Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުހުޅުމާލެ ކޮމިއުނިޓީ އަރބަން ފަރމިންގ

"ކޮމިއުނިޓީ އަރބަން ފަރމިންގ" އަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައި: އެޗްޑީސީ

9 ނޮވެމްބަރު 2020 | ހޯމަ 07:37

މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ "ނެއިބަރހުޑް 3" ގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 9 ނޮވެމްބަރު 2020 | ހޯމަ 07:37
ހުޅުމާލެ، \"ކޮމިއުނިޓީ އަރބަން ފަރމިންގ\" ޕްރޮޖެކްޓްގެ ކުރެހުމެއް

ހުޅުމާލެ، \"ކޮމިއުނިޓީ އަރބަން ފަރމިންގ\" ޕްރޮޖެކްޓްގެ ކުރެހުމެއް

ހުޅުމާލެ، "ކޮމިއުނިޓީ އަރބަން ފަރމިންގ" ޕްރޮޖެކްޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިިއިރު ގިނަ ބަޔަކު މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

މިކަމުގެ މައުލޫމާތު "ރާއްޖެއެމްވީ" އަށް ދެމުން އެޗްޑީސީން ބުނީ ފޯމް ހުށަހެޅުމަށް މުއްދަތު އިތުރުކޮށް ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔައީ މި މަޝްރޫއަށް ބޮޑު ތަރުހީބެއް ލިބިފައިވުމާއި އެކު، ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން ބައެއް މައުލޫމާތު ފުރިހަމަ ނުވެ ހުރުމާއި އެކު ފަރާތްތަކަށް އެ މައުލޫމާތު ފުރިހަމަކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

އެހެންކަމުން މުއްދަތު ހަމަވި އިރު ވަރަށް ގިނަ އަދަދެއްގެ ފޯމްތައް ލިބިފައިވާ ކަމަށާއި މިހާރު ދަނީ ފޯމްތައް އެންޓަރ ކުރުމުގެ މަސައްކަތް ކަމަށް އެޗްޑީސީން ބުންޏެވެ. ފޯމް ހުށަހަޅާފައި ވަނީ ކިހާ އަދަދެއްގެ މީހުންނެއް ކަން ސާފު ވާނީ ފޯމްތައް އެންޓަރކޮށް ނިމުމުން ކަމަށް އެޗްޑީސީން ބުންޏެވެ.

މި މަޝްރޫއުއަކީ، "ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމްއެސްއެމްއީސް" (ސީޑްސް) މަޝްރޫޢުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫޢެކެވެ. އެޗްޑީސީން ބުނި ގޮތުގައި މި މަޝްރޫޢު ޚާއްޞަ ކުރެވިފައި ވަނީ، "ރަށްވެހި ދަނޑުވެރިކަން" ނުވަތަ "އަރބަން ފާމިންގ" ކުރިއަރުވައި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ދަނޑުވެރިކަން ކުރާ އައު ޖީލެއް ބިނާ ކުރުމަށެވެ.

އެޗްޑީސީގެ މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭ "ނެއިބަރހުޑް 3" ގައި ހުސް ޖާގައިގެ ގޮތުގައި ކަނޑައެޅިފައިވާ ދެވަނަ ލޮޓްގައި ކަމަށެވެ. އަދި މި މަޝްރޫޢަށް ޖުމްލަ 19,871 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވެއެވެ.

އެޗްޑީސީން މި ސަރަޙައްދު ބަހާލާފައި ވަނީ 600 އަކަފޫޓުގެ 16 ޕްލޮޓަށެވެ. ކޮންމެ ޕްލޮޓެއް ޙަވާލު ކުރެވޭނީ 03 ދަނޑުވެރިންގެ މައްޗަށް އެކުލެވޭ ގުރޫޕަކަށް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި މަޝްރޫޢުގައި ބައިވެރިވުމުގެ ފުރުޞަތު 48 ދަނޑުވެރިޔަކަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި މަޝްރޫޢު ކުރިއަށް ގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ތިން މަސް ދުވަހު އެއްވެސް ފީއެއް ނުނަގާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ހަތަރުވަނަ މަހުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަށް ކޮންމެ ޕްލޮޓަކުން މަހަކު 1275 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. ތިންވަނަ ފިޔަވަހިން ފެށިގެން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ވިޔަފާރި އުސޫލުންނެވެ. އެއީ ހަތްވަނަ މަހުން ފެށިގެން ކޮންމެ މަހަކު ޕްލޮޓަކަށް 2500 ރުފިޔާ ފީއެއް ދައްކަން ޖެހޭ ގޮތަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

08 ޖޫން 2017

ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

08 ޖޫން 2017
ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!
28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
22 މެއި 2017

"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

22 މެއި 2017
"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް
09 މެއި 2017

ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!

09 މެއި 2017
ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!
04 އެޕްރީލު 2017

ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ

04 އެޕްރީލު 2017
ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ
19 މާރިޗު 2017

ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި

19 މާރިޗު 2017
ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި
24 ފެބުރުއަރީ 2017

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް