Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސުއަރޭޒް ވައިރަހަށް ޕޮޒިޓިވްވުން

ދެވަނަ ފަހަރަށް ޕޮޒިޓިވްވެ ބާސާއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ސުއަރޭޒަށް ގެއްލިއްޖެ

ސުއަރޭޒް ކޮވިޑް-19 އަށް ޕޮޒިޓިވްވީ އުރުގުއޭއާއެކު ފަރިތަކުރަމުން ދަނިކޮށް ހޯމަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 ނޮވެމްބަރު 2020 | ބުރާސްފަތި 12:00
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް ކޮވިޑް-19 އަށް ކުރި ދެވަނަ ޓެސްޓުވެސް ޕޮޒިޓިވްވުމާ ގުޅިގެން، މި ހަފުތާ ބަންދުގައި ސްޕެނިޝް ލީގުގައި އެތުލެޓިކޯއިން ބާސެލޯނާއާ ބައްދަލުކުރާ މެޗުގައި ކުޅުމުގެ ފުރުސަތު އޭނާއަށް ގެއްލިއްޖެއެވެ.

ސުއަރޭޒް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ބައިނަލްއަގުވާމީ ބްރޭކުގައި އުރުގުއޭގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ފަރިތަކުރަމުން ދަނިކޮށް މިދިޔަ ހޯމަ ދުވަހުއެވެ. ސުއަރޭޒްގެ އިތުރުން އުރުގުއޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ދެ އޮފިޝަލަކުވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެއާއެކު ވައިރަހަށް ޕޮޒިޓިވްވި އެންމެ ސެލްފް-އައިސޮލޭޝަނަށް ބަދަލުވެފައިވާ ކަމަށް އުރުގުއޭއިން ވަނީ ހާމަކޮށްފައެވެ.

ސުއަރޭޒް އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، އޭނާގެ ހަށިގަނޑުން ވައިރަހުގެ އަލާމާތެއް ފެނިފައެއް ނުވެއެވެ. އެހެންކަމުން ބާސާއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ސުއަރޭޒަށް އޮތް ކަމަށް ބެލެވުނު ނަމަވެސް، ބުދަ ދުވަހު ކުރި ދެވަނަ ޓެސްޓުންވެސް އޭނާ ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

އެހެންކަމުން އަންނަ ހޮނިހިރު ދުވަހުގެރޭ ސްޕެނިޝް ލީގުގައި އެތުލެޓިކޯއިން ސުއަރޭޒްގެ ކުރީގެ ކުލަބު ބާސާއާ ދެކޮޅަށް ނުކުންނައިރު، އެ މެޗުގައިވެސް އޭނާއަށް ނުކުޅެވޭނެއެވެ. މި މެޗަކީ ސުއަރޭޒް އެތުލެޓިކޯއާ ގުޅުނު ފަހުން ކުރީގެ ޓީމާ ދެކޮޅަށް ކުޅެން ލިބުނު ފުރަަތަމަ މެޗެވެ. މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބާސާ ދޫކޮށް އެތުލެޓިކޯއަށް ބަދަލުވި ސުއަރޭޒް އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

މި ސީޒަނުގައި މިހާތަނަށް ސުއަރޭޒް ވަނީ އެތުލެޓިކޯއަށް ލީގުގައި ފަސް ލަނޑު ކާމިޔާބުކޮށްދީފައެވެ. ސްޕެނިޝް ލީގުގެ މި ސީޒަނުގައި މިހާތަނަށް މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ އެތުލެޓިކޯއެވެ. އެތުލެޓިކޯ މި ވަގުތު ލީގުގެ ތިންވަނައިގައި ހަތް މެޗުން 17 ޕޮއިންޓާއެކު އޮތްއިރު، ބާސާ އޮތީ ތާވަލުގެ އަށްވަނައިގައި ހަތް މެޗުން 11 ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު