Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޮނުޒިޔާރަތް ޕާކް

ލޮނުޒިޔާރަތް ޕާކަށް 12000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި

20 ނޮވެމްބަރު 2020 | ހުކުރު 12:55

ޕާކު ހުޅުވީ 12 ނޮވެމްބަރު ގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 20 ނޮވެމްބަރު 2020 | ހުކުރު 12:55
ލޮނުޒިޔާރަތް ޕާކް

ލޮނުޒިޔާރަތް ޕާކް

ލޮނުޒިޔާރަތް ޕާކަށް މިހާތަނަށް 12000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މިހިނގާ ނޮވެމްބަރު މަހުގެ 12 ގައި ލޮނުޒިޔާރަތް ޕާކް ހުޅުވިފަހުން މިހާތަނަށް 12773 މީހުން ޕާކަށް ވަދެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ސިޓީ ކައުންސިލުން ވަނީ ޕާކް ހުޅުވާނެ ގަޑިތަކުގެ އިތުރުން ޕާކަށް ވަދެ ނިކުމެ އުޅުމުގައި އަމަލުކުރަން ޖެހޭ އުސޫލެއް އެކުލަވާލައި އާއްމުކޮށްފަ އެވެ.

ޕާކް ހުޅުވާފައި ހުންނާނީ ފަތިހު 4:30 އިން ހެނދުނު 9:30 އަށް އަދި ހަވީރު 4:30 އިން ރޭގަނޑު 9:30 އަށެވެ. ޕާކް ތެރޭގައި އުޅޭ ހުރިހާ ވަގުތެއްގައި ވެސް، ނޭފަތާއި އަނގަ ނިވާވާ ގޮތަށް މާސްކް އަޅައިގެން ތިބެން ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކުން ޕާކް ތެރޭގައި އުޅޭއިރު، އެކަކު އަނެކަކާ ދެމެދު 3 ފޫޓު ދުރުމިން ބެހެއްޓުމަށާއި، ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރި މީހެއްނަމަ ޕާކަށް ޒިޔާރާތް ނުކުރުމަށް ކައުންސިލުގެ އުސޫލުގައި ވަނީ ބުނެފަ އެވެ.

ޕާކް ތެރެއަށް އެއްވެސް ބާވަތެއްގެ ކާބޯތަކެތި ވައްދައި ކައިބޮއި ހެދުމަކީ މަނާކަމެކެވެ. އަދި އެ ޕާކް ތެރޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުން ކުރުން މަނާކޮށްފައިވާއިރު ޕާކު ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީވެސް މަނާ ކަމެކެވެ.

ޕާކަށް ވަނުމުގެ ކުރިން އަދި ޕާކުން ނުކުތުމުގެ ކުރިން އަތްދަބަސް ޗެކް ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި ތޫނު ތަކެތި ނުވަތަ އެއްވެސް ބާވަތެއްގެ ހަތިޔާރެއް ޕާކު ތެރެއަށް ވެއްދުމަކީ މަނާކަމެކެވެ.

ލޮނުޒިޔާރަތް ޕާކަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން ވައުދެކެވެ. "ލޮނުޒިޔާރަތް ޕާކް" އަކީ ގިނަ އަދަދެއްގެ ގަސްތައް އިންދައިގެން ތަރައްގީ ކޮށްފައިވާ ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު ބަގީޗާ އެވެ.

ލޮނު ޒިޔާރަތްކޮޅުގައި ޕާކެއް ގާއިމު ކުރުމުގެ މަސައްކަތް ފެށީ، މާލެ-ހުޅުމާލެ ބްރިޖްގެ މަސައްކަތް ނިމި، ހުޅުވި ފަހުންނެވެ. ބްރިޖްގެ މަސައްކަތް ކުރިއަށް ދިއައިރު، އެތަނަކީ، ކޮންޓްސްޓްރަކްޝަން ސައިޓެކެވެ. އެތަން ޕާކެއްގެ ގޮތަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ މިދިއަ އަހަރުން ފެށިގެންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް