Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތައް

ޒަރޫރީ ބޭނުމެއް ނެތް ނަމަވެސް ރަށް ރަށަށް ދިއުމުގެ ހުއްދަ ދީފި

8 ނޮވެމްބަރު 2020 | އާދީއްތަ 14:29

ކުރީގެ އުސޫލުތަކާ އެއްގޮތަށް 14 ދުވަހަށް ކަރަންޓީނުވާން ޖެހޭނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 8 ނޮވެމްބަރު 2020 | އާދީއްތަ 14:29
މާލެއިން ރަށަކަށް ދިއުމަށް ބަޔަކު ލޯންޗަށް އަރަނީ

މާލެއިން ރަށަކަށް ދިއުމަށް ބަޔަކު ލޯންޗަށް އަރަނީ

ވަކި ޒަރޫރީ ބޭނުމެއް ނެތް ނަމަވެސް، ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ދެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަޙައްދު ލޮކްޑައުން ކުރުމާ ގުޅިގެން މާލެއިން ރަށްރަށަށް ދިއުމަށް ވަކި އުސޫލެއް ހަމަޖެއްސި ނަމަވެސް، ފަހުން ލުއިތަކެއް ދިނުމަށްފަހު ރަށް ރަށަށް ދެވޭނީ ވަކި ހުއްދައެއް ނަގައިގެން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން ބުނީ އާދިއްތަ ދުވަހުން ފެށިގެން ހުރިހާ ބޭނުމަކަށް ވެސް ރަށް ރަށަށް ދެވޭނެ ކަމަށާއި ނަމަވެސް ކުރީގެ އުސޫލުތަކާ އެއްގޮތަށް 14 ދުވަހަށް ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.

ރަށް ރަށަށް ދިއުމަށް އެޗްޕީއޭގެ ހާލު ބެލުން ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެންޖެހޭއިރު، ކަރަންޓީނުގައި ހުރެވޭނީ ރަށު ކައުންސިލް އާއި ރަށުގެ އާރްއާރްޓީ ޓީމުގެ ބެލުމުގެ ދަށުންނެވެ. އަދި ރަށަށް ދާން ހުއްދަ ވެސް ދޭނީ ކަރަންޓީންވާން އެކަށީގެންވާ ތަނެއް ހުރިތޯ ބަލައި ކައުންސިލުން އެތަނެއް ފާހަގަކޮށްފަ އެވެ.

ރަށްރަށަށް ދާ މީހުން ކަރަންޓީން ވާން ޖެހުނު ނަމަވެސް، ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް އޮފީސްތަކާއި ކުންފުނިތަކުގެ ފަރާތުން ކުރު މުއްދަތަށް ރަަށްރަށަށް ދާ މީހުން ކަރަންޓީން ވާކަށް ނުޖެހެއެވެ. އަދި ކަރަންޓީން ނުވެ ރަށެއްގައި އެންމެ ގިނަވެގެން ހުރެވޭނީ ފަސް ދުވަހު އެވެ.

ކޮވިޑް-19 ގެ ކޭސްތައް ރިޕޯޓްކުރާ މިންވަރު މަދުވެ، އެޗްޕީއޭއިން ގެންދަނީ ބަލި ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކަށް ލުއި ދެމުންނެވެ. އެގޮތުން މާލެ ސަރަހައްދު މަގުތަކުގައި ނޫޅެވޭ ވަގުތަށްވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް