކަމަށް އެދެމުން ދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ

އިކޮނޮމިކް މިނިސްޓްރީގައި ހުރި 9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސައްޙަ ކަމާމެދު ސުވާލު އުފެދިއްޖެ

16 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި

28 ފެބުރުއަރީ 2017
ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި

ކްރައިމް ޕްރިވެންޝަން ކެމްޕެއިން ލޯންޗްކޮށްފި

27 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު