Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޑޯ ބާސްކެޓްބޯޅަ ކޯޓު އެޅުން

އިންޑޯ ބާސްކެޓްބޯޅަ ކޯޓުގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ: މަޙްލޫފް

16 ނޮވެމްބަރު 2020 | ހޯމަ 11:59

އިންޑޯ ބާސްކެޓްބޯޅަ ކޯޓުގެ މަސައްކަތަށް ރައީސް ޞާލިޙު ވަނީ މަގު ކޮށާދެއްވާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 16 ނޮވެމްބަރު 2020 | ހޯމަ 11:59
މި އަހަރު ބޭއްވި ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތެރެއިން

މި އަހަރު ބޭއްވި ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތެރެއިން

ބާސްކެޓްބޯޅައިގެ އިންޑޯ ކޯޓުގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ބާސްކެޓް ބޯޅައަށް ވަކި ހާއްސަ އިންޑޯ ކޯޓެއް ނެތުން އެއީ ބާސްކެޓްބޯޅަ ކުޅުންތެރިންގެ ބޮޑު ޝަކުވާއެކެވެ. އެގޮތުން ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ) އިންވެސް ވަނީ ބާސްކެޓްބޯޅައަށް ވަކި ހާއްސަ އިންޑޯ ކޯޓެއް ނެތުމުން އެކަމުގެ ތަކުލީފު ބާސްކެޓްބޯޅަ އާއިލާއިން ކުރަން ޖެހޭ ކަމަށް ބުނެފައެވެ.

ރާއްޖެޓީވީގެ "ބަޖެޓު 2021" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ ބާސްކެޓްބޯޅަ އާއިލާއިން އިންޑޯ ކޯޓެއް ބޭނުންވާ މިންވަރު އެމަނިކުފާނަށް އެނގިލައްވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓަކީ ބާސްކެޓްބޯޅަ އާއިލާއިން މިހާރު އުފުލަމުން އަންނަ ތަކުލީފަށް ނިމުން އައިސް، އިންޑޯ ބާސްކެޓްބޯޅަ ކޯޓުގެ މަސައްކަތް ފެށިގެންދާނެ އަހަރު ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަ އަހަރު ކުރާ އެންމެ ބޮޑު އުންމީދަކީ އިންޑޯ ބާސްކެޓްބޯޅަ ހޯލުގެ މަސައްކަތް ފެށިގެންދިޔުން ކަމަށާއި، އެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު މިހާރު މަގު ކޮށާދެއްވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އެއްބާރުލުން ލިބިވަޑައިގަންނަވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ބާސްކެޓްބޯޅައިގެ އިންޑޯ ކޯޓުގެ މަސައްކަތް މިހާރު ބަޖެޓު ކުރެވިފައިވާ ކަމަށެވެ. އަދި ބާސްކެޓްބޯޅަ ކަހަލަ ކުޅިވަރުތައް ހަމައެކަނި މާލެއަށް ފޯކަސްކޮށްފައި އޮންނަ އޮތުން މި ސަރުކާރުން ބަދަލުކުރާނެ ކަމަށާއި، އެ ކުޅިވަރުތައް އަތޮޅުތެރެއަށް ގެންދަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ބާސްކެޓްބޯޅަ މުބާރާތްތައް މިހާރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ބާއްވާއިރު، އެ ކޯޓުގައި އެކި ކުޅިވަރުތަކުގެ މުބާރާތްތައްވެސް އަންނަނީ ބާއްވަމުންނެވެ. އެގޮތުން މިހާތަނަށް ވޮލީބޯޅަ މުބާރާތްތައްވެސް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ބާއްވާއިރު، އަންނަ އަހަރު ވޮލީބޯޅައަށްވެސް އިންޑޯ ކޯޓެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް