Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމެރިކާގެ ފުރަތަމަ އަންހެން ނައިބް ރައީސް

އެމެރިކާގެ ފުރަތަމަ އަންހެން ނައިބް ރައީސް ކަމަލާ ހެރިސް: "ވަރަށް ގިނަ މަސައްކަތް އެބަހުރި، ފަށަމާ!"

މިއީ މުޅި އެމެރިކާގެ ރައްޔިތުންނާ ހުރިހާ ގޮތަކުންވެސް މާ ގުޅުންހުރި އިންތިޚާބެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2020 | ހޮނިހިރު 18:45
އެމެރިކާގެ ފުރަތަމަ އަންހެން ނައިބްރައީސް ކަމަލާ ހެރިސް- އެކަމަނާއަކީ ކަޅު ނަސްލުގެ ފުރަތަމަ ނައިބް ރައީސް

އެމެރިކާގެ ފުރަތަމަ އަންހެން ނައިބްރައީސް ކަމަލާ ހެރިސް- އެކަމަނާއަކީ ކަޅު ނަސްލުގެ ފުރަތަމަ ނައިބް ރައީސް

ދުނިޔޭގެ އިޤްތިސާދީ އެއް ބާރު ކަމަށްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާތައް އިއުލާނު ކުރަން ފެށުމާއެކު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިގެން ދިޔައެވެ. ރައީސް ޑޮނަޑްލް ޓްރަމްޕާއި ވާދަވެރި ކެނޑިޑޭޓް ޖޯ ބައިޑެންގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރައްވާނީ ކޮން ބޭފުޅެއްތޯ ބަލަން އެންމެންވެސް ތިބީ ކެތްމަދުވެފައެވެ. އެންމެ ފަހުން މިވަނީ އެމެރިކާގެ 46 ވަނަ ރައީސަކީ ޑިމޮކްރަޓިކް ކެނޑިޑޭޓް ޖޯ ބައިޑެންކަން ކަށަވަރު ވެފައެވެ. އެމެރިކާގެ އެންމެ އުމުރުން ދުވަސްވީ ރައީސްއަކަށް އިންތިޚާބުވެވަޑައިގެންނެވި ޖޯ ބައިޑެން އާއެކު، އިންތިޚާބުގައި މިވަނީ އައު ރެކޯޑްތަކެއްވެސް މުގުރާލާފައެވެ. އޭގެ ތެރެއިންވެސް ފާހަގަ ކޮށްލެވޭ އެއް ކަމަކީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބްރައީސްކަން ޑިމޮކްރަޓިކް ކެނޑިޑޭޓް ޖޯ ބައިޑެންގެ ރަނިންގ މޭޓް ކަމަލާ ހެރިސް ކާމިޔާބު ކުރެއްވުމެވެ.

އިންތިޚާބީ ރައީސްއަކީ ޖޯ ބައިޑެންކަން ކަށަވަރުވުމާއެކު ކަމަލާ އެކަމަނާގެ ޓްވިޓަރގައި އާންމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އިންތިޚާބަކީ ހަމައެކަނި އެކަމަނާ އަދި ޖޯ ބައިޑެންއަށްވުރެ، މުޅި އެމެރިކާގެ ރައްޔިތުންނާ ހުރިހާ ގޮތަކުންވެސް މާ ގުޅުންހުރި އިންތިޚާބެއް ކަމަށެވެ. އަދި މިއީ "އެމެރިކާގެ ފުރާނައާއި"، ރައްޔިތުން އަޑު އުފުލައި، ވަމުންދާ ޤުރުބާނީއާ ގުޅުންހުރި އިންތިޚާބެއް ކަމަށް ކަމަލާ ވިދާޅުވިއެވެ.

އިންތިޚާބުން ލިބިވަޑައިގެންނެވި ފޮނި ކާމިޔާބީއާއެކު ކަމަލާ ވަނީ ޤައުމަށްޓަކައި ވަރަށް ގިނަ ކަންކަން ކުރަން އެބަހުރި ކަމަށް ވިދާޅުވެ، މިހާރުން ފަށައިގެން މަސައްކަތް ފައްޓަވާފައެވެ.

އިންޑިއާ-ޖެމެއިކާއަށް ނިސްބަތްވެވަޑައިގަންނަވާ ކަމަލާ އަކީ އެމެރިކާގެ ފުރަތަމަ އަންހެން ނައިބްރައީސްއަކަށް ވެވަޑައިގަތުމުގެ އިތުރުން، "މިކްސްޑް ރޭސް" އަކަށް ނިސްބަތްވެވަޑައިގަންނަވާ ފުރަތަމަ ނައިބްރައީސްވެސް މެއެވެ. ހަމައެއާއެކު، އުމުރުފުޅުން 55 އަހަރުގެ ކަމަލާއަކީ އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ނައިބްރައީސްއެވެ.

ކަމަލާގެ މަންމާފުޅު ޝިއަމަލާ ގޯޕަލަން ނިސްބަތްވެވަޑައިގަންނަވަނީ އިންޑިއާއަށެވެ. ޝިއަމަލާ އަވަހާރަވެފައިވާއިރު، ކަމަލާ ވަނީ އެކަމަނާގެ ކާމިޔާބީގެ ފަހަތުގައި ވާ އެއް ސިއްރަކީ މަންމާފުޅު ކަމަށް ވިދާޅުވެފައެވެ. ކަމަލާގެ ކޮއްކޮ މާޔާއަކީ ޤާނޫނީ ވަކީލެއްގެ އިތުރުން، ސިޔާސީ މަޝްރަޙު ދިރާސާ ކުރައްވާ ފަރާތެކެވެ.

ކަމަލާގެ މަންމާފުޅަކީ ކެންސަރު ބައްޔާ ގުޅޭގޮތުން ރިސަރޗް ހެއްދެވުމުގެ އިތުރުން، މަދަނީ ޙައްޤުތަކަށް ވަކާލާތު ކުރެއްވި އެކްޓިވިސްޓެކެވެ. ކައިވެނި ރޫޅުމަށްފަހު ކަމަލާ ތަރުބިއްޔަތު ކުރެއްވީ ޝިއަމަލާއެވެ.

ކެލިފޯނިއާގެ އޯކްލޭންޑްގައި އުފަންވެވަޑައިގަތް ކަމަލާ ވަނީ އެ ސްޓޭޓްގެ ސެނެޓަރ ކަންވެސް ކުރައްވާފައެވެ.

ކަމަލާ ހެރިސް ކައިވެނި ބައްލަވައިގަތީ 2014 ވަނަ އަހަރުއެވެ. އެގޮތުން ޤާނޫނީ ވަކީލު ޑޯ އެމޯފް އާ ކައިވެނި ބައްލަވައިގެންއިރު، ޑޯގެ ދެ ދަރިންވެސް ތިބެއެވެ.

ޤާނޫނީ ވަކީލު ކަމުގެ ދާއިރާއިން ޑިގްރީ ޙާސިލު ކުރައްވާފައިވާ ކަމަލާ ހެރިސްއަކީ އެކި ގޮތްގޮތުން ތަފާތު ބޭކަނބަލެކެވެ. އެގޮތުން އެކަމަނާ ވަނީ ކެލިފޯނިއާގެ ފުރަތަމަ އަންހެން އެޓަރނީ ޖެނެރަލްކަން ކުރެއްވުމުގެ އިތުރުން، ކަލު ނަސްލުގެ ފުރަތަމަ އެޓަރނީ ޖެނެރަލްކަން ލިބިވަޑައިގެންނެވުމުގެ ޝަރަފުވެސް ހާސިލު ކުރައްވާފައެވެ.

އެޓަރނީ ޖެނެރަލް ކަމުގައި އޮފީހުގައި ހޭދަ ކުރެއްވި 2 އަހަރު ވެގެން ދިޔައީ ޑިމޮކްރަޓުންގެ ތެރޭގައި އެކަމަނާގެ މަޤުބޫލުކަން ވިދާ ބަބުޅަމުން ދިޔަ ދެ އަހަރަށެވެ. އަދި އެ މަޤުބޫލުކަމުގެ ތެރެއިން އެކަމަނާ ވަނީ ކެލިފޯނިއާގެ ސެނެޓަށްވެސް އައްޔަނުވެވަޑައިގެންފައެވެ.

ކެލިފޯނިއާގެ އެންމެ މަޤުބޫލު ޕްރޮސެކިއުޓަރ ކަންވެސް ކުރެއްވި ކަމަލާގެ ވަކާލާތު ކުރެއްވުމާއި، ވާހަކަ ދެއްކެވުމުގެ ހުނަރު އޮކްޓޯބަރު މަހު ބޭއްވި ނައިބްރައީސުންގެ ބަހުސްއިންވެސް ފެނިގެންދިޔައެވެ. އެގޮތުން މައިކް ޕެންސްއާ ވާދަ ކުރައްވާ ކުރިއަށް ގެންދިޔަ ބަހުސްގައިވެސް ކަމަލާ ފެނިގެންދިޔައީ ފަސްޖެހިވަޑައިގަތުމެއް ނެތި، ވާހަކަފުޅު ދެއްކެވި މަންޒަރެވެ. އެގޮތުން އެކަމަނާގެ ވާހަކައަށް ތަކުރާރުކޮށް ހުރަސް އަޅުއްވަމުން ގެންދެވުމުން މައިކް ޕެންސްއަށް " މިސްޓަރ ވައިސް ޕްރެސިޑެންޓް، އަޅުގަނޑު އެބަ ވާހަކަ ދައްކަން" ވިދާޅުވުން ވެގެން ދިޔައީ އެކަމަނާގެ ކެރުމާއި ޤާބިލިއްޔަތު ފެނިގެންދިޔަ ކުޑަ މިސާލެއްގެ ގޮތުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު