Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިންޑިއާގެ ހާލަތު

ދިވާލީއަށް ފަހު އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރުވެދާނެ ކަމުގެ ބިރު ހީވެއްޖެ

ނިއު ދިއްލީގެ އޮފިޝަލުން ބުނާ ގޮތުން އެމީހުން އަންނަނީ ހޮސްޕިޓަލުތަކާއި އައިސީޔޫގައި އެނދު އިތުރުކުރުމަށް މަސައްކަތް ކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ނޮވެމްބަރު 2020 | ހުކުރު 03:01
ދިއްލީގައި ސިއްހީ މަސައްކަތްތެރިން ކޮވިޑް-19 އަށް ސާމްޕަލް ނެގުމުގެ މަސައްކަތްކުރަނީ

ދިއްލީގައި ސިއްހީ މަސައްކަތްތެރިން ކޮވިޑް-19 އަށް ސާމްޕަލް ނެގުމުގެ މަސައްކަތްކުރަނީ

އިންޑިއާގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލަށް ފަހު އެ ގައުމުގައި މިހާރުވެސް ހަލުވިކަމާއެކު ފެތުރުމުން އަންނަ ކޮވިޑް-19 އިތުރަށް ފެތުރިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

ކޭސްތައް އިތުރުވެދާނެ ކަމުގެ ބިރު ހީވުމާއެކު އިންޑިޔާގެ ވެރިކަންކުރާ ސިޓީ، ނިއު ދިއްލީގެ އޮފިޝަލުން ބުނާ ގޮތުން އެ މީހުން އަންނަނީ ހޮސްޕިޓަލުތަކާއި އައިސީޔޫގައި އެނދު އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ނިއު ދިއްލީގެ ޗީފް މިނިސްޓަރ އަރްވިންދް ކެޖްރިވަލް ވިދާޅުވީ އެ ސިޓީގެ މާރުކޭޓްތައް ބަންދު ކުރުމުގެ ހުއްދައަށް މައި ސަރުކާރުގައި އެދިފައިވާ ކަމަށެވެ. އެތަންތަނަކީ އެންމެ ބޮޑަށް ވައިރަސް ފެތުރޭނެ ކަމަށް ބެލެވިފައިވާ ތަންތަނެވެ. އަދި މާސްކު ނާޅާ އުޅޭ މީހުން ޖޫރިމަނާ ކުރާ އަދަދު 500 ރުޕީސްއިން 2000 ރުޕީސް (26.95 ޑޮލަރު) އަށް ބޮޑުކޮށްފައެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ނިސްބަތްވެވަޑައިގަންނަވާ ގުޖުރާތަށް ބަލާއިރު އެ ސްޓޭޓުން ވަނީ 192،000 މީހުންނަށް މިހާތަނަށް އައިއިރު ވައިރަސް ޖެހިފައެވެ. ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ހުކުރު ދުވަހުން ފެށިގެން އަހްމަދުއާބާދްގައި ރޭގަނޑު ކާފިއު ހިންގުމަށް މިހާރު ވަނީ ނިންމާފައެވެ.

އަހްމަދުއާބާދްގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލެއް ކަމުގައިވާ ރާޖިވް ކުމާރް ގުޕްތާ ވިދާޅުވީ ކާފިއު ހިންގާނީ ރޭގަނޑު 9 އިން ފެށިގެން ފަތިހު 6 ޖެހުމާ ހަމައަށް ކަމަށެވެ. އަދި ވަކި މުއްދަތެއް ނެތްގޮތަށް ކާފިއު ހިންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު އިންޑިއާގައި ވަނީ 45،576 މީހުންނަށް ކޮވިޑް-19 ޖެހިފައެވެ. މިއާއެކު މިހާތަނަށް އެ ގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 8.96 މިލިއަން މީހުންނަށް އަރާފައެވެ. އަދި ވައިރަސް ޖެހިގެން މަރުވީ މީހުންގެ އަދަދު ވަނީ 131،578 އިތުރުވެފައެވެ.

އިންޑިއާއަކީ މި ވަގުތު މުޅި ދުނިޔެއިން ދެވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އިންޑިއާގައި ސެޕްޓެމްބަރ މަހު އައި ޕީކަށް ފަހު މިހާރު ވަނީ ކޭސްތައް ފެންނަ މިންވަރު ދަށަށް ދާން ފަށާފައެވެ.

އިތުރަށް ކިޔާލަން

28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
23 މާރިޗު 2017

ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

23 މާރިޗު 2017
ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި
21 މާރިޗު 2017

އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް

21 މާރިޗު 2017
 އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު