Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑިފެންސް މިނިސްޓަރ މާރިޔާ

އެންމެ ބޮޑު އިސްކަމެއް ދިނީ ސިޔާސީ ނުފޫޒުން ސިފައިން އެއްކިބާ ކުރުމަށް: މިނިސްޓަރ

"ކެޕްސްޓޯން ޑޮކްޓްރިން" އެކުލަވައިލައި، އެއަށް ޢަމަލުކުރަން ފެށި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ނޮވެމްބަރު 2020 | އަންގާރަ 18:48
މިނިސްޓަރ މާރިޔާ ވަނީ ސިފައިންގެ އަގުހުރި މަސައްކަތް ފާހަގަ ކުރައްވައި އެކަމަށް ތައުރީފް ކުރައްވާފައި

މިނިސްޓަރ މާރިޔާ ވަނީ ސިފައިންގެ އަގުހުރި މަސައްކަތް ފާހަގަ ކުރައްވައި އެކަމަށް ތައުރީފް ކުރައްވާފައި

ސަރުކާރުގެ ފާއިތުވެގެން ދިޔަ 2 އަހަރު އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ ސިޔާސީ އެކި ނުފޫޒުން ދިވެހި ސިފައިން އެއްކިބާ ކުރުމަށް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 2 އަހަރުގެ ކާމިޔާބީ ފާހަގަ ކުރައްވައި ނެރުއްވި ޚިތާބެއްގައި މިނިސްޓަރ ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ސިޔާސީ ހުރިހާ ނުފޫޒަކުން ދިވެހިރާއްޖޭގެ ދިފާޢީ މުއައްސަސާ އެއްކިބާކުރުމަށް ކަމަށެވެ. ހަމައެއާއެކު، ދިވެހި ޤައުމީ ދިފާޢީ ބާރުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ކަނޑައެޅިފައިވާ ވަކި ހަމަތަކާއި އުޞޫލުތަކެއްގެ މައްޗަށް ހިމެނޭ "ކެޕްސްޓޯން ޑޮކްޓްރިން" އެކުލަވައިލައި، އެއަށް ޢަމަލުކުރަން ފެށުމުގެ އިތުރުން، އަސްކަރީ ޢަދުލުގެ ނިޒާމެއް ޤާއިމްކޮށްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން، ސިފައިންނާއި ފުލުހުންގެ ވެލްފެއަރގެ ކަންކަން އެއްގޮތްކޮށް، ސިފައިންގެ މަރުކަޒުތަކުގެ ތެރެއިން ސިފައިންނަށް ލިބެން ހުންނަ ޚިދުމަތްތަކުގެ ފެންވަރު ވެސް އިތުރަށް ރަނގަޅު ކޮށްފައިވާނެ ކަން މިނިސްޓަރުގެ ޚިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

މިނިސްޓަރ ވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އެމްއެންޑީއެފްގެ ލީޑަރޝިޕާއި، އެންމެހާ ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް، އަރިސް ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް ޞާލިޙްގެ ވަޢުދުފުޅާ އެއްގޮތަށް، ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިހާރު ވެސް 600 އެއްހާ ސިފައިން ރާއްޖެއިން ބޭރުގައި ތަމްރީނުވަމުން ދާ ކަމަށެވެ. އަދި ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި، ސިފައިންގެ ކޮންމެ 5 މީހެއްގެ ތެރެއިން 3 މީހަކު ވާނީ ކޮންމެވެސް ދާއިރާއަކުން ތަމްރީނުކޮށްފައިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ރައީސް ޞާލިޙްގެ ސަރުކާރަށް 2 އަހަރު ފުރިގެންދާއިރު، މިދިޔަ 2 އަހަރު، ކަނޑުމަތީގައި ހިނގި 700 ހާދިސާއެއްގައި ގާތްގަނޑަކަށް 2000 އަށްވުރެ ގިނަ މީހުންގެ ފުރާނަޔާއި މުދާ ވަނީ، ސަލާމަތް ކޮށްފައިވެއެވެ. އަދި މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާތަކުން އެކަނި ވެސް ސިފައިންގެ ހިތްވަރާއި ޤާބިލުކަން ފެނިގެން ގޮސްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު