Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީންގެ މަރު

ޔާމީންގެ މަރަކީ މިނިވަން މީޑީއާއަށް ދިން ހަމަލާއެއް: ސަރުކާރު

23 އެޕްރީލު 2017 | އާދީއްތަ 15:38

އިންސާފު ހޯދައިދިނުމަށް ސަރުކާރުގެ ހުރިހާ ވަޞީލަތްތަކެއް ބޭނުން ކުރާނަން: ސަރުކާރު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 23 އެޕްރީލު 2017 | އާދީއްތަ 15:38
ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ، ޔާމީން ރަޝީދު

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ، ޔާމީން ރަޝީދު

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ، ޔާމީން ރަޝީދު، ރަޙުމުކުޑަ، އަނިޔާވެރި ގޮތަކަށް މަރައިލުމަކީ މިނިވަން މީޑިއާއަށް ދީފައިވާ ހަމަލާއެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

ޔާމީންގެ މަރާއި ގުޅިގެން، ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާގެ މަރަކީ ރާއްޖޭގެ ސޯޝަލް މީޑިއާއަށް ލިބުނު އުނި ކަމެއް ކަމަށާ، މިއީ ރާއްޖޭގެ ޑިމޮކްރަސީއަށާއި މިނިވަން މީޑީއާއަށް ދިން ހަމަލާއެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުގެ ބަޔާނުގައި ޔާމީންގެ އާއިލާއަށް ތައުޒިޔާ ކިޔައި، އިތުރަށް ބުނެފައިވަނީ، މި ޖަރީމާ ހިންގި ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަޞީލަތްތަކެއް ބޭނުން ކުރާނެ ކަމަށެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިހާރު ތަހުގީގު ކުރަމުންދާއިރު، މިފަދަ މައްސަލަތަކުގެ ތަހުގީގަށް ބޭނުންވާ ފުލުހުންގެ އޮޕަރޭޓިންގ ޕްރޮސީޖަރ މުޠާލިއާ ކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާކަންވެސް މި ބަޔާނުގައި ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ބުނީ އެ މަސައްކަތަކީ ރާއްޖޭގެ ނޫސްވެރިންނާއި އާންމު ފަރުދުންނަށް ލިބޭ އިންޒާރުތަކަށް އަވަސް ފިޔަވަޅު އެޅުމަށް މަގުފަހިކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

އުމުރުން 29 އަހަރުގެ ޔާމީން މަރާލުމާއި ގުޅިގެން، މިއީ ސޯޝަލް މީޑިއާއަށް ލިބުނު އުނި ކަމެއް ކަމަށާ، މިއީ ރާއްޖޭގެ ޑިމޮކްރަސީއަށާއި މިނިވަން މީޑީއާއަށް ދިން ހަމަލާއެއްގެ ގޮތުގައި ސަރުކާރުން ސިފަކޮށްފައިވާއިރު، ޔާމީން މަރާލުމުގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން އޭނާއަށް ލިބެމުންދިޔަ މަރުގެ އިންޒާރުތައް ފުލުހަށް ހުށައެޅުމުން އެދެވޭ އެއްބާރުލުމަކާއި، ރައްކާތެރިކަން ނުލިބޭކަން ޔާމީން ވަނީ ޓުވިޓަރ ގައި ހާމަކޮށްފައެވެ.

މީގެ އިތުރުން، ސަރުކާރުން ދަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ހައްޔަރުކޮށް، މިނިވަން މީޑިއާއަށް ހުރަސްއެޅުމަށް ޤާނޫނާ އެހެނިހެން ވަޞީލަތްތައް ބޭނުން ކުރަމުންނެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް