Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފައިޒަރ އަދި ބައޯންޓެކް ކޮވިޑް ވެކްސިން

ފައިޒަރގެ ވެކްސިން އަންނަ މަހު އާންމުންނަށް ދެވެން ފެށޭނެ ކަމުގެ އުންމީދު

އިނގިރޭސިވިލާތުގެ މިނިސްޓަރުން ވަނީ އެމްއެޗްއާރްއޭ ގައި ފައިޒަރ އަދި ބައޯންޓެކްގެ ވެކްސިންއަށް ހުއްދަ ދިނުމަށް ރަސްމީކޮށް އެދިފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 21 ނޮވެމްބަރު 2020 | ހޮނިހިރު 09:15
ފައިޒަރ އަދި ބައޯންޓެކްގެ ވެކްސިން 95 އިންސައްތަ ރައްކާތެރިކަމަށް ދައްކައި

ފައިޒަރ އަދި ބައޯންޓެކްގެ ވެކްސިން 95 އިންސައްތަ ރައްކާތެރިކަމަށް ދައްކައި

އެމެރިކާގެ ފައިޒަރ ކުންފުނި އަދި ޖަރުމަނުގެ ބައޯންޓެކް ކުންފުނި ގުޅިގެން ތައްޔާރުކުރި ކޮވިޑް-19 ވެކްސިން، އަންނަ މަހު އާންމުންނަށް ދޭން ފެށޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ، މެޓް ހެންކޮކް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ހުކުރު ދުވަހު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހެންކޮކް ވަނީ އިނގިރޭސިވިލާތުގައި ބޭނުން ކުރާނެ ކޮވިޑް ވެކްސިނަށް ހުއްދަ ހޯދުމުގެ މަސައްކަތް ސަރުކާރުން ވަނީ މިހާރު ފުރަތަމަ ފިޔަވަޅު އަޅާފައި ކަމަށާއި ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު ފައިޒަރ އަދި ބައޯންޓެކްގެ ވެކްސިންއަށް ހުއްދަ ލިބިއްޖެ ނަމަ ޑިސެމްބަރ މަހު އާންމުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވެފައެވެ.

ސްކައި ނިއުސްގައި ރިޕޯޓްކޮށްފައިވާ ގޮތުން، އިނގިރޭސިވިލާތުގެ މިނިސްޓަރުން ވަނީ އެ ގައުމުގެ މެޑިސިންސް އެންޑް ހެލްތު ކެއަަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ (އެމްއެޗްއާރްއޭ) ގައި ފައިޒަރ އަދި ބައޯންޓެކްގެ ވެކްސިންއަށް ހުއްދަ ދިނުމަށް ރަސްމީކޮށް އެދިވަޑައިގަންނަވާފައެވެ.

އެގޮތުން އެ ކުންފުނިތަކުން މިހާރު އެމްއެޗްއާރްއޭ އަށް ޑޭޓާތައް ހުށައެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހަންކޮކް ފާހަގަ ކުރައްވާފައިވާއިރު، މިއީ މި ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް އެޅިގެންދާ މުހިންމު އަދި ބޮޑު ފިޔަވަޅެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހެންކޮކް ވަނީ ވެކްސިންއަށް ހުއްދަ ދެވުމާއި އެކު، އިނގިރޭސިވިލާތުގެ އެންއެޗްއެސް މެދުވެރިކޮށް، ހުރިހާ ފަރާތްތަކަކަށް ވެކްސިން ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވެކްސިން ފޯރުކޮށްދިނުމުގައި އިސްކަންދޭނީ ފައިސާ ދެއްކުމުގެ ގާބިލިއްޔަތުކަން ހުރި ނެތް މިންވަރަކަށް ނޫން ކަމަށާއި އިސްކަންދޭނީ ވައިރަހުގެ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ކަމަށް ހެންކޮކް ވިދާޅުވިއެވެ. މިހާރުގެ މިސްރާބު ރަނގަޅު ކަން ފާހަގަކޮށް ހެންކޮކް ވިދާޅުވީ، އެހެން ނަމަވެސް ވައިރަސް ކޮންޓްރޯލް ކުރުމަށް އަދިވެސް ވަރަށް ގިނަ ކަންތައްތައް ކުރަން ޖެހޭނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ މިހެން ވިދާޅުވެފައި މި ވަނީ ފައިޒަރ އަދި ބައޯންޓެކް އިން ވެކްސިންގެ ހުއްދައަށް އެދި އެމެރިކާގެ ހެލްތު ރެގިއުލޭޓަރުންނަށް ހުށައަޅާފައި ވަނިކޮށެވެ. މި ވެކްސިންގެ އެންމެ ފަހުގެ ޓެސްޓުތަކުގެ ނަތީޖާތައް ދައްކާގޮތުން، މިއީ 95 އިންސައްތަ ރައްކާތެރި ވެކްސިނެކެވެ.

އިތުރަށް ކިޔާލަން

28 ޖުލައި 2017

މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް

28 ޖުލައި 2017
މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް
03 ޖޫން 2017

މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

03 ޖޫން 2017
މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި
26 މެއި 2017

ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި

26 މެއި 2017
ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި
26 މެއި 2017

މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ

26 މެއި 2017
މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ
15 މެއި 2017

ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!

15 މެއި 2017
ރޯދަމަހު ދުވާލު ކެއުން މަނާކުރާ ބިލަށް ބޭނަޒީރު ބުއްޓޫގެ ދަރިކަނބަލުން ދެކޮޅު!
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
20 މާރިޗު 2017

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު