Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ބަޖެޓް 2021

އިދިކޮޅުގެ ވާހަކައަށް ބަޖެޓް ކޮމިޓީ މުގައްރިރު: ޤައުމަށް ޙާލަތެއް ކުރިމަތިވެފައި ނެތް އިރުވެސް ދަރަނި އެހާ ބޮޑު!

އިދިކޮޅުން އެފަދަ ވާހަކަ ދެއްކުމުން ސީރިއަސްކޮށް ނަންގަވަންވެސް އުނދަގޫ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ނޮވެމްބަރު 2020 | ހޯމަ 19:21
ރާއްޖެޓީވީގެ \"ފަލަސުރުޙީ\" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ބަޖެޓާ ގުޅޭގޮތުން މެމްބަރު ނާޝިޒް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ \"ފަލަސުރުޙީ\" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ބަޖެޓާ ގުޅޭގޮތުން މެމްބަރު ނާޝިޒް ވާހަކަ ދައްކަވަނީ

ޤައުމަށް ޙާލަތެއް ކުރިމަތިވެފައި ނެތް އިރުވެސް ވޭތުވެދިޔަ ސަރުކާރުގެ ދަރަނި ނުހަނު ބޮޑު ކަމަށް ބަޖެޓް ދިރާސާކުރަމުން އަންނަ ކޮމިޓީގެ މުޣައްރިރު ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.

މިހާރު ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކީ ބުއްދި ސަލާމަތުން ހުރެގެން މީހަކު ވޯޓުދޭނެ ބަޖެޓެއް ނޫން ކަމަށާއި، ބަޖެޓް މިހާރު އޮތް ގޮތަށް ފާސްކޮށްގެން ރައްޔިތުން ފުނޑިގެން ދާނެ ކަން ފާހަގަ ކުރައްވައި ބަޖެޓް އަނބުރާ ގެންގޮސް 25 ބިލިއަން ރުފިޔާއަށް ކުޑަކުރަން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ ގޮވާލައްވާފައެވެ. އަދި އިދިކޮޅުގެ ބައެއް އިތުރު މެމްބަރުންވެސް ވަނީ ބަޖެޓަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޝިޒް ވިދާޅުވީ، އިދިކޮޅުން އެފަދަ ވާހަކަ ދެއްކުމުން ސީރިއަސްކޮށް ނަންގަވަންވެސް އުނދަގޫ ކަމަށެވެ. އެގޮތުން ވެރިކަން ނިމިގެން އައިރު ޔޫޒަބަލް ރިޒާވްގައިވެސް ހުރީ 200 މިލިއަން ޑޮލަރުކަން ފާހަގަ ކުރައްވައި ނާޝިޒް ވިދާޅުވީ، އެއީ އެއްވެސް އިޤްތިސާދީ ޚާއްސަ ޙާލަތެއް ނައިސް، އާމްދަނީ އަށް ދަތިކަމެއް ނައިސް އަދި ރާއްޖޭގެ އެރައިވަލްވެސް އަންދާޒާ ކުރި ވަރަށް އިތުރުވަމުން އައިއިރުގެ ޙާލަތު ކަމަށެވެ.

އޭގެ އިތުރުން، ވެރިކަން ފެށިގެން އައިއިރު 30 ބިލިއަނުގައި ހުރި ދަރަނި ވެރިކަން ނިމުނު އިރު ހުރީ 80 ބިލިއަނާ ގާތަށް އަރާފައިކަން ފާހަގަ ކުރައްވައި ނާޝިޒް ވިދާޅުވީ، އޭރު ރާއްޖޭގެ ވަސީލަތްތައްވެސް ގެންދިޔައީ ބަހާ ހުސް ކުރަމުން ކަމަށެވެ.

ނާޝިޒް އިތުރަށް ވިދާޅުވީ، ދަރަނި މޭންޖް ކުރަން މިހާ އުދަގޫ ޙާލަތަށް ކަންކަން ދިޔައީ އޭރުގެ ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަދަދަކީ 34.7 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާއެވެ. މި ފައިސާގެ 62.3 އިންސައްތަ ހޭދަވަނީ ރިކަރަންޓް ހަރަދަށެވެ. އަދި ކެޕިޓަލް އެކްސްޕެންޑިޗަރއަށް ހަރަދުވަނީ 37.7 އިންސައްތައެވެ. ބާކީ 1.5 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ކަނޑައަޅާފައިވަނީ ދައުލަތުގެ ދަރަނި އަދާކުރުމަށެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!

26 އެޕްރީލު 2017
މުއައްސަސާތައް މައާފަށް އެދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ވާހަކައަށް މުއައްސަސާތަކުން އެއްޗެއް ނުބުނި!
12 އެޕްރީލު 2017

އަމިއްލަ އަށް މަރުވާނެ ކަމަށް ބުނެ ރައްޓެއްސަކަށް ރައުދާ މެސެޖްކުރި: ތަހްގީގު ކޮމިޓީ

12 އެޕްރީލު 2017
އަމިއްލަ އަށް މަރުވާނެ ކަމަށް ބުނެ ރައްޓެއްސަކަށް ރައުދާ މެސެޖްކުރި: ތަހްގީގު ކޮމިޓީ
09 އެޕްރީލު 2017

42 މެމްބަރުންގެ ސޮއި ނެތި މަސީހު ވަކި ނުކުރެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި

09 އެޕްރީލު 2017
42 މެމްބަރުންގެ ސޮއި ނެތި މަސީހު ވަކި ނުކުރެވޭ ގޮތަށް ކޮމިޓީން ފާސްކޮށްފި
29 މާރިޗު 2017

އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި

29 މާރިޗު 2017
އެޗްވަންއެންވަންގެ މައްސަލައިގައި ބާއްވަން އުޅުނު މަޖިލީހުގެ ކޮމިޓީ ކެންސަލްކޮށްފި
26 މާރިޗު 2017

ނިހާނާއި އިލްހާމް ޕީޕިއެމްގެ މައްސަލައެއް މައުމޫންގެ ފެކްޝަންގެ ސްލޫކީ ކޮމިޓީއަށް!

26 މާރިޗު 2017
ނިހާނާއި އިލްހާމް ޕީޕިއެމްގެ މައްސަލައެއް މައުމޫންގެ ފެކްޝަންގެ ސްލޫކީ ކޮމިޓީއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު