Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް މީޑިއާ ކައުންސިލް

ބްރޯޑްކާސްޓް ކުރުމުގެ ހަމަތަކާއި ޚިލާފްވާ މީޑިއާތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނަން: އެމްއެމްސީ

6 ނޮވެމްބަރު 2020 | ހުކުރު 00:45

ނޫސްވެރިކަމުގެ ޕްރިފެޝަނަލިޒަމް ދަމަހައްޓަން ޖެހޭކަމަށް ވަނީ ބުނެފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 6 ނޮވެމްބަރު 2020 | ހުކުރު 00:45
މޯލްޑިވްސް މީޑިއާ ކައުންސިލް

މޯލްޑިވްސް މީޑިއާ ކައުންސިލް

ބްރޯޑްކާސްޓް ކުރުމުގެ ހަމަތަކާއި ޚިލާފްވާ މީޑިއާތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.

އެމްއެމްސީން ބުރާސްފަތި ދުވަހުގެ ރޭ ބަޔާނެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް ބައެއް މީޑިއާތަކުން ބަދުއަޚްލާޤީ އަމަލުތަކާއި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިތްވަރުލިބޭފަދަ މޭރުމުން މީޑިއާ ކޮންޓެންޓް ތައްޔާރުކޮށް ޝާއިއުކުރާކަން އެ ކައުންސިލަށް ފާހަގަވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނުގެ ދަށުން 31 ޖެނުއަރީ 2011 ގައި ގެޒެޓްކޮށް އަމަލުކުރަމުން އަންނަ "ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑު" ގެ 9 ވަނަ މާއްދަގައި ބަޔާންކޮށްފައި ވަނީ "ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އެއްވެސް އެއްޗެއް ޝާއިއުކުރުމުން ދުރުހެލިވާނެ" މިފަދައިން ކަމަށާއި އަދި އެ މިންގަނޑުގެ 10 ވަނަ މާއްދަގައި ބަޔާންކޮށްފައި ވަނީ، "ޚަބަރާއި މައުލޫމާތު ޝާޢިއުކުރުމުގައި، އާންމު އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ، ހަޑިހުތުރު ބަސް ބޭނުންކުރުމުން ދުރުހެލިވާނެ" މިފަދައިންކަން ކަމަށް ބަޔާނުގައި ވެއެވެ.

"ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑު" އާ އެއްގޮތްވާ ގޮތުގެ މަތިން ޙަބަރާއި މައުލޫމާތު ގެނެސްދިނުމަށް ވަނީ އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެމްސީން ބުނީ އިންޓަނެޓްގެ ޒަރިއްޔާއިން ވެބްސައިޓާއި، މީސް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ޚަބަރާއި މައުލޫމާތު ފެތުރުން ފުޅާވެފައިވާ ޒަމާނެއްގައި، ބަރަޖަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި، ޖިންސީ އަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އަޚްލާޤީގޮތުން ދަށްފެންވަރުގެ ލިޔުންތައް އާންމުވުމުގެ ސަބަބުން ސޯޝަލް މީޑިއާއާއި އިންޓަނެޓްގެ ޒަރިއްޔާއިން ފުރާވަރުގެ ކުދިންނަށް ނޭދެވޭ އަސަރު ކުރާކަމުގެ ކަންބޮޑުވުން ކަމާއި ގުޅިންހުރި ފަރާތްތަކުން އެ ކައުންސިލާއި ހިއްސާކުރަމުންދާ ކަމަށެވެ. އަދި ބައެއްފަހަރު މިފަދަ ކޮންޓެންޓްތައް އެ ކޮންޓެންޓެއް ތައްޔާރުކުރި މީޑިއާއަކުން ނެގި ނަމަވެސް އިންޓަނެޓްގެ ޒަރިއްޔާއިން ޝެއަރކުރެވޭތީ ޒަމާންތަކެއްވަންދެން އެފަދަ ލިޔުންތައް އާންމުންނަށް ފެންނަންކަމަށާއި މިއީ މި ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ބައެއް މީޑިއާތަކުން ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑުތަކާއި ޚިލާފު ލިޔުންތަކާއި އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ ލިޔުންތައް އަދި މި ނޫނަސް އެއްވެސް ހަޤީގަތެއްނެތް ތޯތޯ ވާހަކަތަކުގެ މައްޗަށް ބިނާކޮށްވެސް އެކި ބާވަތްތަކުގެ ލިޔުންތައް ޝާއިއުކުރާކަން ފާހަގަކުރެވިފައިވާ ކަމަށާއި އަދި އެފަދަ ކަންކަމުގެ ޝަކުވާ އާންމު ފަރާތްތަކުން އެކައުންސިލްގެ ސަމާލުކަމަށް ގެންނަމުންދާ ކަމަށް ބަޔާނުގައި ވެއެވެ.

އެމްއެމްސީން ބުނީ ދިވެހި މީޑިއާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކުން ވެސް އަބަދުވެސް އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤަނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައި، އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާއިއެކު އިޖުތިމާއި އަޚްލާގު ދަމަހައްޓައި ޒިންމާދާރު ކަމާއިއެކު ނޫސްވެރިކަމުގެ ޕްރިފެޝަނަލިޒަމް ދަމަހައްޓަން ޖެހޭ ކަމަށެވެ. އަދި މުޖުތަމައުގެ އާންމު މަސްލަހަތު ހިމާޔަތްކުރަން ޖެހޭ ކަމަށާއި، މުޖުތަމައުގައި ރުޅިވެރިކަމާއި ފިތުނަ ފަސާދަ އުފެއްދުމާއި އަޚުލާޤި ގޮތުން ދަށުދަރަޖައިގެ ވާހަކަތަކާއި ލިޔުންތަކަކީ ނޫސްވެރިކަމުގެ އެތިކްސް ނުވަތަ އަޚްލާޤީ ހަމަތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ.

އެހެންކަމުން ނޫސްވެރިކަމުގެ ނަމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެންވިޔަސް އަދި ނުކޮށްވިޔަސް އުސޫލުން ބޭރުން މީޑިއާގެ އެކި ވަސީލަތްތައް ހިންގަމުންދިއުމަކީ އެ ކައުންސިލަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭގެ ސަބަބުން އިޚްލާސްތެރިކަމާއިއެކު ނޫސްވެރިކަމުގެ މަސައްކަތްކުރާ އެތައް ބަޔަކަށް ބަދުނާމާއި ނުހަނު ގިނަގުނަ ގެއްލުންތަކާއި ކުރިމަތިލާންޖެހޭ ކަމަށް އެމްއެމްސީން ބުނެއެވެ.

ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާއި މުޖުތަމައުގެ އާއްމު އަޚްލާޤީ މިންގަނޑުގެ ބޭރުން އިންޔާވެރިކަމާއި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމަށް އަމަލުކުރާ މީޑިއާތަކާއި، ބަދުއަޚްލާޤީ އަމަލުތަކަށް ހިތްވަރުދީ އެފަދަކަންކަމަށް މަގުފަހިވާފަދަ ގޮތަކަށް އަމަލުކުރާ މީޑިއާތަކާއި މެދު އެކައުންސިލުން އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެމްއެމްސީން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
15 ފެބުރުއަރީ 2017

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

15 ފެބުރުއަރީ 2017
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ
15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
12 ފެބުރުއަރީ 2017

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް