Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދުނިޔޭގެ ހުރިހާ ބައްރުތަކަށް ރާއްޖެ ހުޅުވާލުން

ދުނިޔޭގެ ހުރިހާ ބައްރުތަކަށް ރާއްޖެ ހުޅުވާލައި، އައު އަހަރު 11 މިލިއަން ބެޑުނައިޓަށް އަމާޒު ހިފަނީ!

ކޮވިޑް19 ގެ ބަލިމަޑުކަމުގައި، ރާއްޖޭގެ ވައިގެ ދޮރާށިތައް ތަޅުލި

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2020 | ބުދަ 12:14
ދުނިޔޭގެ ހުރިހާ ބައްރުތަކަށް ރާއްޖެ ހުޅުވާލުމަކީ އަމާޒެއް

ދުނިޔޭގެ ހުރިހާ ބައްރުތަކަށް ރާއްޖެ ހުޅުވާލުމަކީ އަމާޒެއް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުގެ 2 ވަނަ އަހަރުގެ ތެރޭގައި، މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް 19 ގެ ބަލިމަޑުކަމުގައި، ރާއްޖޭގެ ވައިގެ ދޮރާށިތައްވެސް ތަޅުލީ، މުޅި ދުނިޔެއާ އަތުގުޅާލައިގެން ރާއްޖެ އޮވެ، މި ބަލިމަޑުކަމުން ރާއްޖެވެސް އަރައިގަތުމަށެވެ. ދުނިޔޭގެ ވައިގެ ދޮރާށިތައް ތަޅުލުމާ ހަމައިން ދުނިޔޭގެ ފަތުރުވެރިކަން ހުއްޓި، ރާއްޖޭގެ ރިސޯޓުތަކާ، ހޮޓާތަކާ، ގެސްޓުހައުސްތަކާ، ސަފާރީތަކުގެ ޚިދުމަތް ހުއްޓުމަކަށް އައެވެ.

މިއީ، ރާއްޖެފަދަ ގައުމެއްގެ އިގްތިސާދަށް ކުރިމަތިވި، އެންމެ ބޮޑު ހީނަރުކަމެވެ. 2019 ވަނަ އަހަރުގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، ފަތުރުވެރިކަމުން ރާއްޖޭގެ ޖީޑީޕީއަށް އެ އަހަރު ޙިއްސާ ކޮށްފައިވަނީ، 26.3 އިންސައްތައެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އަންދާޒާ ކުރާ ގޮތުގައި، ރާއްޖޭގެ ޓޫރިޒަމް ސިނާއަތާއި އަދި ގުޅިފައިވާ އެހެނިހެން ދާއިރާ ތަކާއެކު، ހަމައެކަނި ފަތުރުވެރިކަމާއި ގުޅުންހުރި ދާއިރާތަކުން، ޖީޑީޕީގެ 70 އިންސައްތަ، ފަތުރުވެރިކަމުން ހިއްޞާކުރާނޭކަމަށް ބެލެވެއެވެ. މިދެންނެވި ތަފާސް ހިސާބުތަކަށާއި އަންދާޒާތަކުން އެނގެނީ، ފަތުރުވެރިކަން ހުއްޓުމުން، ރާއްޖޭގެ އިގްތިސާދަށް ކުރާނޭ ނޭދެވޭ އަސަރެވެ. އެހެން ނަމަވެސް 2021 ށް، އަމާޒުކޮށް، ރާއްޖޭގެ ފަތުރުވެރިކަމަށް ދިރުން ގެނުވަން ކުރައްވާ މަސައްކަތްތައް، ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މައުސޫމް، ރާއްޖެ ޓީވީއަށް، ދެއްވި ޚާއްސަ އިންޓަރވިއު އެއްގައި ވަނީ ހާމަކޮށް ދެއްވައިފައެވެ.

މިނިސްޓަރ ޑރ. މައުސޫމް ހާމަކުރެއްވި ގޮތުގައި، 2021 ވަނަ އަހަރަށް މަރުޙަބާ ކިޔާއިރު، ފަތުރުވެރިކަން އިޔާދަވާން ފަށާނެކަމަށް ލަފާކޮށް 2021 ވަނަ އަހަރު 1 މިލިއަން ޓޫރިސްޓުން ރާއްޖޭ ގެނައުމަކީ އަމާޒެކެވެ. ނަމަވެސް ރާއްޖޭގައި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ދުވަސް އިތުރު ވާނޭކަމަށް ފެންނާތީ 2019 ވަނަ އަހަރުގެ ބެޑްނައިޓްސް އަށްވުރެން ގިނަ ބެޑްނައިޓްސް، 2021ގައި ލިބޭނޭކަމުގެ އުންމީދުބޮޑެވެ. އެހެން ކަމުން އެމަނިކުފާނު އަމާޒު ކުރައްވަނީ، 11 މިލިއަން ބެޑްނައިޓްސްއަށެވެ.އެއީ 2019 ވަނަ އަހަރު، ރެކޯޑު ކުރެވުނު، 10.6 މިލިއަން ބެޑްނައިޓްސް އާއި އަޅާބަލާއިރު، އެމަނިކުފާނު ކުރިމަތިލައްވާ ބޮޑު ޗެލެންޖެކެވެ. މިކަމުން އެނގެނީ، ރައީސް ސާލިހުގެ ސަރުކާރުން ރާއްޖޭގެ ފަތުރުވެރިކަން ކުރިން އޮތް ޙާލަތަށް ޢިޔާދަކުރަން ޢަޒުމް ކަނޑައަޅައިފާ އޮތް މިންވަރެވެ.

ކޮންމެ އަކަސް، މި އަހަރުގެ ޖުލައި މަހުގެ 15ގައި، ރާއްޖޭގެ ބޯޑަރު، ފަތުރުވެރިކަމަށް ހުޅުވައިލީ، ރާއްޖެ ލޮކްޑައުންގައި އޮތް ދުވަސްވަރު، ސަރުކާރުން ރިސޯޓުތަކަށް އެތައް ލުއިތަކެއް ދީފައި އޮތް ދަނޑިވަޅުގައެވެ. މީގެ ތެރޭގައި، އިންޑަސްޓްރީއަށް ސަރުކާރުން މާލީ އެހީ، ލޯނުގެ ގޮތުގައި ދީފައިވެއެވެ. މީގެ ތެރޭގައި، ރިޒޯޓު ތަކުގެ ލޭންޑް ރެންޓްވަނީ 3 ވަނަ އަދި 4 ވަނަ ކުއާރޓަރ ޑިފަރވެސް ކޮށްދީފައިވެއެވެ. މިދެންނެވި ކަންކަމުން އެނގެނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް، މި ސަރުކާރުން އިސްކަންދީ، ހޭހަންކޮށްދީ، ލުއި ދިނުމުގައި އޮތް ދީލަތި ސިޔާސަތެވެ.

ރާއްޖޭގެ ބޯޑަރު ފަތުރުވެރިކަމަށް ހުޅުވާލި ނަމަވެސް، ދުނިޔޭގެ އެއަރލައިން ތަކުގެ ދަތުރުތައް، އިހު އޮތް ގޮތަށް ފެށިގެން ނުދިއުމާއި އަދި ގިނަ ގައުމުތަކުގެ ބޯޑަރުތައްވެސް، އިހު އޮތް ގޮތަށް ޢާންމުކޮށް ހުޅުވާލައިފައި އޮތް ވަގުތަކަށް، އެ ވަގުތު ވެފައި ނެތުމުން، ރާއްޖެއަށް އޭރު އަންނަމުން ދިޔައީ ދާދި މަދު ފަތުރުވެރިއެކެވެ. އެހެން ނަމަވެސް މި ހާލަތު މަޑުމަޑުން ރަނގަޅުވާން ފެށިއިރު، ރާއްޖެ މާކެޓު ކުރުމުގައި މުޅި ދުނިޔެ ޝާމިލް ކުރުމަކީ، ޓޫރިޒަމްގެ އަމާޒަކަށް މި އޮތީ ވެފައެވެ.

ޓޫރިޒަމް މިނިސްޓަރ ވިދާޅުވެފައިވާ ގޮތުގައި، ކުރިން ރާއްޖެއަށް އަންނަމުންދިޔަ، އެހެންނަމަވެސް މިހާރު މެދު ކަޑާލާފައިވާ ފްލައިޓްތައް އިތުރުވުމަކީ، ކުރިމަގަށް ކުރެވޭ ވަރަށް ބޮޑު އުންމީދެކެވެ. މި ގޮތުން މިހާރު އަންނަ ޕްލައިޓްތައްވެސް ރޫޓަށް ބަދަލު ގެނެސްގެން، އިތުރު ޤައުމުތަކުން ފަތުރުވެރިން ރާއްޖެއަށް އައުމަށް މަގު ފަހިވުމަކީ، ކުރިމަގަށް ކުރެވޭ ވަރަށްބޮޑު އުންމީދެކެވެ.

މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް، ރާއްޖެ ޓީވީއަށް ދެއްވި މިޚާއްސަ އިންޓަރވިއުގައި، ހާމަކޮށްދެއްވި ގޮތުގައި، ރާއްޖެ މާކެޓު ކުރަން އަމާޒު ހިފައިފައި އޮތީ، މިހާރު މެއިން ސްރީމް ހުރިހާ މާރކެޓް ތަކަށް އަމާޒު ކޮށްގެންނެވެ. އެގޮތުން ޗައިނާ އަދި އިންޑިއާ މާރކެޓްގެ އިތުރުން، ރާއްޖޭގެ ޓްރެޑިޝަނަލް މާރކެޓްތައް ކަމަށްވާ އިޓަލީ، ޖާރމަނީ، ޔޫކޭ އަދި ރަޝިއާއަށް ވެސްވަނީ އަމާޒު ކުރެވިފައެވެ. ހަމަ އެހެންމެ އަލަށް އަރައިގެން އަންނަ އިކޮނޮމީ ތަކަށް ރާއްޖޭގެ ޓޫރިޒަމް ތައާރަފު ކުރެވިގެން ދާނެއެވެ. އަދި ރާއްޖޭގެ ޓޫރިޒަމްގައިވެސް ތަފާތު ބާވަތްތައް ތަޢާރަފުވެގެން ދާނެއެވެ. މީގެ ތެރޭގައި ޑައިވިންގ،އާއި އީކޯ ޓޫރިޒަމާއި، ލިޔުންތެރިންނަށް ޚާއްސަކޮށްގެން ވެސް، ރާއްޖެ ތަޢާރަފް ކުރާނެއެވެ. އެހެން ކަމުން އަމާޒަކީ، ދުނިޔޭގެ ހުރިހާ ބައްރަކަށްވެސް ރާއްޖެ ތަޢާރަފު ކުރުމެވެ. މީގެ އިތުރުން ނީޝް މާރކެޓްތަކަށް ރާއްޖެ ތަޢާރަފަކުރުންވެސް ހިމެނެއެވެ.

މި ދެންނެވި ކަންކަމުން އެނގި ހާމަވެގެން ދަނީ، މި ސަރުކާރުން، ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް ތަޢާރަފު ކުރުމުގައި ފުރޮޅާނުލާނެ އެންމެ ގައުކޮޅެއްވެސް ނެތް ކަމެވެ. ޚާއްސަކޮށް 2021 ގައި، ދިވެރާއްޖެއިން 11 މިލިއަން ބެޑްނައިޓްސްއަށް އަމާޒުކުރުމުން އެނގެނީ، ރާއްޖޭގެ ފަތުރުވެރިކަން ޢިޔާދަކުރަން، ރާއްޖެއިން ކަނޑައަޅާފައި އޮތް ޢަޒްމުގެ ވަރުގަދަ ކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު