Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ކޮވިޑްގެ ކޭސްތައް އިތުރުވެފައިވަނީ ހަދަމުންދާ ރިސޯޓަކުން ނެގި ރޭންޑަމް ސާމްޕަލްތަކަކުން: ޑރ ނަޒްލާ

ހަދަމުންދާ ރިސޯޓްތަކާއި އޮޕަރޭޓްކުރަމުންދާ ރިސޯޓްތަކުން އެކްޓިވް ސަރވިއަލަންސްގެ ދަށުން ސާމްޕަލް ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ނޮވެމްބަރު 2020 | އާދީއްތަ 19:04
އެޗްއީއޯސީ ގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް

އެޗްއީއޯސީ ގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް

ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު އާދިއްތަ ދުވަހު އިތުރުވެފައިވަނީ ހަދަމުންދާ ރިސޯޓެއް ކަމުގައިވާ ރަށްފަޅުހުރާ ކިޔާ ރިސޯޓަކުން ނެގި ރޭންޑަމް ސާމްޕަލްތަކަކުން ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ އެސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ ވިދާޅުވީ އެ ރިސޯޓުން ރޭންޑަމް ސާމްޕަލްގެ ގޮތުގައި 249 ސާމްޕަލެއް ނަގާފައިވާކަމަށެވެ. މިމަހުގެ 14 ވަނަ ދުވަހު ސާމްޕަލްތައް ނެގިއިރު މިހާތަނަށް 26 މީހަކު ކޮވިޑް-19 އަށް އެރަށުން ޕޮޒިޓިވްވެފައިވާކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. ޕޮޒިޓިވްވި މީހުން އައިސޮލޭޓް ކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޑރ ނަޒްލާ ވިދާޅުވީ ހަދަމުންދާ ރިސޯޓްތަކާއި އޮޕަރޭޓްކުރަމުންދާ ރިސޯޓްތަކުން އެކްޓިވް ސަރވިއަލަންސްގެ ދަށުން ސާމްޕަލް ނެގުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުރަތަމަ ސާމްޕަލް ނަގަމުންދަނީ ހަދަމުންދާ ރިސޯޓްތަކުން ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން މިވަގުތު ބޮޑު ކްލަސްޓަރ އެއްގެ ގޮތުގައި ފާހަގަވެފައިވަނީ އެއަރޕޯޓްގެ ކާގޯ ޑިޕާޓްމަންޓްގައި މަސައްކަތްކުރަމުންދާ މުވައްޒަފުންތަކުގެ ކްލަސްޓަރ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ. އެތަނުން ފުރަތަމަ މުވައްޒަފަކު ޕޮޒިޓިވްވެފައިވަނީ މިނޮވެމްބަރ މަހުގެ 5 ވަނަ ދުވަހު ކަމަށާއި މިހާތަނަށް އައިއިރު އެތަނުން 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ އާދިއްތަ ދުވަހު ކޭސްތައް ފެނިފައިވާ މިންވަރު އިތުރުވެފައިވަނީ ކްލަސްޓަރ އަކާއި ގުޅިގެން ކަމަށްވިޔަސް ހޮނިހިރު ދުވަހު 41 ކޭސް ފެނިފައިވަނީ ކްލަސްޓަރއެއްގެ ތެރެއިން ނޫންކަމަށެވެ. އަދި އޮކްޓޯބަރ މަހުގެ ފަހު ދެ ހަފްތާ އާއި އަޅާބަލާއިރު ނޮވެމްބަރ މަހުގެ މިފާއިތުވި ދެ ހަފްތާގެ ތެރޭގައި ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް ފާހަގަވެފައިވާ ކަމަށެވެ. އަދި މިކަމަކީ ކޭސްތައް އުޅޭ މިންވަރު ދެނެގަތުމުގައި ބަލާ އިންޑިކޭޓަރ އަކަށްވާއިރު މިއީ ކޭސްތައް އަނެއްކާވެސް އިތުރުވަމުންދާކަން އަންގައިދޭ ކަމެއް ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަންދީ ވައިރަސް އަދިވެސް ފިލައިގެން ނުދާކަމަށް ހުރިހާ ރައްޔިތުންވެސް ދެކި އެގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް އެގޮތަށް އަމަލުކުރުމަށް އެދިވަޑައިގެންނެވި އެވެ. އެހެންނޫން ކަމަށްވާނަމަ އަނެއްކާވެސް ކޭސްތައް އިތުރުވެގެންދާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

15 އޯގަސްޓު 2019

ހަދަމުންދާ އިމާރާތަކަށް އަރަން އުޅުނު މީހަކު ވެއްޓިއްޖެ

15 އޯގަސްޓު 2019
ހަދަމުންދާ އިމާރާތަކަށް އަރަން އުޅުނު މީހަކު ވެއްޓިއްޖެ
23 ޖޫން 2019

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި

23 ޖޫން 2019
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި
24 ޑިސެމްބަރު 2018

ހަދަމުންދާ ރިސޯޓެއްގައި ގަވާއިދާ ހިލާފަށް ހާހެއްހާ ބިދޭސީން ގެންގުޅެނީ!

24 ޑިސެމްބަރު 2018
ހަދަމުންދާ ރިސޯޓެއްގައި ގަވާއިދާ ހިލާފަށް ހާހެއްހާ ބިދޭސީން ގެންގުޅެނީ!
16 ޑިސެމްބަރު 2018

ހަދަމުންދާ އިމާރާތަކުން ސިމެންތި ގޯންޏެއް ވެއްޓި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެ

16 ޑިސެމްބަރު 2018
ހަދަމުންދާ އިމާރާތަކުން ސިމެންތި ގޯންޏެއް ވެއްޓި ކުޑަ ކުއްޖަކަށް އަނިޔާވެއްޖެ
18 އޮކްޓޯބަރު 2018

ހަދަމުންދާ ރިސޯރޓެއްގެ ބަދިގޭގައި ގޭސް ލީކުވެ ބިނދޭސީންތަކެއް ފިހިއްޖެ

18 އޮކްޓޯބަރު 2018
ހަދަމުންދާ ރިސޯރޓެއްގެ ބަދިގޭގައި ގޭސް ލީކުވެ ބިނދޭސީންތަކެއް ފިހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު