Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމަޝެރާނޯ ރިޓަޔާ ކުރުން

މަޝެރާނޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

16 ނޮވެމްބަރު 2020 | ހޯމަ 13:42

މަޝެރާނޯ ފުޓްބޯޅަ ކުޅުން ހުއްޓާލީ އުމުރުން 36 އަހަރުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 ނޮވެމްބަރު 2020 | ހޯމަ 13:42
އާޖެންޓީނާގެ މިޑްފީލްޑަރު ހަވިއޭ މަޝެރާނޯ

އާޖެންޓީނާގެ މިޑްފީލްޑަރު ހަވިއޭ މަޝެރާނޯ

އާޖެންޓީނާގެ މިޑްފީލްޑަރު ހަވިއޭ މަޝެރާނޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

މީގެ ކުރިން ކުރީގެ ބާސެނޯލާ އާއި ލިވަޕޫލުގެ ފަހަތް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރި މަޝެރާނޯ ވަނީ އާދިއްތަ ދުވަހު ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައެވެ. ފުޓްބޯޅަ ކުޅުމުގައި 17 އަހަރު ހޭދަކުރި މަޝެރާނޯ ބުނީ މިއީ އޭނާގެ ކެރިއަރު ނިންމާލަން އެންމެ ރަނގަޅު ވަގުތު ކަމަށާއި، ކުޅުން ހުއްޓާލަން ނިންމީ ފާއިތުވި މަސްތަކުގައި ކަންތައް ދިމާވި ގޮތުން ވަރަށް ބޮޑަށް ވިސްނުމަށްފަހު ކަމަށެވެ.

އުމުރުން 36 އަހަރުގައި މަޝެރާނޯ ފުޓްބޯޅަ ކުޅުން ހުއްޓާލިއިރު، އޭނާ އެންމެ ފަހުން ކުޅެފައިވަނީ އުފަން ގައުމު އާޖެންޓީނާގެ އެސްޓޫޑިއާންޓޭސް ޑި ލާ ޕްލާޓާއަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެސްޓޫޑިއާންޓޭސްއާ ގުޅުނު މަޝެރާނޯ ވަނީ އެ ޓީމަށް 11 މެޗު ކުޅެދީފައެވެ. އޭގެ ކުރިން އޭނާ ވަނީ ޗައިނާގެ ހެބެއީ ޗައިނާ ފޯޗިއުންއަށްވެސް ކުޅެފައެވެ.

މަޝެރާނޯ ފުޓްބޯޅައިގައި ވިދާލީ ލިވަޕޫލާއި ބާސެލޯނާގައެވެ. ލިވަޕޫލުގައި ކާމިޔާބު ހަތަރު ސީޒަން ހޭދަކުރި މަޝެރާނޯ ވަނީ އެ ކުލަބަށް 139 މެޗު ކުޅެދީފައެވެ. އޭގެ ފަހުން ބާސާއަށް ބަދަލުވެ ސެންޓްރަލް ޑިފެންޑަރެއްގެ އިތުރުން މެދުތެރެއަށްވެސް ގިނަ މެޗުތައް ކުޅެފައިވާ މަޝެރާނޯ ވަނީ ބާސާއެކު 18 މުބާރާތް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ހަތަރު ފަހަރު ހޯދި ސްޕެނިޝް ލީގާއި، ދެ ފަހަރު ހޯދި ޔުއެފާ ޗެމްޕިއަންސް ލީގު ހިމެނެއެވެ. އެކަމަކު އެ ކުލަބަށް ކުޅެދިން 334 މެޗުން އޭނާއަށް ޖެހުނީ އެންމެ ލަނޑެކެވެ.

އަދި މަޝެރާނޯ ވަނީ އިންގްލެންޑުގެ ވެސްޓް ހޭމް ޔުނައިޓެޑާއި، ބްރެޒިލްގެ ކޮރިންތިއަންސް އަދި އާޖެންޓީނާގެ ރިވާ ޕްލޭޓަށްވެސް ކުޅެފައެވެ.

އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމަށް 147 މެޗު ކުޅެދީފައި މަޝެރާނޯ ވަނީ 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ފައިނަލުގައި އާޖެންޓީނާ ވާދަކުރިއިރު، މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި މަޝެރާނޯ ވަނީ އާޖެންޓީނާއާއެކު 2004 އަދި 2008 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސްގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދާފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް