Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްއީސީ ބަދެހިކަޕް

އެމްއީސީ ބަދެހިކަޕް: ޕޮލިހާއި ހުޅުދޫ ޔޫތު ފައިނަލަށް

18 ނޮވެމްބަރު 2020 | ބުދަ 14:00

ސެމީގައި ހުދުހުދު އަތުން ޕޮލިސް މޮޅުވީ 35-24 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ނޮވެމްބަރު 2020 | ބުދަ 14:00
އެމްއީސީ ބަދެހިކަޕް ނެޓްބޯޅަ މުބާރާތުގެ ތެރެއިން

އެމްއީސީ ބަދެހިކަޕް ނެޓްބޯޅަ މުބާރާތުގެ ތެރެއިން

އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނު ޖަމުޢިއްޔާއިން އިންތިޒާމުކޮށްގެން މީދޫގެ މުއައްސަސާތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އަންހެނުންގެ ނެޓްބޯޅަ މުބާރާތުގެ ފައިނަލަށް ޕޮލިސް ރެކްރިއޭޝަން ކުލަބާއި ހުޅުދޫ ޔޫތު ސެންޓަރު ދަތުރުކޮށްފިއެވެ.

"އެމްއީސީ ބަދެހިކަޕް" ގެ ނަމުގައި ކުރިއަށްދާ މި މުބާރާތުގައި އަންގާރަ ދުވަހުގެރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި ޕޮލިސް ރެކްރިއޭޝަނާއި ހުދުހުދު ބައްދަލުކުރި ފޯރިގަދަ މެޗު ޕޮލިހުން ކާމިޔާބުކުރީ 35-24 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޅި މެޗުގައިވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ޕޮލިސް ޓީމުގެ ޝާމިލާ އަބްދުލް މަޖީދެވެ.

ސެމީފައިނަލް ފަހު މެޗުގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހުޅުދޫ ޔޫތު ސެންޓަރު ބައްދަލުކުރިއިރު، މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ވާދަވެރި މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. މި މެޗު ހުޅުދޫ ޔޫތުން ކާމިޔާބުކުރީ 31-27 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުޅުދޫ ޔޫތުގެ އަމީޝާއެވެ.

ނުވަ ޓީމާއެކު މި މަހުގެ 11 ވަނަ ދުވަހު ފެށި މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ.

މި މުބާރާތް ފަށާފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެންނެވެ. މީދޫ އެކުވެރިންގެ ޗޭނު ޖަމުޢިއްޔާގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި އެ ޖަމުޢިއްޔާގެ ފަރާތުން މި ފަދަ މުބާރާތެއް ރާވައި ހިންގުމުގެ މަގުސަދަކީ މީދޫ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫހު ދިރުވައި، މީދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާއި، ޒުވާނުންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ހުޅުވާލުމާއި، މުޖުތަމައުގެ ތެރޭގައި އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމެވެ.

މުބާރާތަށް ވަރަށް ބޮޑު އެއްބާރުލުމެއް މުއްސަސާތަކުން ދީފައިވާއިރު، މުބާރާތް ކުރިއަށްދަނީ މުއްސަސާތަކުގެ މެދުގައި ވަރަށް ބޮޑު އެކުވެރިކަމަކާއެކު ކަމަށް މީދޫ އެކުވެރިންގެ ޗޭނު ޖަމުޢިއްޔާއިން މައުލޫމާތުދެއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

13 މެއި 2017

ޔޫތު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ގުޑީސް އާއި ފިސްޑާއަށް

13 މެއި 2017
ޔޫތު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ގުޑީސް އާއި ފިސްޑާއަށް
05 މެއި 2017

ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ކުއްޓު ކުއްލި ގޮތަކަށް ނިޔާވެއްޖެ

05 މެއި 2017
ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ކުއްޓު ކުއްލި ގޮތަކަށް ނިޔާވެއްޖެ
15 އެޕްރީލު 2017

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

15 އެޕްރީލު 2017
ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ
05 އެޕްރީލު 2017

ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ

05 އެޕްރީލު 2017
ގްރީން ސްޓްރީޓްސްގެ ޔޫތު ޓީމުތަކުގެ ފަރިތަކުރުންތައް ފަށަނީ
02 އެޕްރީލު 2017

ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

02 އެޕްރީލު 2017
ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
02 ފެބުރުއަރީ 2017

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި
22 ޖެނުއަރީ 2017

އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ

22 ޖެނުއަރީ 2017
އެކޮމޮޑޭޝަން ބްލޮކުން 1268 މީހުންނަށް ޖާގަ ދީފައިވާނެ: ޔޫތު މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް