Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސޯލިހުގެ ސަރުކާރަށް 2 އަހަރު

ސީރިޔާ ހަނގުރާމައަށް ދިޔަ މީހުން އަންނަ އަހަރު ގެންނާނަށް، ސަރުކާރުގެ ޕޮލިސީއަކަށް ބަދަލެއް ނާދޭ: އިމްރާން

11 ނޮވެމްބަރު 2020 | ބުދަ 16:57

އެފަދަ ތަނަކަށް ދިވެއްސަކު ދިއުމުގެ ފުރުސަތު ނުލިބޭ ވަރަށް ފިޔަވަޅުތައް ހަރުދަނާ ކޮށްފިން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 11 ނޮވެމްބަރު 2020 | ބުދަ 16:57
ހޯމް މިނިސްޓަރ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގެ ތެރެއިން

ހޯމް މިނިސްޓަރ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގެ ތެރެއިން

ސީރިޔާގައި ހިނގާ ދާހިލީ ހަނގުރާމައިގައި ބައިވެރިވި ފަރާތްތައް އަންނަ އަހަރު ގެންނާނެކަމަށާއި އެކަމުގައި ސަރުކާރުގެ ޕޮލިސީ ބަދަލުނުވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރ އިމްރާން ވިދާޅުވީ، ފާއިތުވެގެންދިޔަ ދައުރުގައި ސަރުކާރުގައި ހިމެނޭ ބައެއް ފަރާތްތަކުގެ އިހުމާލުން، ޒިންމާއަދާނުކުރެވުމުގެ ސަބަބުން ބައެއް ފަރާތްތަކުން އެ ސަރަހައްދުތަކަށް ދަތުރުކޮށްފައިވާކަމަށެވެ.

Advertisement - newsAdvertisement

މި ސަރުކާރުން މި މައްސަލައާއި ގުޅިގެން އަޅާފައިވާ އެންމެ މުހިންމު ފިޔަވަޅަކީ، އެފަދަ ތަނަކަށް ދިވެއްސަކު ދިއުމުގެ ފުރުސަތު ނުލިބޭ ވަރަށް ފިޔަވަޅުތައް ހަރުދަނާކުރުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެ ސަރަހައްދުގައި ތިބި މީހުންގެ ތެރެއިން، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންގެ އިންސާނިއްޔަތުގެ ހާލަތައްޓަކައި އާއިލާތަކުގެ އެދުމުގެ މަތިން އެފަރާތްތައް ގެނެސް ރިހިބިލިޓޭޓް ކުރުމަށް ވަރަށް ހާއްސަ އިސްކަމެއް ސަރުކާރުން ދީ އެންއާރްސީ ގާއިމްކޮށްފައިވާކަމަށެވެ. އަދި، މިއަދު މިތިބީ އެގޮތަށް ގެނެވޭ ފަރާތްތައް ރިސީވް ކުރުމަށް ތައްޔާރައްކަމަށާއި މަރުކަޒުގެ ހާލަތު އެވަރަށް ގެންދެވިފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު ފެށޭއިރަށް އެތަނުގެ ޕްރޮގްރާމްތަކާއި އެހެނިހެން ކަންކަންވެސް ފެށިގެންދާގޮތަށް ހަމަޖެހޭނެކަމަށެވެ. އަދި ސަރުކާރުން ގަބޫލުކޮށްގެން ތިބީ، މިއަހަރުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ހަނގުރާމައަށް ދިޔަ ފަރާތްތައް އަނބުރާ ގެނެވޭނެކަމަށެވެ. ނަމަވެސް އެ މީހުން ނުގެނެވުނި ސަރަހައްދުގެ، ހާލަތައް އައި ބަދަލާއި ހަނގުރާމަވެރި ހަރަކާތްތަކަށް އައި ބދަލުގެ އިތުރުން ޕެންޑެމިކާއި ގުޅިގެން ދަތުރުފަތުރު ކުރުމަށް އައި ގޮންޖެހުންތަކާއި ގުޅިގެން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އަންނަ އަހަރު ހާލަތު ބަދަލުވެއްޖެނަމަ، ބައެއް އާއިލާތައް އަނބުރާ ގެންނާނެކަމަށެވެ. މި އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި މީހަކު ބަންދު ކޮށްގެން ވަނީ ރިހެބިލިޓޭޓް ކުރަން ފަށަފައިފައެވެ.

ރީއިންޓަގްރޭޝަން ސެންޓަރުގައި އޭނާ ބަންދު ކުރެވުނު ހޯމް މިނިސްޓްރީން ސިފަކޮށްފައިވަނީ ޓެރަރިޒަމްގެ ނުރައްކަލުން ރައްޔިތުން ރައްކާތެރި ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްގެ ގޮތުގައެވެ. އެގޮތުން ހަރުކަށިފިކުރު ފެތުރުން ހުއްޓުމަށް ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންއަންނަ މުއައްސަސާތަކާއި ސަރުކާރުގެ އެހެން މުއައްސަސާތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ގާއިމް ކުރެވިފައިވާ ރީއިންޓަގްރޭޝަން ސެންޓަރަކީ މި ފަދަ ހަނގުރާމަތަކުގައި ބައިވެރި ވުމަށް ފަހު އަނބުރާ ރާއްޖެ އަންނަ ފަރާތްތައް މުޖުތަމައުއަށް ދޫކޮށްލުމުގެ ކުރިން ރިހެބިލިޓޭޓް ކުރުމަށް ގެންދާ މަރުކަޒުތަކެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް