Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބައިކް މޯލްޑިވްސް

ބައިކް މޯލްޑިވްސްގެ އަހަރީ ފެމިލީ ޑިނާރ ނައިޓް ބާއްވައިފި

އެއްގަމު އުޅަދެއްގެ ގޮތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ބައިސްކަލް ބޭނުންކުރި 13 ފަރާތަކަށް ވަނީ ޝަރަފުވެރިކަމުގެ އިނާމު ދީފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2017 | ހޯމަ 12:04
ބައިކް މޯލްޑިވްސްގެ އަހަރީ ޑިނާރ ނައިޓުގައި ޝަރަފުވެރިކަމުގެ ހަދާނީ ލިޔުން އެރުވި ފަރާތްތަށް

ބައިކް މޯލްޑިވްސްގެ އަހަރީ ޑިނާރ ނައިޓުގައި ޝަރަފުވެރިކަމުގެ ހަދާނީ ލިޔުން އެރުވި ފަރާތްތަށް

ރާއްޖޭގެ އޮފިޝަލް ބައިސްކަލް އެސޯސިއޭޝަން ނުވަތަ ބައިކް މޯލްޑިވްސްއިން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ އެ އެސޯސިއޭޝަނުގެ ފެމިލީ ޑިނާރ ނައިޓް ބާއްވައިފިއެވެ.

މަގުމަތީގެ ރައްކާތެރިކަމާއި ރާއްޖޭގައި ބައިސްކަލް ދުއްވާ މީހުންގެ ނިސްބަތް އިތުރު ކުރުމުގެ ގޮތުންނާއި ދުޅަހެޔޮ ސިއްހަތަކަށާއި ތިމާވެށި ހިމަޔާތް ކުރުމުގެ ގޮތުން ބައިސްކަލް ދުއްވުން މީހުންގެ ކިބައިގައި އަށަގެންނެވުމުގެ ގޮތުން 2015 ވަނަ އަހަރު އުފެއްދި ބައިކް މޯލްޑިވްސްގެ އަހަރީ ޑިނާރ ނައިޓް ބާއްވާފައި ވަނީ އާދިއްތަ ދުވަހުގެ ރޭ ސްޓެލޯކޯ އިމާރާތުގެ ޓެރަހުގައެވެ. އެ އެސޯސިއޭޝަނުގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވި މި ޑިނާރ ނައިޓް ޝަރަފްވެރި ކޮށްދެވީ ޑރ. މުހައްމަދު އަލީއެވެ.

މި ޑިނާރ ނައިޓްގައި އެ އެސޯސިއޭޝަނުން ވަނީ ލ. އަތޮޅުގައި އެ އެސޯސިއޭޝަނުން ހިންގި ހަރަކާތްތަކުގައި ވަނަވަނަޔަށް ދިޔަ ފަރާތްތަކަށް އިނާމު ދީފައެވެ. ހަމައެހެންމެ މި ޑިނާރ ނައިޓްގައި އެ އެސޯސިއޭޝަނުގެ ހަރަކާތްތަކާ ބެހޭ ހާއްސަ ފޮޓޯ މައުރަޒެއް ހުޅުވުމާއި އެ ހަފްލާގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ލަކީ ޑްރޯއެއް ވެސް ވަނީ ނަގާފައެވެ. މި ލަކީ ޑްރޯއިން ހޮވުނު ފަރާތަކަށް އެ އެސޯސިއޭޝަނުން ވަނީ ބައިސްކަލެއް ހަދިޔާ ކޮށްފައެވެ.

މި ޑިނާރ ނައިޓްގެ އެންމެ ހާއްސަ ކަމެއްގެ ގޮތުން އެއްގަމު އުޅަދެއްގެ ގޮތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ބައިސްކަލް ބޭނުންކުރި 13 ފަރާތަކަށް ވަނީ ޝަރަފުވެރިކަމުގެ އިނާމު ދީފައެވެ. އެގޮތުން މި އިނާމުތައް ލިބިފައި ވަނީ ޑރ. މުހައްމަދު އަލީ، އަބްދުލް ޣަނީ ޔޫސުފް، މުހައްމަދު އަލީ، މުހައްމަދު ޔޫސުފް، އަލީ ވަހީދު، ޑރ. މުހައްމަދު އަހުމަދު، އައިޝަތު ޝާހީން، ނުޒުހަތު ޝަމީމް، އަހުމަދު އަލި މަނިކު، ރަޝާދު މުހައްމަދު، މުހައްމަދު ހަލީމް، އާދަމް އިބްރާހިމް ފުޅު އަދި މުހައްމަދު ނާޒިމް އަށެވެ.

ހަމައެހެންމެ އެ އެސޯސިއޭޝަނުން ވަނީ ހައުސިން މިނިސްޓްރީން އެ އެސޯސިއޭޝަނަށް ދެމުން އަންނަ އެހީތެރިކަން ފާހަގަކޮށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހާއްސަ ހަދާނީ ލިޔުމެއް އެ މިނިސްޓްރީއަށް އަރުވާފައެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން މި ހަދާނީ ލިޔުމާ ހަވާލުވެވަޑައިގަތީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ވަހީދު އެވެ.

ބައިކް މޯލްޑިވްސްގެ މެމްބަރުންގެ ގޮތުގައި އެކި އުމުރުފުރައިގެ މީހުން ހަރަކާތްތެރިވަމުން އަންނަ އިރު އެ އެސޯސިއޭޝަނުން އަންނަނީ ދުޅަހެޔޮ ސިއްހަތަކަށާއި ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ބައިސްކަލްއަށް މީހުން އަހުލުވެރި ކުރުވުމުގެ ގޮތުން ތަފާތު އެކިއެކި ހަރަކާތްތަށް ހިންގަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމީނިއްޔާ ސްކޫލްގެ 75 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ފޯރިގަދަ ފުޓުބޯޅަ މެޗެއް ކުޅެފި

އަމީނިއްޔާ ސްކޫލްގެ 75 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ފޯރިގަދަ ފުޓުބޯޅަ މެޗެއް ކުޅެފި

28 އެޕްރީލު 2019
މަމެން އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕް މިމަހުގެ 26 އަދި 27 ވަނަ ދުވަހު

މަމެން އިންޓަރ ސްކޫލް ބައިކް ޗެމްޕިއަންޝިޕް މިމަހުގެ 26 އަދި 27 ވަނަ ދުވަހު

23 އެޕްރީލު 2019
މޯލްޑިވްސް ޓޫރިޒަމް ކްލަބުގެ އަހަރީ ޖަލްސާ ބާއްވައިފި

މޯލްޑިވްސް ޓޫރިޒަމް ކްލަބުގެ އަހަރީ ޖަލްސާ ބާއްވައިފި

12 ފެބުރުއަރީ 2019
ވީއޭއެމްގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

ވީއޭއެމްގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

17 އޮކްޓޯބަރު 2018
އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ ކާމިޔާބުކަމާއެކު ނިންމާލައިފި

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާ ކާމިޔާބުކަމާއެކު ނިންމާލައިފި

22 އެޕްރީލު 2018

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު