ފުލުހުންގެ އިންޓެލިޖެންސް ކަމަށް ބުނެ، ފަރިވާ ސްޓޭއިން ފޭރިއްޖެ
12 ނޮވެމްބަރު 2020 | ބުރާސްފަތި 02:12އެތާގެ 3 މުވައްޒަފުން ސްލިޕް އަޅުވާ ވަނީ ބަދެފައި

އަމްނާ އިމާދު | 12 ނޮވެމްބަރު 2020 | ބުރާސްފަތި 02:12
ފުލުހުންގެ ޚާއްސަ އޮޕްރޭޝަނެއްގެ ތެރެއިން،
ފުލުހުންގެ އިންޓެލިޖެންސް ކަމަށް ބުނެ، ފަރިވާ ސްޓޭއިން ފޭރިއްޖެއެއެވެ.
ފުލުހުން ބުނީ ބުދަ ދުވަހުގެ ހެނދުނު ވަގުތެއްގައި މާލެ މަޖީދީމަގު ފަރިވާ ސްޓޭއަށް ވަން ތިން މީހަކު ވަނީ ތިމަންނާމެންނަކީ ޕޮލިސް އިޓެލިޖެންސުގެ ބަޔެއް ކަމަށް ބުނެ އެތަނުގައި ތިބި ތިން މުވައްޒަފުންގެ ކްލިޕް އަޅުވާ ބަނދެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެތަނުގެ ބައެއް ތަކެތި ފޭރިގަނެގެން ގޮސްފައިވާ މައްސަލައެއް ހުށަހަޅާފައިވާ ކަަމަށެވެ. މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





