Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިޔާސީ ބިރުވެރިކަމުން ރާއްޖެ އަމާންވުން

ރާއްޖެއިން މިފެންނަ އަމާންވެއްޓާއި ރައީސް ޞާލިޙުގެ ޑިމޮކްރެޓިކް ލީޑަރޝިޕް

ސިޔާސީ ބޭނުމަށް ރައީސް ޔާމީންގެ ސަރުކާރުން ސިޔާސީ އެތައް ލީޑަރުންނެއް ހައްޔަރުކޮށް ޖަލަށް ލެއްވި

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2020 | ބުދަ 10:54
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަންގެ ލީޑަރުން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަންގެ ލީޑަރުން

ރައީސް އިބްރާހިމް މުޙައްމަދު ސާލިހު، ރާއްޖޭގެ ރައީސުލްހުމްހޫރިއްޔާ ކަމުގެ މަޤާމަށް ވަޑައިގަތުގެ ކެންޕޭން ކުރިއަށް ދިޔައިރު، ރާއްޖޭގެ ޖަލުތަކުގެ ތޭރިތަކުގެ ފަހަތުގައި ފެންނާންތިބި ސިޔާސީ ލީޑަރުންނާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެމަނިކުފާނު އިންތިޚާބު ވެއްޖެނަމަ، މިނިވަން ކޮށްދެއްވާނެ ކަމަށް ވިދާޅުވީ، ޚުދު އެމަނިކުފާނުގެ ނަޒަރުގައިވެސް މިދެންނެވި ބޭފުޅުންނަކީ، ސިޔާސީ ބޭނުމަކަށްޓަކާ، ރައީސް ޔާމީންގެ ސަރުކާރުން ހައްޔަރުކޮށްފައިތިބި ބޭފުޅުންނަށްވީތީއެވެ

މިދެންނެވި ތޭރިތަކުގެ ފަހަތުން އޭރު ފެންނާން ހުންނެވި އެއް ބޭފުޅަކީ، 30 އަހަރު ރާއްޖޭގައި ރައީސްކަން ކުރެއްވި، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމެ އެވެ. ހަމައެއާއެކު، އެމަނިކުފާނުގެ ދޮށީ ދަރިކަލުން ފާރިޝް މައުމޫނާއި ދަނބިދަރިކަލުންވެސް އޭރު ހުންނެވީ ޖަލުގައެވެ.

ޖަލުގައި އޭރު ތިއްބެވި ބޭފުޅުންގެ ތެރޭގައި، ކާނަލް ނާޒިމާ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ހިމެނިވަޑައިގަންނަވަ އެވެ. ހަމަ އެހެންމެ އަމިއްލަފުޅަށް ރާއްޖެއިން ބޭރަށް އަރުވާލެއްވިގެން ތިއްބެވި، ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީންގެ ނައިބު ރައީސްކަމުން ވަކިކުރެއްވި ޑރ. މުޙަންމަދު ޖަމީލް އަޙުމަދާ، މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޤާސިމް އިބްރާހިމާއި، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙުމަދު ނާޒިމާއި، މިނޫންވެސް ކިތަންމެ ބޭފުޅުންނެއް، ތިއްބެވި. އެބޭފުޅުން އޭރު އިންތިޒާރު ކުރައްވަމުން ގެންދެވީ، ދިވެހިރާއްޖެއަށް އެނބުރި ވަޑައިގެންނެވޭނެ ދުވަހަކަށެ އެވެ.

ސިޔާސީ އެތައް ބޭފުޅަކަށް އެދުވަހު ކުރިމަތި ވެފައި އޮތް، މިދެންނެވި ބިރުވެރި ކަމުގެ އިތުރުން، އޭރު އޮތް ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ އޮޕޮޒިޝަން ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނާއި، ރައީސް ސާލިޙާއެކު ކޮއެލިޝަން ހަދާފައިވާ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންވެސް، މިދެންނެވި ދުވަހު ތިއްބެވީ، މަޖިލީހަށް ވެދެވަޑައިގެންނެވޭނެ ގޮތެއް ނެތިފަ އެވެ. އޭރު ފެންނާން އޮތީ، ސިޔާސީ މުޙަންނިކުންގެ ޢިބާރާތުން ދަންނަވާނަމަ، އިދިކޮޅު ފަރާތްތަކަށް "ހައިޖެކް" ކުރެވިފައި އޮތް މަޖިލީހެކެ އެވެ.

އަނެއްކޮޅުން އެބައެއްގެ ގޮނޑީގެ ސައްޙަކަން ކަށަވަރު ނުކުރެވިގެން، އެއީ ޙަގީގަތުގައިވެސް އިންތިޚާބީ މެންބަރުންތޯ؟ ސުވާލު އުފެދިފައި ތިއްބެވި ކިތަންމެ މެންބަރުންނެއްވެސް ތިއްބެވީ މަޖިލީހަށް ޙާޒިރުވުން މަނާކުރެވިފަ. ހަމަ އެހެންމެ، ޚިޔާލު ފާޅުކުރުމުގައި މިނިވަން މީޑިއާގެ، ދައުރު އަދާކުރަމުން އައި، ރާއްޖެ ޓީވީއަށް ކުރިމަތި ވަމުން ދިޔައީ، އެތައް މިލިއަން ރުފިޔާއަކުން ޖޫރުމާނާ ކުރުމުގެ ސިލްސިލާތަކާއި، އެހާމެ ބޮޑު ބިރުވެރިކަމެކެ އެވެ.

ކާނަލް ނާޒިމްގެ ކޮޓަރިކޮޅުން ފިސްތޯލައެއް ފެނުނު ކަމުގެ ތުހުމަތުގައި، ނާޒިމް ޖަލުގައި ބަންދުކުރި ދުވަސްވަރަށްފަހު، ދެން އައީ ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމުގެ ތުހުމަތުގައި، ތަޙުގީގުތަކެއްގެ އައު ބާބެއް ހިނގަމުންދިޔަ ވަގުތެއް. ދެން ފެނުނީ، އޭރު ހުންނެވި ރައީސް ޔާމީންގެ ނައިބު ރައީސް އަޙުމަދު އަދީބު، ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައި އެނބުރި ގައުމަށް ވަޑައިގަތް ތަނުން ހައްޔަރުކޮށް، އަދީބުގެ ތަޙުގީގު ފެށުނު މަންޒަރު. ބިރުވެރިކަމުން ފުރިގެންވި، މި މަސްރަޙުގެ ތެރެއިން، ކުއްލިއަކަށް ދިވެހިރާއްޖޭގެ ފުރަމާލެއަށްވެސް ޚަބަރު ނޭގޭ ހަތިޔާރު ތަކެއްގެ ބިރުވެރިކަންވެސް ފެތުރިގަތެ އެވެ.

މިދެންނެވި ވަގުތަކީ، އޭރު އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލަކާއި ގުޅިގެން، ޚިޔާލު ފާޅުކުރުމާ ނޫސްވެރިކަމަށް، އޭގެ ކުރިން ކަށަވަރުވެފައި އޮތް މިނިވަންކަމަށްވެސް ހިޔަނި އެޅިފައި އޮތް ވަގުތެކެ އެވެ. އެހެންކަމާއެކު، ބަސްބުނަން ފަސްޖެހިފައި ތިބީ، ހަމައެކަނި ސިޔާސީ މީހުން އެކަންޏެއްނޫނެ އެވެ. ނޫސްވެރިން އެކަންޏެއްވެސް ނޫނެ އެވެ. ރައްޔިތުންގެ ތެރޭގައިވެސް، މިނިވަން ޚިޔާލަށް އޮތް ބިރުވެރިކަން އޮތީ އިންތިހާގަ އެވެ.

އެމައްޗަށް އަމަލުކުރަން ކޮންމެ ރައީސަކާ، ކޮންމެ މުއައްސަސާއަކާ، ކޮންމެ ފަރުދަކަށްވެސް ލާޒިމްވެފައިއޮތް، ދިވެހިރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީގެ ގާނޫނު އަސާސީ، މިދެންނެވި ދުވަހު ފެންނާން އޮތީވެސް، ތޭރިތަކުގެ ބިއްދަށުގައޭ ދެންނެވުމަކީ ކުށްބަހަކަށް ނުވާނެ. އެއް ފަހަރަށްވުރެން ގިނަ ފަހަރު އިޢުލާން ކުރެވުނު ސްޓޭޓް އޮފްއިމަރޖެންސީ (އެސް އޯ އީ) ން، މިދެންނެވި ގާނޫނު އަސާސީގެ، އަސާސީ ޙައްގުތަކާ މިނިވަންކަމުގެ ބާބުގައިހުރި، އެތައް މާއްދާ ތަކެއްހެން އޮތީ ހޯލްޑް ކުރެވިފައެވެ. އެ ޙާލަތަކީ، ބޭނުން މީހަކު ތަޙުގީގަށް ހާޒިރު ކުރަން ފުރުސަތު ހުޅުވިފައި އޮތް ވަގުތެ އެވެ. އެހެން ކަމުން، އެ ދުވަހު، ގައުމުން ފެންނަމުން ދިޔައީ، ޑިމޮކްރަސީއެއްގެ ސިފަތަކުގެ މައްޗަށް ޑިކްޓޭޓަރޝިޕެއްގެ ހިޔަނި އެޅި، އޭގެ ވަކިތަކުގެ ދަށުގައި ޑިމޮކްރަސީ ހަނާވެފައި އޮތް މަންޒަރެ އެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙުގެ ރިޔާސީ ދައުރު، ފެށިގެން އައީ، މިދެންނެވި ބިރުވެރިކަމާ، ނާމާންކަމުން ދިވެހި ޖައްވު، ކަޅު ވިލާތަކުން ބޯވެފައި އޮއްވަ އެވެ. އެހެން ނަމަވެސް ރައީސް ސާލިޙުގެ ޑިމޮކްރެޓިކް ވިސްނުންފުޅާ، އެމަގަށް ބައްޓަން ކުރެވުނު ސިޔާސަތުގެ ވައިގާ، މިދެންނެވި ވިލާތައް ދިވެހި އުދަރެހުން ކެހެންފަށައިފި އެވެ.

އިސާހިތަކުމެ، ދިވެހި ޖައްވު ސާފުވެ، މޫސުން ރީތިވެގެން ދިޔައިރު، ޖަލުގެ ތޭރި ތަކުގެ ފަހަތުގައި ތިއްބެވި ސިޔާސީ ބޭފުޅުން ތިއްބެވީ މިނިވަންވެފަ އެވެ. އޭރު ޔޫރަޕާ އަވަށްޓެރި ސްރީލަންކާފަދަ ގައުމުތަކުން، ރާއްޖެއަށް އަންނަމުން ދިޔަ ފްލައިޓުތަކުގެ އެރައިވަލްއަކީވެސް، އަމިއްލައަށް އަރުވާލެއްވިގެން ތިއްބެވި ބޭފުޅުންނަށް ވެއްޖެ އެވެ.

ކޮންމެއަކަސް މިހާތަނުން ކުރީގެ ވެރިކަމުގައި އޮތް ޕާޓީ، ޕީޕީއެމް، އިދިކޮޅު ޕާޓީއަކަށް ބަދަލުވެގެން ދިޔައެއް ކަމަކު، އެޕާޓީ ވެރިކަމުގައި އޮތް އިރު، ގައުމަށް ގެނުވި ބިރުވެރިކަން، ރައީސް ސާލިޙުގެ ޒަޢާމަތުގައި، ޚުދު އެ ޕާޓީއަށްވެސް އިޙުސާސް ކުރާކަށް ނުޖެހުނު، މިނިވަންކަމާއެކު ބަސް ބުނަމުންދިޔަ އެ ޕާޓީއަށް ނިސްބަތްވި ޓީވީ ޗެނަލް ބަންދުކުރާކަށްވެސް ނުޖެހުނެ އެވެ. އިދިކޮޅު ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގާ މިނިވަންކަމާއެކު، ހަރަކާތްތެރި ވުމުގެ ފުރުސަތުވެސް އެބަ އޮތެ އެވެ. އަނެއްކޮޅުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން، މިއަދުގެ އިދިކޮޅު ޕާޓީއަށްވެސް އެބަ އޮތް. އެހެން ކަމާއެކު، ފެންނަމުން މިދަނީ ދެ ޒަޢާމަތެއްގެ ތަފާތޭ ދެންނެވިދާނެއެވެ.

ގައުމުން މިއަދު ފެންނާން މި އޮތީ ދެ ޤާއިދެއްގެ ލީޑަރޝިޕްގެ ތަފާތޭވެސް ދެންނެވިދާނެއެވެ. އިއްޔެ ގައުމުން ފެނުނު ބިރުވެރިކަމާ ނާމާންކަން، މިއަދު ފެންނާން ނެތުމީ، މާޒީގެ ތެރޭގައި، އެ އިޙުސާސާ، އެ ވާހަކަތަކާ، އެ ހަނދާންތަކާ، އެ ޒަޚަމްތަކުގެ ފާރުތަކުގެ ލަކުނުތައް ނެތުމެއްނޫނެ އެވެ. ރައީސް ސާލިޙުގެ ސަރުކާރުން ގެނެސްދިން އަމާންވެށީގައި، މިނިވަންކަމާއެކު އުދުހިއުޅޭ ދޫނިތައްވެސް، ހަމަ ގައިމުވެސް، އެ ހަނދާންތަކުގެ ރާގުތައް، މިއަދުވެސް އިއްވާނެ ކަން ކަށަވަރެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު