Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެތުލީޓްސް ކޮމިޝަނަށް ސާއިދާއި ސަޖަން

އެމްއޯސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ފުރަތަމަ ދެ އެތުލީޓުންނަށް ސާއިދާއި ސަޖަން

14 ނޮވެމްބަރު 2020 | ހޮނިހިރު 07:12

އެތުލީޓުންނަށް ބާރު ލިބޭގޮތަށް އެތުލީޓްސް ކޮމިޝަން އުފެއްދީ މިދިޔަ އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ނޮވެމްބަރު 2020 | ހޮނިހިރު 07:12
2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން ސާއިދާއި ސަޖަން އެކުގައި

2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން ސާއިދާއި ސަޖަން އެކުގައި

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ އެތުލީޓްސް ކޮމިޝަނަށް ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން އެތުލީޓް ހަސަން ސާއިދާއި ކާމިޔާބު ފެތުންތެރިޔާ އައިމިނަތު ސަޖަން ހޮވައިފިއެވެ.

އެތުލީޓްސް ކޮމިޝަނަކީ 2009 ވަަނަ އަހަރު އެމްއޯސީއަށް މެންބަރުން އިންތިޚާބުކުރަން ފެށުނުއިރުއްސުރެންވެސް ހިމެނޭ ބައެކެވެ. އެކަމަކު މީގެ ކުރިން އެ ކޮމިޝަން އެކްޓިވް ބައެއްގެ ގޮތުގައި ނެތެވެ. އެކަމަކު އެމްއޯސީގެ ހިންގާ ގަވާއިދުގައި އެތުލީޓުންނަށް ބާރު ލިބޭގޮތަށް އެތުލީޓްސް ކޮމިޝަން އުފައްދައި، އެމްއޯސީގެ އަސާސީ ގަވާއިދަށް ގިނަ ބަދަލުތަކެއް ގެންނަން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ފުރިހަމަ ތާއީދާއެކު ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އެމްއޯސީގެ އަހަރީ އާންމު ޖަލްސާގައެވެ.

މިދިޔަ އަހަރު ފާސްކުރި ގަވާއިދުގެ ދަށުން ރާއްޖޭގެ ގައުމީ ޓީމުތަކުގެ އެތުލީޓުންގެ ތެރެއިން ވޯޓަކުން ހޮވޭ މެންބަރުން އަންނައިރު، އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމުގެ ހައްގު އެ އެތުލީޓުންނަށް ލިބިގެންދެއެވެ. ހަމަ އެއާއެކު އެމްއޯސީގެ ހިންގާ ކޮމިޓީއަށް މީހުން އައްޔަނުކުރުމުގެ ބާރުވެސް އެތުލީޓުންނަށް ވަނީ ލިބިގެންގޮސްފައެވެ.

އެއާއެކު މި އަހަރު އެމްއޯސީން ބާއްވާ އަހަރީ އާންމު ޖަލްސާގައި އެތުލީޓްސް ކޮމިޝަން ތަމްސީލުކުރުމަށް ސާއިދާއި ސަޖަން ވަނީ ހޮވާފައެވެ. އެއާއެކު މި ދެ އެތުލީޓުން ވެފައިވަނީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި އެމްއޯސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ފުރަތަމަ ދެ އެތުލީޓުންނަށެވެ.

މީގެ ތެރެއިން ސާއިދަކީ ރާއްޖެ ދުށް އެންމެ ކާމިޔާބު ފިރިހެން އެތުލީޓެވެ. އެގޮތުން 2015 ވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ރާއްޖެއަށް ބައިނަލްއަގުވާމީ ގޭމްސްއަކުން ފުރަތަމަ ރަން މެޑަލް ހޯދައިދިނީ ސާއިދެވެ. އަދި އެ ގޭމްސްގެ 200 މީޓަރު ދުވުމުން އެ ފަހަރު އޭނާ ރިހި މެޑަލްވެސް ހޯދިއެވެ.

އަދި އޭގެ ފަހުން ސާއިދު ވަނީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރާއި 200 މީޓަރު ދުވުމުން ރިހި މެޑަލް އާއި، މިދިޔަ އަހަރުގެ އައިއޯއައިޖީގެ 200 މިޓަރު ދުވުމުން ރިހި މެޑަލް އާއި، ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް އަދި 200 މިޓަރުން ލޯ މެޑަލް ހޯދާފައެވެ. އަދި އޭނާ ވަނީ އިންޑިއަން ގްރޯން ޕްރީ އާއި މެލޭޝިއަން އޯޕަންއިން ރަން މެޑަލްވެސް ހޯދާފައެވެ.

މީގެ އިތުރުން 2016 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ އެއްވަނަ ހޯދި ސާއިދަކީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ގޭމްސްގެ ޕްރިލިމިނަރީ ބުރެއް ފަހަނައަޅައި ދިޔަ ރާއްޖޭގެ ދެވަނަ އެތުލީޓެވެ.

ސާއިދާއެކު އެތުލީޓްސް ކޮމިޝަނަށް ހޮވުނު ސަޖަން އަކީވެސް ބައިނަލްއަގުވާމީ މައިދާނުގައި ވިދާލި އެތުލީޓެކެވެ. އެގޮތުން 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 800 މީޓަރު ފްރީސްޓައިލް ފެތުމުގެ އިވެންޓުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދީ، ސަރަހައްދުގެ ގޭމްސްއެއްގައި ފެތުމުން ރާއްޖެއަށް ގެނައި ފުރަތަމަ މެޑަލް ހޯދައިދިން ފެތުންތެރިޔަކީ ސަޖަނެވެ. އަދި އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާލުމުގެ އިތުރުން، އެ މުބާރާތުގައިވެސް ވާދަކުރި ސަޖަން ވަނީ ރާއްޖޭގެ މޮޅު ފެތުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން، ރާއްޖޭގެ ގިނަ ފެތުމުގެ ރިކޯޑުތައްވެސް މީގެ ކުރިން ހަދާފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2017

ބައިކް މޯލްޑިވްސްގެ އަހަރީ ފެމިލީ ޑިނާރ ނައިޓް ބާއްވައިފި

06 ނޮވެމްބަރު 2017
ބައިކް މޯލްޑިވްސްގެ އަހަރީ ފެމިލީ ޑިނާރ ނައިޓް ބާއްވައިފި
02 އޯގަސްޓު 2017

އާސެނަލްގެ ފަރިތަކުރުންތަކުގައި ސަންޗޭޒް ބައިވެރިވާން ފަށައިފި

02 އޯގަސްޓު 2017
އާސެނަލްގެ ފަރިތަކުރުންތަކުގައި ސަންޗޭޒް ބައިވެރިވާން ފަށައިފި
16 ޖުލައި 2017

ސާޖަރީ އަށްފަހު ނިއުގެ ފަރިތަކުރުންތަކުގައި ދަގަނޑޭ ބައިވެރިވާން ފަށައިފި

16 ޖުލައި 2017
 ސާޖަރީ އަށްފަހު ނިއުގެ ފަރިތަކުރުންތަކުގައި ދަގަނޑޭ ބައިވެރިވާން ފަށައިފި
13 ޖުލައި 2017

އަނިޔާއިން އަރައިގަނެ ނޫމާން އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި

13 ޖުލައި 2017
އަނިޔާއިން އަރައިގަނެ ނޫމާން އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި
09 ޖޫން 2017

މޮރީޝަސް ބެޑްމިންޓަން ސީރީޒްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި

09 ޖޫން 2017
މޮރީޝަސް ބެޑްމިންޓަން ސީރީޒްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި
24 އެޕްރީލު 2017

އެމްއޯސީގެ އިންތިހާބުގައި ވޯޓް ނަގަން ޖެހެނީ އެންމެ މަގާމަކަށް

24 އެޕްރީލު 2017
އެމްއޯސީގެ އިންތިހާބުގައި ވޯޓް ނަގަން ޖެހެނީ އެންމެ މަގާމަކަށް
19 އެޕްރީލު 2017

އެމްއޯސީގެ އިންތިހާބު މޮނީޓާ ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފި

19 އެޕްރީލު 2017
އެމްއޯސީގެ އިންތިހާބު މޮނީޓާ ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފި
16 އެޕްރީލު 2017

އެމްއޯސީގެ މަގާމުތަކަށް ވާދަކުރުމަށް ފުރުސަތު ހުޅުވާލައިފި

16 އެޕްރީލު 2017
އެމްއޯސީގެ މަގާމުތަކަށް ވާދަކުރުމަށް ފުރުސަތު ހުޅުވާލައިފި
08 އެޕްރީލު 2017

އެމްއޯސީގެ އާދައުރަކަށް ކުރިމަތިލާނެކަން އިއުލާންކޮށް ޝަވީދުގެ މެސެޖް އެސޯސިއޭޝަންތަކަށް

08 އެޕްރީލު 2017
އެމްއޯސީގެ އާދައުރަކަށް ކުރިމަތިލާނެކަން އިއުލާންކޮށް ޝަވީދުގެ މެސެޖް އެސޯސިއޭޝަންތަކަށް
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް