Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒިކުރާ މިސްކިތުގެ މައްސަލަ

ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރުގެ ކޮރަޕްޝަން މައްސަލައިގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލް ކޮށްފި

5 ނޮވެމްބަރު 2020 | ބުރާސްފަތި 09:00

އޮކްޓޯބަރު 27 ވަނަ ދުވަހު ވެސް އަޑުއެހުން ކެންސަލް ކޮށްފައިވަނީ މައްސަލަ ބައްލަވާ ގާޒީ އެހެން މައްސަލައެއް އިންނެވުމުގެ ސަބަބުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 5 ނޮވެމްބަރު 2020 | ބުރާސްފަތި 09:00
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ބާގިރު

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު ބާގިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން އުފިލާފައިވާ ކޮރަޕްޝަނުގެ މައްސަލާގައި ބުރާސްފަތި ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލްކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.

މިދިއަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވަން ތާވަލް ކުރި އަޑުއެހުންވެސް ވަނީ ކެންސަލް ކޮށްފަ އެވެ. މިމައްސަލާގައި މިހާތަނަށް އަޑުއެހުމެއް ބޭއްވިފައެއް ނުވެއެވެ.

Advertisement - newsAdvertisement

އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހާއި ނޮވެމްބަރު މަހުގެ 5 ދުވަހު ތާވަލްކުރި އަޑުއެހުންވެސް ކެންސަލް ކޮށްފައި މިވަނީ، މިމައްސަލަ ތާވަލް ކޮށްފައިވާ ވަގުތު ޖެހިގެންދިޔައިރު ވެސް، މިމައްސަލަ ބައްލަވާ ގާޒީ އިބްރާހީމް އަލީ ބައްދަލުވަމުން ގެންދެވާ، އެހެން މައްސަލައެއް ކުރިއަށްދިޔުމުން ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދީފައި ވެއެވެ. އަދި ބުރާސްފަތި ދުވަހުގެ އަޑުއެހުން ކެންސަލް ކޮށްފައި ވަނީ، ގާޒީ އެހެން މައްސަލައެއްގައި އިންނެވުމުގެ އިތުރުން، ދިފާއީ ވަކީލު ވެސް އެހެން މައްސަލައެއްގައި އުޅުއްވުމުގެ ސަބަބުން ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދެއެވެ.

އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް އެކުލެވޭތީ އެމައްސަލާގައި ޒިޔާދު ބާގިރު އާއެކު އިތުރު ފަރާތެއްގެ މައްޗަށް ދައުވާ ކޮށްފައި ވެއެވެ.

މި މައްސަލައަކީ، އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް އެކުލެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ތަހުގީގުކޮށް ނިންމައި، މިމައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކޮށްދިނުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އޭސީސީން ޕްރޮސެކިއުޓަރ (ޕީޖީ) ގެ އޮފީހަށް ފޮނުވި މައްސަލައެކެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ، ބ. އޭދަފުށި، ހަލަވެލި، ޑރ. އަޙްމަދު ޒިޔާދު ބާގިރު މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްގެ މަޤާމުގައި ހުރިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަންއިން ހުށަހެޅި ޕްރޮޕޯސަލްއާ ޚިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ޤާއިމުކޮށްފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސްޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާ ކަމަށެވެ.

އެހެންކަމުން، ޑރ. އަޙްމަދު ޒިޔާދު ބާގިރުގެ މައްޗަށް ޤާނޫނު ނަންބަރު: 9/2011 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްފައިވާ ކުށުގެ އަސާސީ އަދަބަކީ، އެއް އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

މީގެއިތުރުން، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެންޖެހޭ މަޢުލޫމާތު ނެތްއިރު، އެ ޕްރޮޕޯސަލްތަކާ ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓްގައި އެސްޖޭ ކޮންސްޓްރަކްޝަންއަށް އެ މަސައްކަތް ޙަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާބޮޑު ގޮތްކަމަށް ބަޔާންކޮށް، އެސްޖޭ ކޮންސްޓްރަކްޝަނަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާތީ، އިސްލާމިކް މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، ކ. މާލެ، މ. މުޙައްމަދީއާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް، ޤާނޫނު ނަންބަރު: 9/2011 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.

މި މުޢާމަލާތާ ގުޅިގެން، މި މުޢާމަލާތުގެ އެކި މަރްޙަލާތަކުގައި ހިމެނޭ، ޑަބްލިއު އެންޑް އޭ އޯވަރސީސް ޕީޓީއީއާއި އެކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުއްވުމަށް އޭސީސީއަށް ލަފާ ދީފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

މީގެ އިތުރުން، މި މައްސަލައިގެ ތެރޭގައި، އިސްލާމިކް މިނިސްޓްރީން ޢާންމުކޮށްފައިނުވާ މަޢުލޫމާތުތަކެއް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން މައްސަލައިގެ ލިޔުންތަކުން އެނގެން އޮންނާތީ މިކަން ވެފައިވާގޮތް އިތުރަށް ތަޙްޤީޤްކޮށް، މިކަމުގައި ޖިނާއީ ޒިންމާ އުފުލަންޖެހޭ ކަމެއް އޮތްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުއްވުމަށް ވެސް އޭސީސީއަށް ލަފާ ދީފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.

ޒިކުރާ މިސްކިތް އަލުން އިމާރާތްކޮށް އެތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލު ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެ މިސްކިތް އިމާރާތް ކުރުމުގެ މަޝްރޫއުއަށް 130 މިލިއަން ރުފިޔާ އަރާނެ ކަމަށް އޭރުގެ ސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދީފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް