Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް 2021

ބަޖެޓް 2021: އިޖުތިމާއީ ރައްކާތެރިކަމަށް 3.7 ބިލިއަން ރުފިޔާ!

ޤަޢުމީ އޮނިގަނޑުގެ ތެރެއިން ދެވެމުންދާ އެހީތައް 2021 ވަނަ އަހަރުގައި ކުރިއަށް ދާނެ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2020 | ހޯމަ 04:59
އާސަންދަ އޮފީސް: އާސަންދަ ސްކީމަށް ވަނީ 718 މިލިއަން ރުފިޔާ ހިމަނާފައި

އާސަންދަ އޮފީސް: އާސަންދަ ސްކީމަށް ވަނީ 718 މިލިއަން ރުފިޔާ ހިމަނާފައި

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމުގެ ސްކީމުތަކަށް 3.7 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާ ދައުލަތުގެ ބަޖެޓު ހުށައަޅުއްވާދެއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ ޤަޢުމީ އޮނިގަނޑުގެ ތެރެއިން ދެވެމުންދާ އެހީތައް 2021 ވަނަ އަހަރުގައި ކުރިއަށް ދާނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ތަކެތީގެ އަގުހެޔޮ ކުރުމަށްދޭ އެހީއާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެހީއާއި، އުމުރުން ދުވަސްވީ ފަރާތްތަކަށް ދޭ އެހީގެ އިތުރުން އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ ހިމެނޭ ކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ 2021 ވަނަ އަހަރު އާސަންދަ ސްކީމަށް ވަނީ 718 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާކަމަށެވެ.

އަމީރު ވިދާޅުވީ ޚަރަދު ބޮޑުވުމަށް މި ނިޒާމުގެ ތެރެއިން އިންސެންޓިވް ތަކެއް އުފެދޭކަމަށެވެ. އަދި ގަބޫލުކުރަންޖެހޭ ހަޤީޤަތަކީ މި ފައިސާއަކީ ވެސް ޓެކްސް އާމްދަނީ އިން ނުވަތަ ދަރަނި ނަގައިގެން ހަމަޖައްސަން ޖެހޭ ޚަރަދުތަކެއް ކަމަށެވެ. އެހެންކަމުން 2021 ވަނަ އަހަރު ވެގެންދަނީ ސިއްހީ އިންޝުރެންސްގެ ނިޒާމުގައި ހުރި އިންއެފިޝަންސީތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާ އަހަރެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވި އެވެ.

އަދި އާސަންދަ އާއި އެހެނިހެން އިޖުތިމާއީ ރައްކާތެރިކަމުގެ ސްކީމުތަކަށް ޖުމްލަކޮށް 2021 ވަނައަހަރުގެ ބަޖެޓުގައި ވަނީ 3.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން ހާމަކުރެއްވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަންޖެހޭ ދެ ބިލިއަން ރުފިޔާ ދެއްކުމަށް ރާއްޖެ އަށް އިތުރު ތިން މަސް ދީފި

އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަންޖެހޭ ދެ ބިލިއަން ރުފިޔާ ދެއްކުމަށް ރާއްޖެ އަށް އިތުރު ތިން މަސް ދީފި

06 އެޕްރީލު 2017
ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

01 މާރިޗު 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު