Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓު 2021

އެމްއެމްއޭގެ ކަންބޮޑުވުމަކީ އާމްދަނީ ނުލިބި ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓާލަން ޖެހުން

ހިންގުމުގެ ހަރަދު ފޫބެއްދުމަށް ހަމަޖެހިފައިވަނީ ހިލޭ އެހީންނާއި ލިބޭ އާމްދަނީ އިން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2020 | އާދީއްތަ 10:50
އެމްއެމްއޭގެ އިސްވެރިން މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި

އެމްއެމްއޭގެ އިސްވެރިން މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް އާމްދަނީ ނުލިބިއްޖެ ނަމަ ބައެއް ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ހުއްޓާލަން ޖެހިދާނެ ކަމުގެ ކަންބޮޑުވުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށް އާމްދަނީ ނުލިބިއްޖެ ނަމަ ބައެއް ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ހުއްޓާލަން ޖެހިދާނެ ކަމުގެ ކަންބޮޑުވުން އެ އިދާރާއިން ފާޅުކޮށްފައިވާއިރު އެމްއެމްއޭއިން ބުނީ ދައުލަތުގެ ބަޖެޓުގެ ތެރެއިން ކެޕިޓަލް ހަރަދުތަކުގެ ތެރޭގައި ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައި ވަނީ ލޯނާއި އާއްމު ބަޖެޓުން ކަމަށެވެ.

Advertisement - newsAdvertisement

އަންނަ އަހަރު ޕީއެސްއައިޕީއަށް ހުށައަޅާފައިވާ އަދަދަކީ 8306.2 މިލިއަން ރުފިޔާއެވެ. މިއީ މި ހިނގާ 2020 ވަނަ އަހަރާ އަޅާބާލާއިރު 49.3 އިންސައްތަ އިތުުރު އަދަދެއް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މިނިސްޓްރީން ބުނީ ކޮވިޑާއި ގުޅިގެން މި އަހަރުގެ ބަޖެޓު މުރާޖާ ކުރިއިރު ޕީއެސްއައިޕީގެ ތެރެއިން މަޑުޖައްސާލެވުނު މަޝްރޫއުތަކަށްވެސް އަންނަ އަހަރުގެ ބަޖެޓުން ޖާގަބދީފައި ވާނެ ކަމަށެވެ.

ހިންގުމުގެ ހަރަދު ފޫބެއްދުމަށް ހަމަޖެހިފައިވަނީ ހިލޭ އެހީންނާއި ލިބޭ އާމްދަނީއިން ކަން ފާހަގަކުރައްވާ ގަވަރުނަރު ވިދާޅުވީ ކެޕިޓަލް ހަރަދުތައް ކުރެވޭނީ އެކަންކަމަށް ބޭނުންވާ ފައިސާ ހަމަޖެހިގެން ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ޕީއެސްއައިޕީ ފަދަ ކެޕިޓަލް ހަރަދުތަކަށް އާއްމު ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް ފައިސާ ހަމަޖެއްސުމަށް ދަތިވާނެ ކަމަށާއި އެއީ ކޮވިޑާއި ގުޅިގެން ފަތުރުވެރިކަމަށް އައިސްފައިވާ ހީނަރުކަމާއި ބޭރު ފައިސާގެ ސަޕްލައި ދަށްވުމާއި ގުޅިގެން ކަމަށެވެ.

އަންނަ އަހަރަށް ހުށައަޅާފައިވާ ޕީއެސްއައިޕީގެ ތެރޭގައި ދައުލަތުގެ އާއްމު ބަޖެޓުން 3258.3 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ލޯނުތަކުން 3890.4 މިލިއަން ރުފިޔާއާއި ބޭރުގެ ހިލޭ އެހީއިން 561.5 މިލިއަން ރުފިޔާގެ އިތުރުން ޓްރަސްޓު ފަންޑުން 596.2 ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އަލީ ހާޝިމް ވަނީ ކެޕިޓަލް ހަރަދުތަކަށް ބޭނުންވާ މިންވަރަށް އެތެރޭގެ މާކެޓުން ޑޮލަރު ނުލިބިއްޖެ ނަމަ ބައެއް ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓާލަން ޖެހިދާނެ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ. އަދި ބަޖެޓުގައި ހިލޭ އެހީ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ މިންވަރަށް ނުލިބިއްޖެ ނަމަ ހިންގުމުގެ ހަރަދަށް ދާ މިންވަރު ހަމަނުޖެއްސޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ގަވަރުނަރު ވިދާޅުވީ ދައުލަތުގެ ހިންގުމުގެ ހަރަދު އާމްދަނީއަށް ވުރެ ބޮޑުވާ ކަމަށާއި އެ ހާލަތް މެދުވެރި ވަނީ ހުރި ވަސީލަތްތައް އެންމެ ރަނގަޅަށް ބޭނުން ނުކުރެވޭތީ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަދަދަކީ 34.7 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާއެވެ. މި ފައިސާގެ 62.3 އިންސައްތަ ހޭދަވަނީ ރިކަރަންޓް ހަރަދަށެވެ. އަދި ކެޕިޓަލް އެކްސްޕެންޑިޗަރއަށް ހަރަދުވަނީ 37.7 އިންސައްތައެވެ. ބާކީ 1.5 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ކަނޑައަޅާފައިވަނީ ދައުލަތުގެ ދަރަނި އަދާކުރުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާޒްގެ މައްސަލައާ މެދު ޕީޖީ އޮފީހުން ގޮތެއް ނުނިމެނީ ފުލުހުންގެ ފަރާތުން ބައެއް މައުލޫމާތު ނުލިބިގެން: ޕީޖީ އޮފީސް

ރިޔާޒްގެ މައްސަލައާ މެދު ޕީޖީ އޮފީހުން ގޮތެއް ނުނިމެނީ ފުލުހުންގެ ފަރާތުން ބައެއް މައުލޫމާތު ނުލިބިގެން: ޕީޖީ އޮފީސް

06 ޖޫން 2017
ފިޝަރީޒް މިނިސްޓްރީއަށް 39 މިލިއަން ރުފިޔާ ނުލިބި އެބައޮތް: އޮޑިޓް ރިޕޯޓް

ފިޝަރީޒް މިނިސްޓްރީއަށް 39 މިލިއަން ރުފިޔާ ނުލިބި އެބައޮތް: އޮޑިޓް ރިޕޯޓް

30 މެއި 2017
 މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް

މާލެ ސިޓީގެ އާ ކައުންސިލް ހުވާކުރަން ދަރުބާރުގެ ނުލިބިގެން ޣިޔާސުއްދީނަށް

28 މެއި 2017
ހޯލެއް ނުލިބިގެން އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ހުވާކުރުން މަގުމަތީގައި!

ހޯލެއް ނުލިބިގެން އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ހުވާކުރުން މަގުމަތީގައި!

25 މެއި 2017
ރޯދަ އެލަވަންސް ދިނުމުން ވެސް ގެއަށް ގެންދަން ލިބުނު އާމްދަނީ އިތުރެއް ނުވި!

ރޯދަ އެލަވަންސް ދިނުމުން ވެސް ގެއަށް ގެންދަން ލިބުނު އާމްދަނީ އިތުރެއް ނުވި!

25 މެއި 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު