Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބީއެމްއެލް އިން ކެންސަރ ސޮސައިޓީއަށް އެހީވުން

ބީއެމްއެލް އިން ކެންސަރ ސޮސައިޓީއަށް އެހީގެ ގޮތުގައި 150،000 ރުފިޔާ ހަދިޔާ ކޮށްފި

9 ނޮވެމްބަރު 2020 | ހޯމަ 04:49

މި ފައިސާ ކެންސަރ ސޮސައިޓީއާ ހަވާލު ކޮށްފައިވަނީ ބޭންކުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 9 ނޮވެމްބަރު 2020 | ހޯމަ 04:49
މި ފައިސާ ކެންސަރ ސޮސައިޓީއާ ހަވާލު ކޮށްދެއްވާފައި ވަނީ  ބޭންކުގެ ސީއީއޯ ގެ އިތުރުން މެނޭޖިން ޑިރެކްޓަރު

މި ފައިސާ ކެންސަރ ސޮސައިޓީއާ ހަވާލު ކޮށްދެއްވާފައި ވަނީ ބޭންކުގެ ސީއީއޯ ގެ އިތުރުން މެނޭޖިން ޑިރެކްޓަރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކެންސަރ ސޮސައިޓީއަށް އެހީގެ ގޮތުގައި 150،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

އާދީއްތަ ދުވަހު ބޭންކުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން މި ފައިސާ ކެންސަރ ސޮސައިޓީއާ ހަވާލު ކޮށްދެއްވާފައި ވަނީ ބޭންކުގެ ސީއީއޯ ގެ އިތުރުން މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ.

Advertisement - newsAdvertisement

ބީއެމްއެލް އިން ދީފައިމިވާ އެހީ އަކީ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރި ކުރުވުމުުގެ ގޮތުން ކެންސަރ ސޮސައިޓީން ބާއްވާ "ޕިންކް ރިބަން ރަން- ވޯކް" އަށް ދީފައިވާ އެހީއެކެވެ.

އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރި ކުރުވުމަށް ކެންސަރ ސޮސައިޓީން ކޮންމެ އަހަރަކު ވެސް "ޕިންކް ރިބަން ރަން- ވޯކް" ބާއްވަވަމުން އަންނަ އިރު މިއަހަރު މި ވޯކް ބާއްވާފައިވަނީ ވަރޗުއަލް ކޮށެވެ. އެގޮތުން މިއަހަރުގެ "ޕިންކް ރިބަން ރަން- ވޯކް" ގައި 700 އެއްހާ މީހުން ވަނީ ބައިވެރިވެފަ އެވެ.

މި ރަސްމިއްޔާތަށް ފަހު ބޭންކުގެ ސީއީއޯ ގެ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވަނީ އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދައި ރަނގަޅުވެފައިވާ މީހުންގެ އިތުރުން ކެންސަރ ސޮސައިޓީގެ ބައެއް މެމްބަރުންނާ ވެސް ބައްދަލު ކުރައްވާފަ އެވެ. އަދި މީގެ އިތުރުންވެސް އޭނާ ވަނީ މިހާރުވެސް ފަރުވާ ހޯދަމުން އަންނަ ބައެއް ފަރާތްތަކަާ ވެސް ބައްދަލު ކުރައްވާފަ އެވެ.

މީގެ އިތުރުން ވެސް މި ބައްދަލުވުމުގެ ތެރެއިން ކެންސަރު ބަލިން ރަނގަޅުވި ފަރާތްތަކުން ވަނީ ކެންސަރާ ހަނގުރާމަކޮށް ކާމިޔާބު ހޯދުމުގައި އެ މީހުން ކުރަން ޖެހުނު ހިތްވަރާ، ކެރިގެން އެކަމާ ކުރިމަތިލުމާއި އުއްމީދާ އެކު މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށްފަހު އެމީހުންގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ.

2016 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން ދަނީ އިޖްތިމާއި ޒިންމާގެ ދަށުން ކެންސަރ ސޮސައިޓީއަށް އެހީތެރިވަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
20 ފެބުރުއަރީ 2017

ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދީފި

20 ފެބުރުއަރީ 2017
ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދީފި
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް